Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




2 ޞަމޫއީލް 16:8 - ކިތާބުލް މުޤައްދަސާ

8 މާތްރަސްކަލާނގެ ކަލެއަށް މިއަދު ތި ދެއްވަނީ އެކަމުގެ ސަޒާ. ކަލޭ ތީ ޝާއުލްގެފާނުގެ އާއިލާގެ ދުވަސް ދުއްވާލި މީހާ. އަދި ކަލޭ އެކަލޭގެފާނުގެ ރަސްކަން ވެސް ފޭރިގަތް. މިހާރު ކަލެއަށް ތި ފެންނަނީ އެކަމުގެ ހިތި. މާތްރަސްކަލާނގެ ކަލޭގެ ރަސްކަން ކަލޭގެ ދަރި އަބްޝާލޫމަށް އެ ދެއްވީ ކަލޭ ތިއީ މީހުން މަރާ މީހެއް ވީމާ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




2 ޞަމޫއީލް 16:8
18 ပူးပေါင်းရင်းမြစ်များ  

ޝިމްޢީ ރަސްގެފާނަށް ދެންނެވިއެވެ. ”⁠ސާހިބުރަސްގެފާނާމެދު އަޅުގަނޑު އެދުވަހު ކަންތައް ކުރިގޮތުގެ މަތިން ހަނދުމަފުޅު ނައްތަވާލައްވާ! ކަލޭގެފާނު ޖެރޫސަލަމުން ނުކުމެ ވަޑައިގެންނެވި ދުވަހު އަޅުގަނޑު އެކުރި ކަންތައް ހިތްޕުޅުން ފިލުވާލައްވާ.


އެކަމަކު ސަރޫވިޔަތުގެ ދަރި އަބީޝާއި ބުންޏެވެ. ”⁠އޭނާ ޖެހޭނީ މަރާލަން. އެގޮތަކީ އޭނާއަކީ މާތްރަސްކަލާނގެ ހޮއްވަވާފައިވާ ރަސްކަލަކަށް ލަޢުނަތްލައިފައި ހުރި މީހެއް.⁠“


ދާއޫދުގެފާނުގެ ޒަމާނުގައި ތަދުމަޑުކަމެއް އަތުވެއްޖެއެވެ. މި ތަދުމަޑުކަން ތިން އަހަރަށް ދެމިގެން ދިޔައެވެ. މިކަމާ ދާއޫދުގެފާނު މާތްރަސްކަލާނގެއަށް ދުޢާ ދެންނެވުމުން އެކަލާނގެ އެންގެވިއެވެ. ”⁠ތިޔަ ތަދުމަޑު ކަން ލައިގަތީ ޝާއުލްގެފާނާއި އޭނާގެ އާއިލާގެ އަނިޔާވެރިކަމުގެ ނަތީޖާއެއްގެ ގޮތުން. އެމީހުން ވަނީ ޖިބްޢޫނީންގެ މީހުން ޙައްޤަކާނުލައި މަރާލާފައި.⁠“


މި ހަތް މީހުން ދާއޫދުގެފާނު ޖިބްއޫނީންނާ ހަވާލު ކުރައްވައިފިއެވެ. ޖިބްއޫނީންގެ މީހުން އެމީހުން ގޮވައިގެން ޖިބްއަތު ފަރުބަދަ މައްޗަށް ހިނގައްޖެއެވެ. ދެން އެމީހުން މާތްރަސްކަލާނގެ ކުރިފުޅުމަތީ ދަންޖައްސާލެވިއްޖެއެވެ. އެ ހަތްމީހުން އެއްފަހަރާ މަރުވެއްޖެއެވެ. މިކަންތައް ހިނގީ ބަހާރުމޫސުމުގައި ބާރުލީ ގޮވާން ކަނޑާ ދުވަސްވަރު އައިތަނާ ކާރީގައެވެ.


ފިޔަޖަހަމުން އަންނަ ފެންފޯއް ދޫންޏެކޭ ބާރަށް އަންނަ އަބާބީލު ދޫންޏެކޭ އެއްފަދައިން ޙައްޤަކާނުލައި މީހަކަށް ލަޢުނަތެއް ނާންނާނެއެވެ.


އެމީހުން އިނބަރަސްކަލާނގެ މުޤައްދަސް ކުރެއްވި މީހުންނާއި ނަބީއިންގެ ލޭ އޮހޮރުވި. އޭގެ ސަބަބުން އިނބަރަސްކަލާނގެ އެމީހުންނަށް ލޭ ބޯން ދެއްވި. އެމީހުންނަށް އެލިބެނީ އެމީހުންނަށް ޙައްޤުވާ ސަޒާ.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ