2 ޞަމޫއީލް 18:14 - ކިތާބުލް މުޤައްދަސާ14 ޔުއާބު ބުންޏެވެ. ”ކަލެއާ ވާހަކަ ދައްކައި ވަގުތު ބޭކާރު ކުރާކަށް މަށެއް ނޫޅެން.“ އޭރު ވެސް އަބްޝާލޫމް އޮތީ ބަލޫޠު ގަހުގައި އެލިފައެވެ. ދެން ޔުއާބު ގޮސް ތިން ލޮންސި އަބްޝާލޫމްގެ މެއަށް ހަރާލިއެވެ. အခန်းကိုကြည့်ပါ။ |
ދާއޫދު ރަސްގެފާނު ސަދޫގާއި އަބިޔާތަރު ގާތަށް މީހަކު ފޮނުވައި ވިދާޅުވިއެވެ. ”ޔަހޫޛާގެ ބޮޑުންގެ ގާތަށް ގޮސް މިހެން ބުނޭ، ’ކަލޭމެން ތިމަން ރަސްގެފާނު މި ގަނޑުވަރަށް އަނބުރާ ގެންނަން ބޭނުންވާ އެންމެ ފަހު މީހުންކަމަށް ތިޔަވަނީ ކީއްވެހޭ؟ އަހަރެން އަހައިފީމޭ އެމީހުން އަހަރެން އަނބުރާ އިސްރާއީލުގެ ރަސްކަމަށް ގެންނަން ބޭނުންވެގެން މަޝްވަރާ ކުރަމުން ގެންދާ އަޑު.
އެ ހިނދު ދުނިޔޭގެ މީސްތަކުން މިފަދައިން ބުނާނެއެވެ. ”އަހަރެމެން ސުލްޙައިގައި ވަމެވެ. އަދި އަހަރެމެން ސަލާމަތުން ވަމެވެ.“ އެހެނަސް އެބައިމީހުންގެ މައްޗަށް ހަލާކު ކުރިމަތި ވެދެއެވެ. މިފަދައިން ކަންތައްތައް ވާނީ ނުހަނު އަވަހަށެވެ. އެއީ މާބަނޑު އަންހެނަކު ދަރިއަކު ވިހެއުމުގައި އަޅާ ވޭންވަރު ފަދައިން ހިނގާނެ ކަމެކެވެ. އެބައިމީހުންނަށް ސަލާމަތެއް ނެތެވެ.