Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




2 ޞަމޫއީލް 16:9 - ކިތާބުލް މުޤައްދަސާ

9 ސަރޫވިޔަތުގެ ދަރި އަބީޝާއި ރަސްގެފާނަށް ދެންނެވިއެވެ. ”⁠މިހިރަ މުޅަ ކުއްތާ ކަލޭގެފާނާ ދިމާލަށް ހިތުހުރިހާ އެއްޗެއް ގޮވިޔަ ދެއްވަނީ ކީއްވެތޯ؟ އަޅުގަނޑު ފޮނުއްވާ. ގޮސް އެކަލޭގެ ބޮލާ ކަނދުރާ ވަކިކޮށްލާނަން.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




2 ޞަމޫއީލް 16:9
13 ပူးပေါင်းရင်းမြစ်များ  

އެކަމަކު ސަރޫވިޔަތުގެ ދަރި އަބީޝާއި ބުންޏެވެ. ”⁠އޭނާ ޖެހޭނީ މަރާލަން. އެގޮތަކީ އޭނާއަކީ މާތްރަސްކަލާނގެ ހޮއްވަވާފައިވާ ރަސްކަލަކަށް ލަޢުނަތްލައިފައި ހުރި މީހެއް.⁠“


ރަސްގެފާނު ވިދާޅުވިއެވެ. ”⁠އަހަންނާ ކަލޭގެ ބޭބެ ޔޫއާބު އާ އޮތީ ކޮން ބެހޭކަމެއް؟ މިކަންތަކާ ހެދު ކަލޭމެން މިއަދު މަށާ ދެކޮޅުވަނީ ކީއްވެ؟ މިއަދު އިސްރާއީލުގެ އެއްވެސް މީހަކު މަރައިގެން ނުވާނެ. މިއަދަކީ އަހަރެން އިސްރާއީލުގެ ރަސްކަމަށް އިސް ވާ ދުވަސްކަމަށް ވާތީ އުފާފާޅުކުރަން ޖެހޭ ދުވަހެއް.⁠“


މިހާރު ޔުއާބްއާއި އަބީޝާއި މިވަނީ ޖިބްޢޫންގައި ހިނގި ހަނގުރާމައިގައި އޭނާގެ ކޮއްކޮ މަރާލެވުމުގެ ބަދަލު ހިފާފައެވެ.


މިހެން ބުނުމުން އަބްނައިރު ގާތަށް ވަރަށް ރުޅި އަތުވެއްޖެއެވެ. ”⁠އަހަރެން ކަލޭގެ ބައްޕައަކަށް އާއިލާގެ މީހަކަށް ތިމާގެމީހަކަށް ރައްޓެއްސަކަށް މިހާތަނަކަށް ހަރާންކޯރު ވެފައެއް ނޯންނާނެ. ކަލޭ އަސްލުގައި ވެސް ހީކުރަނީތަ އަހަރެން މީ ޔަހޫޛާގެ ކުއްތާއެއް ކަމަށް؟ އަހަރެން އެހެންނަމަ ކަލޭ ދާއޫދާ ހަވާލު ކުރާނެތާ ކިތަންމެ ދުވަހެއް. އެކަމަކު ކަލޭ ތިޔަ ބުނަނީ އަހަރެން ކަލޭގެ ބައްޕަގެ ޖާރިޔާއަކާއެކު ގުޅުމެއް ހިންގަނީއޭތަ؟


މަފީބޫޝަތު ދެވަނަފަހަރަށް ދާއޫދުގެފާނުގެ ކުރިފުޅު މަތީ ގުދުވެއްޖެއެވެ. މަފީބޫޝަތު ދެންނެވިއެވެ. ”⁠އަޅުގަނޑު މީ މަރުވެފައި އޮތް ކުއްތާއެއް. ވީ އިރު ވެސް މަނިކުފާނު އަޅުގަނޑާމެދު ތިޔަ ގޮތަށް ކަންތައް ކުރައްވަނީތޯ؟⁠“


ކަލޭމެން އެކަކު ވެސް މާތްކަލާނގެ މައްޗަށް ޤަދަރު ކުޑަކޮށްގެން ނުވާނެ. އަދި ކަލޭމެންގެ މައްޗަށް ހުންނަ ވެރިމީހާއަށް ލަޢުނަތުގެ ބަސްތަކުން މުޚާތަބު ނުކުރާތި.


މިކަންތަކާ މެދު އަސްޙާބީން ކަމުގައިވާ ޔޫޙަންނާ އާއި ޔާމިޒު ބުންޏެވެ. ”⁠މާތްސާހިބާ! އަޅުގަނޑުމެން މިމީހުން ނެތިކޮށްލުމަށް އުޑުން އަލިފާން ފޮނުއްވުމަށް އެދެން ތޯ؟⁠“


”⁠އަޅުގަނޑުގެ އަޚުންނޭ، އަޅުގަނޑަށް މަޢާފު ކުރޭ. އެއީ އުއްތަމަ އިމާމު ކަމެއް އަޅުގަނޑެއް ނުދެނަހުރިން. އެއީ މާތްރަސްކަލާނގެ އަންގަވަނީ އެބައެއްގެ ވެރިއަކާ ބެހޭ ގޮތުން އެއްޗިހި ކިޔާ ނުބައި ވާހަކަތައް ދައްކައިގެން ނުވާނެ ކަމުގަ.⁠“


އެންމެހައި މީސްތަކުންނަށް އިޙްތިރާމް ކުރާށެވެ. މަސީޙީ އުންމަތުގައިވާ ހުރިހާ އެންމެންނާއިމެދު އަޚުވަންތަ ގުޅުމަކުން ލޯބިވާށެވެ. މާތްރަސްކަލާނގެއަށް ބިރުވެތިވާށެވެ. އަހަރެމެން އެންމެންގެ ރަސްގެފާނަށް ޤަދަރު ކުރާށެވެ.


އިސްރާއީލުގެ ރަސްގެފާނު ތިޔަ ވަޑައިގަންނަވަނީ ކާކުގެ ފަހަތުން ތޯ؟ ކަލޭގެފާނު ތިޔަ ފައްސަވަނީ މަރުވެފައިވާ ކުއްތާއެއް ތޯ؟ ނުވަތަ ސެއްޅިއެއް ތޯ؟


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ