24 އަބްޝާލޫމާއި އޭނާގެ މީހުން އުރުދުން ކޯރު ހުރަސް ކުރިއިރު ދާއޫދުގެފާނު މަޙަނާއިމަށް ވަޑައިގެންފިއެވެ.
އިނބަރަސްކަލާނގެ އޯގާތެރިކަމާއި ނިމުމެއް ނުވާ ލޯތްބަކީ އަޅާއަށް ޙައްޤު ކަންތައްތަކެއް ނޫންމެ. އަޅާ މިދަތުރަށް ގެއިން ނުކުތް ހިނދު ހިނގަން ގެންގުޅުނު އަސާ ފިޔަވައި އިތުރު އެއްވެސް އެއްޗެއް އަޅާގެ މިލްކުގައި ނުވޭމެ. ނަމަވެސް އަދު އަޅާ އައިސް މިހުރީ މި ބޮޑު ދެ ޖަމާޢަތާއެކުގައި!
ޔަޢުޤޫބުގެފާނަށް އެމަލާއިކަތުން ފެނިވަޑައިގެންނެވި ހިނދު އެކަލޭގެފާނަށް މިފަދައިން ވިދާޅުވެވުނެވެ. ”މިއީ މާތްކަލާނގެ މައިދާން!“ އެގޮތުން އެތަނަށް މަޙަނާއިމް އޭ ވިދާޅުވެ އެކަލޭގެފާނު ނަންދެއްވިއެވެ.
އެ ހިނދު ޝާއުލްގެފާނުގެ ދަރިކަލެއް ކަމަށްވާ އިޝްބޫސަތު ގޮވައިގެން ނައިރުގެ ދަރި އަބްނައިރު މަޙަނާއިމު އަވަށަށް އަތުވެއްޖެއެވެ. އަބްނައިރު އަކީ ޝާއުލްގެފާނުގެ ލަޝްކަރުގެ ވެރިޔަކަށް ހުރި މީހާއެވެ.