Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




2 ޞަމޫއީލް 16:4 - ކިތާބުލް މުޤައްދަސާ

4 ދެން ރަސްގެފާނު ވިދާޅުވެއްޖެއެވެ. ”⁠ތިޔަހެންވީއިރު މަފީބޫޝަތުގެ ހުރިހާ މުދަލެއް އަހަރެން ކަލެއަށް ދީފިން.⁠“ ސީބާ ދެންނެވިއެވެ. ”⁠އަޅުގަނޑު ކަލޭގެފާނުގެ ފައިންޕުޅުމައްޗަށް ކުރުނީސް ކުރަން. އަޅުގަނޑު އުންމީދު ކުރަނީ ކަލޭގެފާނު އަބަދުވެސް އަޅުގަނޑާއި މެދު ރުހިވަޑައިގެން ހުންނަވާނެ ކަމަށް.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




2 ޞަމޫއީލް 16:4
14 ပူးပေါင်းရင်းမြစ်များ  

ޔުއާބު ރަސްގެފާނުގެ ކުރިފުޅުމަތީ ބިންމައްޗަށް ވެއްޓި ބިމުގައި މޫނު ޖައްސައި ރަސްގެފާނަށް އަދަބު އަދާކުރިއެވެ. ”⁠މިއަދު އަޅުގަނޑަށް އެނގޭ ކަލޭގެފާނު އަޅުގަނޑާއި މެދު ރުހިވަޑައިގެން ހުންނެވިކަން. އެގޮތަކީ އަޅުގަނޑު އެދުނު ކަންތައް ކަލޭގެފާނު ކޮށްދެއްވައިފި.⁠“


ދެން އެ އަންހެނާ ރަސްގެފާނުގެ ފައިންޕުޅު ދެކެން އަތުވެއްޖެއެވެ. އޭނާ އައިސް ރަސްގެފާނުގެ ކުރިފުޅުމައްޗަށް ވެއްޓި ބިންމަތީގައި މޫނު ޖައްސައިފިއެވެ. އޭނާ ދެންނެވިއެވެ. ”⁠މަސާހިބު ރަސްގެފާނު! އަޅުގަނޑަށް އޯގާވެރިކަމާއެކު އެހީތެރިވެ ދެއްވާ!⁠“


ދެން ރަސްގެފާނު އެ އަންހެނާއަށް ވިދާޅުވިއެވެ. ”⁠ގެޔަށް ދޭ! ކަލޭގެ ތިޔަ ކަންތައް ހައްލު ކޮށްދޭނަން.⁠“


ރަސްގެފާނު އެއްސެވިއެވެ. ”⁠މަފީބޫޝަތު ކޮބައިތަ؟⁠“ ސީބާ ދެންނެވިއެވެ. ”⁠މަފީބޫޝަތު ޖެރޫސަލަމުގައި މަޑު ކޮށްފި. އޭނާ ހީކޮށް އެހެރީ މިއަދު އިސްރާއީލީން އޭނާގެ ކާފަގެ ރަސްކަން އޭނާއަށް ދޭނެ ކަމަށް.⁠“


ދާއޫދުގެފާނު ބަހޫރީމަށް ވަޑައިގެންފިއެވެ. އެދުވަހު ޝާއުލްގެފާނުގެ ދުރުތާ ތިމާގެ މީހަކު އެރަށުން ނުކުތެވެ. އޭނާގެ ނަމަކީ ޝިމްޢީއެވެ. އޭނާއަކީ ޖީރާގެ ދަރިއެކެވެ. ޝިމްޢީ އައީ ދާއޫދުގެފާނާ ދިމާލަށް ހަޑިހުތުރު އެއްޗެހި ގޮވަމުންނެވެ.


އެކަމަކު އޭނާ އަޅުގަނޑަށް ކެހިދީފައި ކަލޭގެފާނުގެ އަރިހަށް ގޮސް ކަލޭގެފާނު އަރިހު އަޅުގަނޑު ބަދުނާމު ކޮށް ނެތިމޮށުނީ. އަޅުނގަޑުގެ ސާހިބު ރަސްގެފާނު ތިޔައީ މާތްކަލާނގެ މަލާއިކަތެއް ފަދަ ބޭކަލެއް. ކަލޭގެފާނު ހިތްޕުޅާވާ ގޮތެއް ހައްދަވާ.


ޔޫނަތައިންގެ ދަރިފުޅު މަފީބޫޝަތު ދާއޫދުގެފާނު އަރިހަށް އައިސް ގުދުވެ އަދަބު އަދާ ކޮށްފިއެވެ. ދާއޫދުގެފާނު ވިދާޅުވިއެވެ. ”⁠ތީ މަފީބޫޝަތުތަ؟⁠“ މަފީބޫޝަތު ދަންނަވައިފިއެވެ. ”⁠އާދެ މަސާހިބު! އަޅުގަނޑަކީ މަނިކުފާނުގެ ޚާދިމު މަފީބޫޝަތު.⁠“


ދެން ދާއޫދުގެފާނު ޝާއުލްގެފާނުގެ ޚާދިމު ސީބާ ގެންނަވާފައި ވިދާޅުވިއެވެ. ”⁠ޝާއުލްގެފާނުގެ އާއިލާގެ ހުރިހާ މުދަލެއް ކަލޭގެ ވެރިމީހާގެ ކާފަދަރި މަފީބޫޝަތަށް އަހަރެން ދީފިން.


ރިޝްވަތު ނުހިފާތި. އެހެނީ ރިޝްވަތަކީ ތިމާގެ ލޯ ޙަޤީޤަތާމެދު ކަނު ކޮށްލާ އެއްޗެއް. ރިޝްވަތަކީ ތެދުވެރިޔަކަށް ވެސް ޙަޤީޤަތް އޮޅުވާލާ އެއްޗެއް.


ކަން ހިނގިގޮތް ނުބަލައި ޖަވާބު ދިނުމަކީ މޮޔަ ލަދުވެތިކަމެކެވެ.


ފަނޑިޔާރުގޭގައި ފުރަތަމަ ވާހަކަ ދައްކާ މީހާ އެބުނަނީ ތެދެކޭ ހީވެދާނެއެވެ. އެކަން އޮތީ އެހެން ނޫންކަން އެނގޭނީ އަނެއް މީހާ ވާހަކަ ދެއްކީމައެވެ.


އިލްމާ ނުލައި ފޯރިހިއްޕުމަކުން ވާނެ މޮޅެއް ނޯވެއެވެ. އަވަސް އަރައިގެން އުޅުމުން ހެދޭނީ ހައްތާ ގޯހެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ