Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




2 ޞަމޫއީލް 17:22 - ކިތާބުލް މުޤައްދަސާ

22 އިރުއެރިއިރު ދާއޫދުގެފާނާއި ދެންތިބި އެންމެން ކޯރު ހުރަސްކޮށް އުރުދުންގެ ފަޅިއަށް ހިނގައްޖެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




2 ޞަމޫއީލް 17:22
8 ပူးပေါင်းရင်းမြစ်များ  

އަބްޝާލޫމް ފޮނުވި ސިފައިން ދިޔައިމާ ޔޫނަތައިންއާއި އަޚީމައަސް އެވަޅުން އަރައިފިއެވެ. ދެން އެމީހުން ދާއޫދު ރަސްގެފާނުގެ އަރިހަށް ހިނގައްޖެއެވެ. އެމީހުން ގޮސް ދެންނެވިއެވެ. ”⁠އަވަހަށް ކޯރު ހުރަސް ކުރައްވައި ވަޑައިގަންނަވާ!⁠“ ދެން އެމީހުން އަޚީތޫފަލު ދިން ލަފާގެ ވާހަކަ އެކަލޭގެފާނަށް ދަންނަވައިފިއެވެ.


އަޚީތޫފަލު ދިން މަޝްވަރާ އިސްރާއީލީންގެ ކުރިމަތީގައި ބޭކާރު ވުމުން އޭނާގެ ހިމާރުމަތީ ގޮނޑިބަނދެ އޭނާގެ ރަށަށް އެނބުރި ހިނގައްޖެއެވެ. އޭނާ ގެޔަށް ގޮސް ގޭމީހުންނަށް ވަސިއްޔަތްކޮށް ހަދާފައި ގޮސް އޭނާ އަމިއްލައަށް ދަންޖެހިގެންފިއެވެ. އޭނާ މަރުވީމާ މީހުން ގޮސް އޭނާގެ އާއިލާގެ ގަބުރުސްތާނުގައި ވަޅުލައިފިއެވެ.


އަބްޝާލޫމާއި އޭނާގެ މީހުން އުރުދުން ކޯރު ހުރަސް ކުރިއިރު ދާއޫދުގެފާނު މަޙަނާއިމަށް ވަޑައިގެންފިއެވެ.


ހެޔޮ ވިސްނޭ މީހާއަށް މުސީބާތެއް އެބަ އަންނަކަން ވިސްނި ދުރާލާ ތައްޔާރު ވެއެވެ. ނުވިސްނާ މީހާ ގޮސް އެމުސީބާތުގެ ތެރެއަށް ބޯމަހާލާނެ އެވެ.


”⁠އަޑުއަހާ! އަހަރެން ތިޔަބައިމީހުން މި ފޮނުވަނީ ވަލު ކުއްތާތަކެއްގެ ތެރެއަށް ކަންބަޅިތަކެއް ފޮނުވާ ފަދައިން. ވީމާ ހަރުފައެއް ފަދައިން ހުޝިޔާރު ވެ، އަދި ކުދި ކޮތަރެއް ފަދަ ނިޔަނެތި ބައެއްގެ ގޮތުގައިވޭ.


އީސާގެފާނު އެފަދައިން ކަންތައް ކުރެއްވީ އެކަލޭގެފާނު ކުރީގައި ވިދާޅުވެފައިވާ ބަސްފުޅު ތެދަކަށް ހެއްދެވުމަށެވެ. އެހެނީ އެކަލޭގެފާނު ވިދާޅުވެފައި ވެއެވެ. ”⁠މީގެ ތެރެއިން، އިނބަރަސްކަލާނގެ އަޅުގަނޑަށް ދެއްވި އެކަކު ވެސް، ގެއްލިގެން ދިޔަކަ ނުދޭނަން.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ