2 ޞަމޫއީލް 18:2 - ކިތާބުލް މުޤައްދަސާ2 ދެން ދާއޫދުގެފާނުގެ ލަޝްކަރު ތިން ބަޔަކަށް ބައްސަވައި ހަނގުރާމައަށް ނެރުއްވައިފިއެވެ. އެއްބައެއްގެ ވެރިޔަކަށް ހަމަޖެއްސެވީ ޔުއާބުއެވެ. އަނެއްބައިގެ ވެރިޔަކަށް ލެއްވީ ޔުއާބުގެ ކޮއްކޮ އަބީޝާއި އެވެ. މިދެބޭންނަކީ ވެސް ސަރޫވިޔަތުގެ ދަރިންނެވެ. ދެން އޮތް ބައިގެ ވެރިޔަކަށް ލެއްވީ ޖައްތުގެ އިއްތާއީއެވެ. ދާއޫދުގެފާނު ވިދާޅުވިއެވެ. ”އަހަރެން ވެސް ދާނަން ކަލޭމެންނާއެކު.“ အခန်းကိုကြည့်ပါ။ |
އެކަމަކު ސަރޫވިޔަތުގެ ދަރި އަބީޝާއި އައިސް މި ފިލިސްޠީނު މީހާ މަރާ ވައްޓާލާފައި ދާއޫދުގެފާނުގެ ފުރާނަފުޅު ސަލާމަތް ކޮށްފިއެވެ. ދެން ދާއޫދުގެފާނުގެ މީހުން ދާއޫދުގެފާނާއެކު ޚާއްސަ އަހުދެއް ކުރިއެވެ. އެމީހުން ބުންޏެވެ. ”ކަލޭގެފާނު މީގެ ފަހުން ހަނގުރާމައަށް ނުކުންނަވައިގެން ނުވާނެ. ކަލޭގެފާނު އެހެން ހައްދަވައިފިނަމަ އިސްރާއީލުގެ ހުޅުކޮޅު ނިވި ހިނގައިދާނެ.“
އޭގެ އަނެއް ދުވަހު އިރު ނާރަނީސް ޝާއުލްގެ ލަޝްކަރު ތިން ފިރުޤާއަކަށް ބަހާލައިގެން ހަނގުރާމައަށް ނުކުތެވެ. މެންދުރުން ނުވަނީސް ޢައްމޫނީންގެ މީހުންތައް މަރައި ހަފުސް ކޮށްފިއެވެ. ދެން ތިބި މީހުންތައް ބަލިވެގެން ދުއްވައިގެންފި އެވެ. އެމީހުންގެ ލަޝްކަރު ވިއްސިވިހާލިވެ އޭގެ ދެމީހަކު އެއްތަން ނުވެވޭ ވަރު ކޮށްފިއެވެ.