Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




2 ޞަމޫއީލް 18:24 - ކިތާބުލް މުޤައްދަސާ

24 ދާއޫދު ރަސްގެފާނު އޭރު ވެސް އިންނެވީ ރަށްބޭރު ބޮޑު ދޮރާށި ދޮށުގައެވެ. ފާރަވެރި ކަލޭގެ ދޮރާށި ފުރާޅު މައްޗަށް އަރައި ބަލާލި އިރު އެކަނި އަންނަ މީހަކު އެކަލޭގެއަށް ފެނިއްޖެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




2 ޞަމޫއީލް 18:24
10 ပူးပေါင်းရင်းမြစ်များ  

ދެން އަބްޝާލޫމް ފިލައިފިއެވެ. އެވަގުތު ސަހަރުގެ ދޮރުމަތީގައި ހުރި ދޮރުވާނަށް ފަރުބަދަތަކުގެ ތެރެއިން ހޫރުއަނީމާ ދިމާއިން ބައިގަނޑެއް އަންނަތަން ފެނިއްޖެއެވެ. އޭނާ ގޮސް ރަސްގެފާނުގެ އަރިހު އެވާހަކަ ދަންނަވައިފިއެވެ.


އަޚީމައަސް ބުންޏެވެ. ”⁠އެއްޗެއް ނުލިބުނަކަސް ހެޔޮ. އަހަރެން ދިޔަ ދީ.⁠“ ޔުއާބު ބުންޏެވެ. ”⁠ތިހެންވީއިރު ކަލޭ ދޭ ދާއޫދުގެފާނުގެ ގާތަށް!⁠“ ދެން އަޚީމައަސް ޔުރުދުންގެ ވާދީތެރޭން ދުވެފައިގޮސް ކޫޝީ ކަލޭގެއަށް ވުރެން ކުރިއަރައިފިއެވެ.


ދެން އެކަލޭގެ ގޮސް ދާއޫދުގެފާނަށް އިވިވަޑައިގަންނަވާ ވަރަށް ހަޅޭއްލާފައި މިވާހަކަ ބުނެފިއެވެ. ދާއޫދު ރަސްގެފާނު ވިދާޅުވިއެވެ. ”⁠އެކަނި މީހަކު އަންނަންޏާ އެވާނީ ހެޔޮ ޚަބަރައިގެން އަންނަ މީހަކަށް.⁠“ އޭރު އެމީހާ ދުވަމުން އައިސް ރަށާ އަރާ ހަމަ ވަނީއެވެ.


ރަސްގެފާނު އެމީހުންގެ ގާތު ވިދާޅުވިއެވެ. ”⁠ކަލޭމެންނަށް ރަނގަޅުހެން ހީވާގޮތަކަށް އަހަރެން ހަދާފާނަން.⁠“ ދެން ރަސްގެފާނު ރަށްބޭރު ބޮޑު ދޮރޯށި ކާރީގައި މަޑު ކުރައްވައިފިއެވެ. ފައުޖުތައް ސަތޭކައިން ހާހުން ނުކުމެގެން ދާން ފަށައިފިއެވެ.


ދެން ރަސްގެފާނު ރަށުގެ ބޮޑު ދޮރޯށި ދޮށަށް ވަޑައިގެން ގޮނޑިކޮޅުގައި އިށީދެވަޑައިގެންފިއެވެ. ރަސްގެފާނު ދޮރާށި ދޮށުގައި އިންނެވި ޚަބަރު ލިބިގެން ހުރިހާ އެންމެން ރަސްގެފާނު ފައިންޕުޅުދެކެން އަންނަން ފަށައިފިއެވެ. އޭރު އަބްޝާލޫމްއާއެކު ހަނގުރާމައަށް އައި އިސްރާއީލުގެ އެންމެން ވަނީ ދުވެ ފިލާފައެވެ. އެމީހުން ގޭގެއަށް އެނބުރި ހިނގައްޖެއެވެ.


އޭރު ޢާލީ ރަށުގެ ބޮޑު ދޮރާށި ދޮށުގައި ގޮނޑިއެއް ބަހައްޓައިގެން މުޤައްދަސް ފޮށިކޮޅާމެދު ފިކުރުބޮޑުވެފައި އިނެވެ. އޭރު އެ މީހާ އެދިމާއަށް އާދެއެވެ. ބަންޔާމީންގެ ދަރިކޮޅު މި މީހާ އައިސް މި ޚަބަރު ދިނުމުން ރަށުގެ އެންމެން ހަރު އަޑުން ރޯން ފަށައިފިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ