Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




2 ޞަމޫއީލް 18:21 - ކިތާބުލް މުޤައްދަސާ

21 ދެން ޔުއާބު ކޫޝީ އަޅެއްގެ ގާތު ބުންޏެވެ. ”⁠ކަލޭ ގޮސް ކަލެއަށް ފެނުނު ކަންތަކުގެ ވާހަކަ ރަސްގެފާނަށް ދަންނަވާ!⁠“ ދެން މިމީހާ ޔުއާބަށް ކުރުނީސް ކޮށްފައި ރަސްގެފާނުގެ ގާތަށް ދާން ދުއްވައިގެންފިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




2 ޞަމޫއީލް 18:21
4 ပူးပေါင်းရင်းမြစ်များ  

ޔުއާބު ބުންޏެވެ. ”⁠ނޫން ކޮންމެހެން ކަލޭ މިއަދު ގޮސް ރަސްގެފާނަށް މި ޚަބަރު ދަންނަވާނެ ކަމެއް ނެތް. މިއަދު ނޫން އެހެން ދުވަހެއްގައި ކަލޭ މި ޚަބަރާއިގެން ދިޔައަކަސް ހެޔޮ. މިއަދު މިވަނީ ރަސްގެފާނުގެ ދަރިކަލުން އަވަހާރަވެފައި.⁠“


އެކަމަކު އަޚީމައަސް އަނެއްކާވެސް ޔުއާބަށް އާދޭސް ކުރިއެވެ. ”⁠ކޮންމެ ގޮތެއް ވިޔަސް ހެޔޮ. އިތިއޮޕިޔާ އަޅުކަލޭގެ ފަހަތުން އަހަރެން ވެސް ދިޔަދީ.⁠“ ޔުއާބު ބުންޏެވެ. ”⁠ކޮއިފުޅާ، ކަލޭ ކީއްވެ އެ ޚަބަރާއިގެން ދާން ތިޔަހާވަރަކުން ތިޔަ އުޅެނީ؟ އެ ޚަބަރު ގެންދިޔައަކަސް ކަލެއަށް ލިބޭނެ އިނާމެއް ނޯންނާނެ.⁠“


އަޚީމައަސް ބުންޏެވެ. ”⁠އެއްޗެއް ނުލިބުނަކަސް ހެޔޮ. އަހަރެން ދިޔަ ދީ.⁠“ ޔުއާބު ބުންޏެވެ. ”⁠ތިހެންވީއިރު ކަލޭ ދޭ ދާއޫދުގެފާނުގެ ގާތަށް!⁠“ ދެން އަޚީމައަސް ޔުރުދުންގެ ވާދީތެރޭން ދުވެފައިގޮސް ކޫޝީ ކަލޭގެއަށް ވުރެން ކުރިއަރައިފިއެވެ.


ކޫޝީ އަޅުކަލޭގެ އައިސް ދެންނެވިއެވެ. ”⁠އަޅުގަނޑުގެ ސާހިބު ރަސްގެފާނަށް ދަންނަވަން އޮތް ޚަބަރަކީ މާތްރަސްކަލާނގެ ކަލޭގެފާނުގެ އަދާވާތްތެރިން ބަލި ކުރައްވައިފިޔޭ.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ