Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




2 ޞަމޫއީލް 17:8 - ކިތާބުލް މުޤައްދަސާ

8 ކަލޭގެފާނަށް ވެސް އެނގިވަޑައިގަންނަވާނެ، ކަލޭގެފާނުގެ ބައްޕާފުޅާއި އެކަލޭގެފާނުގެ މީހުންނަކީ ގަދަފަދަ ހަނގުރާމަވެރި ބައެއް ކަން. އެމީހުންނަކީ ދަރިންކޮޅު ގެއްލިފައިވާ ވަލު ސާރިދޯޅަތަކެއް ފަދަ ނުރައްކާތެރި ބައެއް. އެހެންނޫނަސް ކަލޭގެފާނުގެ ބައްޕާފުޅަކީ ހަނގުރާމައިގެ ރޭވުންތެރި ކުޅަދާނަ ހުނަރު ވެރިއެއް. އެކަލޭގެފާނު މީހުންތަކުގެ ތެރޭ ރޭގަނޑަކު ނުހުންނަވާނެ.

အခန်းကိုကြည့်ပါ။ ကော်ပီ




2 ޞަމޫއީލް 17:8
20 ပူးပေါင်းရင်းမြစ်များ  

އެކަލޭގެފާނާ އެކުގައި ހުރިހާ ޚާދިމުން އައެވެ. އަދި އެކަލޭގެފާނާއެކު ޖައްތުން އައި ހަސަތޭކަ މީހުން ވެސް އެކަލޭގެފާނުގެ ހަށިފާރަވެރިންނާއެކު ކުރިއަށް އަރައިގެން އައެވެ.


އެކަލޭގެފާނު މިހާރު ވެސް ހުންނަވާނީ ހޮހަޅައެއްގައި ނޫނީ ކޮންމެވެސް ތަނެއްގައި ފިއްލަވާ. އެމީހުން ނުކުމެ ތިބޭކަލުންނަށް ހަމަލަދޭން ފަށައިފިއްޔާ އަޑުއަރާނީ ދާއޫދުގެފާނުގެ މީހުން އަބްޝާލޫމްގެ މީހުން މަރަމުން އެބަ ގެންދެޔޭ.


ދެން އެ ތިން ފަހުލަވާނުން ގޮސް އެތަނުގައި ތިބި ފިލިސްޠީނީން ފޫއަޅުވާލާފައި ބައިތުލަޙަމުގެ ބޮޑުދޮރާށި ކައިރީ ހުރި ވަޅުން ދާއޫދުގެފާނަށް އެރުވުމަށް ފެން ގެނެސްފިއެވެ. އެކަމަކު ދާއޫދުގެފާނު އެ ފެންފޮދު ހިއްޕެވުމަށް އިންކާރު ކުރެއްވިއެވެ. އެކަލޭގެފާނު މާތްރަސްކަލާނގެ ކުރެއްވި ޤުރުބާނީއެއްގެ ގޮތުގައި އެފެންފޮދު އޮއްސަވާލެއްވީއެވެ.


ސަރޫވިޔަތުގެ ދަރި އަބީޝާއި އަކީ ޔުއާބުގެ ކޮއްކޮއެވެ. އޭނާއަކީ އެ ތިރީސް ފަހުލަވާނުންގެ އަމުރުވެރިޔާއެވެ. އަބީޝާއި އޭނާގެ ލޮންސިން ތިންސަތޭކަ ދުޝްމިނުންނާ ހަނގުރާމަކޮށް އެ އެންމެން މަރާލިއެވެ. އޭނާއަކީ ވެސް އެ ތިން ފަހުލަވާނުން ފަދައިން މަޝްހޫރު މީހެކެވެ.


ދަރިން ގެއްލިފައި ވީ ސާރިދޯޅައެއްގެ އަތްދަށުވިޔަސް މޮޔަވެފައި ހުރި މޮޔައެއްގެ އަތްދަށު ނުވާށެވެ.


ނުލަފާ ވެރިޔަކީ ސާރިދޯޅައެއް ނުވަތަ ސިންގާއެއް ފަދައިން ފަގީރު މީހާއަށް ހުރި ނުރައްކަލެކެވެ.


އަރިހުބޭކަލުން ކުރެ އެކަކު ދެންނެވިއެވެ. ”⁠ބައިތުލަޙަމުގައި އުޅޭ ޔައްސާ ކިޔާމީހެއްގެ ދަރިޔަކު ވަރަށް މޮޅަށް ނަރުކޮއްޓި ކުޅޭތަން އަޅުގަނޑު ދުށިން. އަދި އޭނާއަކީ ކުޅަދާނަ ހިތްވަރުގަދަ ފަހުލަވާނެއް ވެސްމެ. އޭނާއަކީ ވާހަކަ ދެއްކުންތެރި ރީތި މީހެއް. އަދި އޭނާއާއެކު މާތްރަސްކަލާނގެ ވެސް ވޮޑިގެންވޭ.⁠“


ދާއޫދު ކަނޑިއެއް ލޮންސިއެއް ބޭނުން ނުކޮށް ސާޅަނގައަކަށް ލައި ދޫކޮށްލި ގާގަނޑަކުން ޖަހައި އެއޮތް ވަރުގަދަ ޖުލިޔާތު މަރާ ވައްޓާލިއެވެ.


އޭނާ ފިލާ ހުންނަ ހުރިހާ ތަނެއް ބަލައި އޮޅުން ފިލުވައިގެން އައިސް އަހަންނަށް އަންގާ. އޭނާ ތިޔަ ސަރަހައްދުގައި ހުރިނަމަ އަހަރެން ކަލޭމެންނާއެކު ދާނަން. އަހަރެން މިހިރީ ޔަހޫޛާގެ ހުރިހާ ސަރަހައްދެއް ހޯދަން ޖެހުނު ކަމުގައިވިޔަސް އޭނާ ހުރި ތަނެއް ހޯދަން ތައްޔާރަށް.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ