Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




2 ޞަމޫއީލް 16:5 - ކިތާބުލް މުޤައްދަސާ

5 ދާއޫދުގެފާނު ބަހޫރީމަށް ވަޑައިގެންފިއެވެ. އެދުވަހު ޝާއުލްގެފާނުގެ ދުރުތާ ތިމާގެ މީހަކު އެރަށުން ނުކުތެވެ. އޭނާގެ ނަމަކީ ޝިމްޢީއެވެ. އޭނާއަކީ ޖީރާގެ ދަރިއެކެވެ. ޝިމްޢީ އައީ ދާއޫދުގެފާނާ ދިމާލަށް ހަޑިހުތުރު އެއްޗެހި ގޮވަމުންނެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




2 ޞަމޫއީލް 16:5
22 ပူးပေါင်းရင်းမြစ်များ  

އޭރު ދާއޫދުގެފާނާއި އެކު އައި އެންމެން ވެސް އުރުދުން ކޯރާ ހަމަޔަށް އަތުވެއްޖެއެވެ. އެއެންމެން ތިބީ ވަރަށް ވަރުބަލިވެފައެވެ. އެހެންވެ އެމީހުން އަރާމު ކޮށް ތާޒާވެލުމަށް އެތާނގައި މަޑުކޮށްފިއެވެ.


ދެން ރަސްގެފާނު ވިދާޅުވެއްޖެއެވެ. ”⁠ތިޔަހެންވީއިރު މަފީބޫޝަތުގެ ހުރިހާ މުދަލެއް އަހަރެން ކަލެއަށް ދީފިން.⁠“ ސީބާ ދެންނެވިއެވެ. ”⁠އަޅުގަނޑު ކަލޭގެފާނުގެ ފައިންޕުޅުމައްޗަށް ކުރުނީސް ކުރަން. އަޅުގަނޑު އުންމީދު ކުރަނީ ކަލޭގެފާނު އަބަދުވެސް އަޅުގަނޑާއި މެދު ރުހިވަޑައިގެން ހުންނަވާނެ ކަމަށް.⁠“


ދެން މީނާ ރަސްގެފާނާއި އަރިހުބޭކަލުންނާ ދިމާލަށް ގާއުކަން ފަށައިފިއެވެ. އޭރު ދާއޫދުގެފާނުގެ ހަށިފާރަވެރިންނާއި ސިފައިން އެކަލޭގެފާނު ދެފަރާތުގައި ތިއްބެވެ.


މިހެން އުޅެނިކޮށް ކޮންމެވެސް ޒުވާން ސޮރަކަށް ޔޫނަތައިންއާއި އަޚީމައަސް ފެނިގެން އަވަހަށް ދުވެ ގޮސް އަބްޝާލޫމަށް މިޚަބަރު ދީފިއެވެ. ދެން ޔޫނަތައިންއާއި އަޚީމައަސް އަވަހަށް ގޮސް ބަހޫރީމް އަވަށުގެ މީހެއްގެ ގޭގެ ގޯތީގައި ހުރި ވަޅަކަށް ފައިބައިފިއެވެ.


އަރުބާނީ އަވަށުގެ އަބީ އަލްބޫނު، ބަހޫރީމްގެ އަޒްމޫތު،


އެމީހުން މީކާލް ގޮވައިގެން ދާން ފެށުމުން ފަލްތިއީލް އެމީހުންގެ ފަހަތުން ރޮމުން ރޮމުން ބަހޫރީމްއާ ހަމަޔަށް އަޔެވެ. ދެން އަބްނައިރު އޭނާއާ ދިމާލަށް ބުނެއްޕެވެ. ”⁠އަނބުރާލާފައި ގެޔަށް ދޭ!⁠“ ދެން އޭނާ އަނބުރާލާފައި ގެޔަށް ހިނގައްޖެއެވެ.


އެ ކޯޓަކީ އޭނާ ގައިގައިލާން އޮތް ހަމަ އެކަނި އެތިގަނޑު ކަމަށް ވެއްޖެ ނަމަ، އޭނާ އެއެތިގަނޑާ ނުލާ ނިދާނީ ކިހިނެއް؟ އެއެތިގަނޑު ކަލޭ ނުދީގެން އޭނާއަށް ނުނިދިގެން އަހަރެންނަށް ހުށަހަޅައިފި ނަމަ، އެ ރުއިމުގެ އަޑު ވެސް އަހަރެން އަހާނަން. އެހެނީ އަހަރެންނަކީ އޯގާވަންތަ ކަލާނގެ.


ކަލޭމެން އެކަކު ވެސް މާތްކަލާނގެ މައްޗަށް ޤަދަރު ކުޑަކޮށްގެން ނުވާނެ. އަދި ކަލޭމެންގެ މައްޗަށް ހުންނަ ވެރިމީހާއަށް ލަޢުނަތުގެ ބަސްތަކުން މުޚާތަބު ނުކުރާތި.


ފިޔަޖަހަމުން އަންނަ ފެންފޯއް ދޫންޏެކޭ ބާރަށް އަންނަ އަބާބީލު ދޫންޏެކޭ އެއްފަދައިން ޙައްޤަކާނުލައި މީހަކަށް ލަޢުނަތެއް ނާންނާނެއެވެ.


އޭނާ ދާއޫދު ކުރެން އަހައްޕެވެ. ”⁠ތީ ކީއްކުރަން ގެންނަ ދަނޑިގަނޑެއްތަ؟ އަހަރެން މީ ކުއްތާއެއް ތަ؟⁠“ ދެން ޖުލިޔާތު އޭނާގެ ކަލުންތަކުގެ ނަން މަތީ ދާއޫދަށް ލަޢުނަތް ލައިފިވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ