Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




2 ޞަމޫއީލް 18:20 - ކިތާބުލް މުޤައްދަސާ

20 ޔުއާބު ބުންޏެވެ. ”⁠ނޫން ކޮންމެހެން ކަލޭ މިއަދު ގޮސް ރަސްގެފާނަށް މި ޚަބަރު ދަންނަވާނެ ކަމެއް ނެތް. މިއަދު ނޫން އެހެން ދުވަހެއްގައި ކަލޭ މި ޚަބަރާއިގެން ދިޔައަކަސް ހެޔޮ. މިއަދު މިވަނީ ރަސްގެފާނުގެ ދަރިކަލުން އަވަހާރަވެފައި.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




2 ޞަމޫއީލް 18:20
8 ပူးပေါင်းရင်းမြစ်များ  

ސަދޫގުގެ ދަރި އަޚީމައަސް ޔުއާބުގެ ގާތު ބުންޏެވެ. ”⁠އަހަރެން ދުވެފައި ގޮސް ރަސްގެފާނަށް މި ޚަބަރު ދަންނަވަންތަ؟ އަހަރެން ރަސްގެފާނަށް ދަންނަވާނީ މިހެން. މާތްރަސްކަލާނގެ ކަލޭގެފާނުގެ އަދާވާތްތެރިން ބަލި ކުރައްވައިފި.⁠“


ދެން ޔުއާބު ކޫޝީ އަޅެއްގެ ގާތު ބުންޏެވެ. ”⁠ކަލޭ ގޮސް ކަލެއަށް ފެނުނު ކަންތަކުގެ ވާހަކަ ރަސްގެފާނަށް ދަންނަވާ!⁠“ ދެން މިމީހާ ޔުއާބަށް ކުރުނީސް ކޮށްފައި ރަސްގެފާނުގެ ގާތަށް ދާން ދުއްވައިގެންފިއެވެ.


ދޮރުވާނުކަލޭގެ ދެންނެވިއެވެ. ”⁠އަޅުގަނޑަށް ހީވަނީ ކުރީގައި ހުރެގެން ދުވެފައި މި އަންނަނީ ސަދޫގުގެ ދަރި އަޚީމައަސް ހެން. އޭނާއާ ވަރަށް ވައްތަރު.⁠“ ރަސްގެފާނު ވިދާޅުވިއެވެ. ”⁠އަޚީމައަސްއަކީ ރަނގަޅު މީހެއް. އޭނާ ގެންނާނީ ހެޔޮ ޚަބަރު.⁠“


ރަސްގެފާނު އެއްސެވިއެވެ. ”⁠އަބްޝާލޫމް ސަލާމަތުން އެބަހުރިތަ؟⁠“ އަޚީމައަސް ދެންނެވިއެވެ. ”⁠ޔުއާބު އަޅުގަނޑު ފޮނުވި އިރު ބޮޑު އޮޅުން ބޮޅުން ކަންތަކެއް ހިނގަމުން ދިޔަ. އެކަމަކު އޭގެ މާނައަކީ ކޮބައިކަމެއް އަޅުގަނޑަކަށް ނޭނގޭ.⁠“


ދެން ރަސްގެފާނަށް އަބްޝާލޫމް މަރުވެއްޖެކަން އެނގިވަޑައިގެންފިއެވެ. އެވަގުތު ރަސްގެފާނު ތުރުތުރު ލައިގެންފިއެވެ. އެކަލޭގެފާނު ބޮޑުފާރުދޮށުގައި ހުރި ކޮޓަރިއަކަށް ވަންނަވައި ހަރު އަޑުން ކީރިތި ކުރައްވަން ފައްޓަވައިފިއެވެ. އެކަލޭގެފާނު މިހެން ވިދާޅުވަމުން ގެންދެވިއެވެ. ”⁠މަގޭ ދަރިފުޅު އަބްޝާލޫމް، މަގޭ ދަރިފުޅު އަބްޝާލޫމް. ކަލޭގެ ބަދަލުގައި އަހަރެން މަރުވިނަމަ ކޮންފަދަ. އަބްޝާލޫމް، މަގޭ ދަރިފުޅު އަބްޝާލޫމް!⁠“


ރަސްގެފާނު އަބީޝާއި އާއި އިއްތާއީއާއި ޔުއާބު އަށް އެންގެވިއެވެ. ”⁠އަހަންނަށްޓަކައި އަބްޝާލޫމާ ދޭތެރޭ ހަރުކަށިކޮށް ކަމެއް ނުކުރާތި!⁠“ އެންމެންނަށް ވެސް ރަސްގެފާނުގެ މި އެންގެވުން އަޑުއިވުނެވެ.


މީހުން ގޮސް ޔުއާބަށް މި ޚަބަރު ދީފިއެވެ. އެމީހުން ބުންޏެވެ. ”⁠ބަލާބަލަ ރަސްގެފާނު އެއޮތްގެން ކީރިތި ކުރައްވައި ހިތާމަފުޅު ކުރައްވަނީ އަބްޝާލޫމު މަރުވެގެން އެކަމާ.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ