2 ޞަމޫއީލް 18:3 - ކިތާބުލް މުޤައްދަސާ3 އެކަމަކު އެމީހުން ދެންނެވިއެވެ. ”ނޫން! އެއްގޮތަކަށް ވެސް ކަލޭގެފާނު އަޅުގަނޑުމެންނާއެކު ވަޑައިގަންނަވައިގެން ނުވާނެ. އަޅުގަނޑުމެން މައިދާނުން ފިލަން ދުއްވައިގަތަސް އަބްޝާލޫމުގެ މީހުން އަޅުގަނޑުމެންނަކާ އަޅައެއް ނުލާނެ. އަޅުގަނޑުމެންގެ ލަޝްކަރުގެ ދެބައިކުޅައެއްބައި މީހުން މަރުވިޔަސް އެމީހުންނަކަށް ނުފުދޭނެ. އެމީހުންގެ ގާތުގައި ދިހަހާސް މީހުންނަށް ވުރެން ކަލޭގެފާނުގެ އަގު މާބޮޑުވާނެ. ކަލޭގެފާނު ސަހަރުން ނުކުމެ ވަޑައިނުގެން މަޑުކޮށްލުން މާ ރަނގަޅުވާނެ. އަދި އަހަރެމެންނަށް ކަމެއްދަމެއް ބޮޑުވިޔަސް ކަލޭގެފާނުގެ އެހީ އަޅުގަނޑުމެންނަށް ލިބޭނެ.“ အခန်းကိုကြည့်ပါ။ |
އެކަމަކު ސަރޫވިޔަތުގެ ދަރި އަބީޝާއި އައިސް މި ފިލިސްޠީނު މީހާ މަރާ ވައްޓާލާފައި ދާއޫދުގެފާނުގެ ފުރާނަފުޅު ސަލާމަތް ކޮށްފިއެވެ. ދެން ދާއޫދުގެފާނުގެ މީހުން ދާއޫދުގެފާނާއެކު ޚާއްސަ އަހުދެއް ކުރިއެވެ. އެމީހުން ބުންޏެވެ. ”ކަލޭގެފާނު މީގެ ފަހުން ހަނގުރާމައަށް ނުކުންނަވައިގެން ނުވާނެ. ކަލޭގެފާނު އެހެން ހައްދަވައިފިނަމަ އިސްރާއީލުގެ ހުޅުކޮޅު ނިވި ހިނގައިދާނެ.“