Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




2 ޞަމޫއީލް 18:17 - ކިތާބުލް މުޤައްދަސާ

17 އެއަށް ފަހު އެމީހުން އަބްޝާލޫމްގެ މަސްގަނޑު ގެންގޮސް ވަލުތެރޭގައި ހުރި ވަޅަކަށް ވައްޓާލައި ވަޅަށް ގާއަޅައި ފަސްލައިފިއެވެ. ދެން އަބްޝާލޫމްއާއެކު އައި އެންމެން ފިލައިގެން ރަށަށް ހިނގައްޖެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




2 ޞަމޫއީލް 18:17
15 ပူးပေါင်းရင်းမြစ်များ  

ޔުއާބު، ރަސްގެފާނު ހުންނެވި ތަނަށް އަތުވެއްޖެއެވެ. އޭނާ ރަސްގެފާނަށް ދެންނެވިއެވެ. ”⁠މިއަދު ކަލޭގެފާނު ކަލޭގެފާނުގެ އެންމެހާ މީސްތަކުން ދެރަކުރައްވައި ލަދުގަންނަވާލައްވައިފި. ނިކަން ބައްލަވާ އެ ލަޝްކަރު އެންމެން ކަލޭގެފާނުގެ ފުރާނަފުޅު ސަލާމަތް ކުރައްވައި ކަލޭގެފާނުގެ ހުރިހާ އަނބި ދަރިންތަކާއި ޖާރިޔާއިންގެ ފުރާނަ ސަލާމަތް އެ ކޮށްދިނީ.


ދެން ރަސްގެފާނު ރަށުގެ ބޮޑު ދޮރޯށި ދޮށަށް ވަޑައިގެން ގޮނޑިކޮޅުގައި އިށީދެވަޑައިގެންފިއެވެ. ރަސްގެފާނު ދޮރާށި ދޮށުގައި އިންނެވި ޚަބަރު ލިބިގެން ހުރިހާ އެންމެން ރަސްގެފާނު ފައިންޕުޅުދެކެން އަންނަން ފަށައިފިއެވެ. އޭރު އަބްޝާލޫމްއާއެކު ހަނގުރާމައަށް އައި އިސްރާއީލުގެ އެންމެން ވަނީ ދުވެ ފިލާފައެވެ. އެމީހުން ގޭގެއަށް އެނބުރި ހިނގައްޖެއެވެ.


އިސްރާއީލުގެ އެންމެހައި ގަބީލާތަކުގެ މެދުގައި އަރާރުން ވަމުން ދަނީއެވެ. ”⁠އަހަރެމެން ފިލިސްޠީނީންނާއި އެނޫން ވެސް ދުޝްމަނުންގެ އަތްދަށުން ސަލާމަތް ކޮށް ދެއްވީ ދާއޫދުގެފާނު. އެކަމަކު އަބްޝާލޫމްއާ ކުރިމަތި ނުލައްވައި ފިއްލަވައިގެން އެކަލޭގެފާނު އެވަޑައިގެންނެވީ.


އެތަނުގައި ބިކްރީގެދަރި ޝަބަޢަ ހުއްޓެވެ. އޭނާ އަކީ ވަރަށް ނުބައި މީހެކެވެ. މި ޝަބަޢަ އަކީ ބަންޔާމީންގެ ދަރިކޮޅުގެ މީހެކެވެ. ޝަބަޢަ އޭނާގެ މީހުން އެއްތަން ކުރުމަށް ތާޅަފިލި ފުމެލައިފިއެވެ. އޭނާ ބުންޏެވެ. ”⁠އަހަރެމެންނަކާ ދާއޫދުއަކާ ވާކަމެއް ނެތް. އަހަރެމެންނަކާ ޔައްސާގެ ދަރިޔަކާ ވެސް ގުޅުމެއް ނެތް. އެންމެން ހިނގާ ގެޔަށް ދާން.⁠“


އެ ބުއްދިވެރި އަންހެން މީހާ ގޮސް ސަހަރުގެ މީހުން ގާތު މިވާހަކަ ބުނެފިއެވެ. ދެން އެމީހުން ބިކްރީގެ ދަރި ޝަބަޢަގެ ބޯ ކަނޑާފައި ޔުއާބުގެ ކުރިމައްޗަށް ފާރު މަތިން ވައްޓާލައިފިއެވެ. އެހެންވެ ޔުއާބު ތާޅަފިލި ފުމެލައިފިއެވެ. ދެން ހަނގުރާމަވެރިންގެ ފައުޖުގެ މީހުން އެ ސަހަރު ދޫކޮށް އެނބުރި ގެޔަށް ހިނގައްޖެއެވެ. ޔުއާބު ރަސްގެފާނުގެ ގާތަށް ޖެރޫސަލަމަށް ހިނގައްޖެއެވެ.


ހެޔޮމީހާ ނިމިދާތާ އެތައް ޒަމާނަކަށް އޭނާގެ ހަނދާން ދެމިގެން ގޮސް ގޮސް ހުރެއެވެ. ނުބައިމީހާގެ މަތިން މީހުން ދާދި އަވަހަށް ހަނދާން ނެތިދެއެވެ.


މިހެންވެ ފިލިސްޠީނުން ހިތްވަރު ކޮށްފައި ހަނގުރާމަ ކުރިއެވެ. އިސްރާއީލީން ބަލިވެ އެއެންމެން ގެއާ ދިމާއަށް ދުއްވައިގެންފިއެވެ. މިއީ އިސްރާއީލުންނަށް ލިބުނު ވޭންދެނިވި ބަލިވުމެކެވެ. އެމީހުން ގެ ތިރީސް ހާސް ސިފައިން މަރުވެ ދިޔައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ