Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




2 ޞަމޫއީލް 16:23 - ކިތާބުލް މުޤައްދަސާ

23 އަބްޝާލޫމް ހީކުރާ ގޮތުގައި އަޚީތޫފަލު ދޭ މަޝްވަރާއަކީ ވަރަށް ރަނގަޅު އަދި ވިސްނުންތެރި މަޝްވަރާއެކެވެ. ދާއޫދުގެފާނާއި އަބްޝާލޫމްގެ ގާތުގައި އޭނާގެ މަޝްވަރާތަކަކީ މީސްތަކުންނަށް މާތްކަލާނގެ އަންގަވާ އެންގެވުމެއް ފަދަ މަޝްވަރާތަކެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




2 ޞަމޫއީލް 16:23
20 ပူးပေါင်းရင်းမြစ်များ  

އަޚީތޫފަލު އަކީ ޖީލޫއިން އައިސް ހުރި ދާއޫދުގެފާނުގެ މުޝީރެކެވެ. އަބްޝާލޫމް ޤުރުބާނީ ވެދުން ކުރަން ގޮސް އުޅެމުން އަޚީތޫފުލަށް އެރަށަށް އައުމަށް އެންގިއެވެ. މި ގޮތުގެ މަތިން ދާއޫދުގެފާނާ ދެކޮޅަށް އަބްޝާލޫމްގެ ރޭވުން ވަރުގަދަވަމުން ދިޔައެވެ. އަދި އޭނާއަށް ތާއީދުކުރާ މީހުން ގިނަވަމުން ދިޔައެވެ.


އޭގެ ތެރޭން މީހަކު ދާއޫދުގެފާނަށް ދެންނެވިއެވެ. ”⁠އަޚީތުފުލަކީ ވެސް އަބްޝާލޫމް އާ ގުޅިގެން މިކަންތައް ރާވާ ހިންގާ އެކަކު.⁠“ ދެން ދާއޫދުގެފާނު ދުޢާ ދެންނެވިއެވެ. ”⁠މާތްރަސްކަލާނކޯ! މިއަޅާ އިނބަރަސްކަލާނގެއަށް ދަންނަވަން. އަޚީތޫފަލުގެ ރޭވުން ބޭކާރު ކުރައްވާފާހުށި!⁠“


އަޚީތޫފަލު އަބްޝާލޫމްގެ ގާތު ބުނެއްޕެވެ. ”⁠ބާރަހާސް މީހުން އަހަރެން ހޮވަންތަ؟ މިރޭ އަހަރެން ދާއޫދު ހުރިތަނަކަށް ހިނގައިދާނަން.


އަބްޝާލޫމްއާއި އިސްރާއީލުގެ އެންމެން ބުނެއްޕެވެ. ”⁠ހޫޝާއީގެ މަޝްވަރާ އަޚީތޫފަލުގެ މަޝްވަރާއަށް ވުރެން މާ ކަމުދޭ.⁠“ މިހެން އެމީހުން ބުނީ މާތްރަސްކަލާނގެ އިރާދަފުޅު އެގޮތުގައި ވާތީއެވެ. މާތްރަސްކަލާނގެ ރޭއްވެވުމުގައި ވަނީ އަޚީތުފުލުގެ މަޝްވަރާ ބޭކާރު ކޮށްލައްވައި އަބްޝާލޫމު ނައްތަވާލެއްވުމެވެ.


އަޚީތޫފަލު ދިން މަޝްވަރާ އިސްރާއީލީންގެ ކުރިމަތީގައި ބޭކާރު ވުމުން އޭނާގެ ހިމާރުމަތީ ގޮނޑިބަނދެ އޭނާގެ ރަށަށް އެނބުރި ހިނގައްޖެއެވެ. އޭނާ ގެޔަށް ގޮސް ގޭމީހުންނަށް ވަސިއްޔަތްކޮށް ހަދާފައި ގޮސް އޭނާ އަމިއްލައަށް ދަންޖެހިގެންފިއެވެ. އޭނާ މަރުވީމާ މީހުން ގޮސް އޭނާގެ އާއިލާގެ ގަބުރުސްތާނުގައި ވަޅުލައިފިއެވެ.


އެ ވަގުތު އީސާގެފާނު މިހެން ވިދާޅުވެ ދުޢާ ދެންނެވިއެވެ. ”⁠ބައްޕާފުޅާ! އުޑާބިމުގެ ސާހިބުވަންތަ ރަސްކަލާކޯ! އަޅުގަނޑު ބައްޕާފުޅަށް ޙަމްދު ކުރަން. އެއީ މިހުރިހާ ކަންތައްތަކެއް ޙިކުމަތްތެރިންނަށާއި ތޫނުފިލި މީހުންނަށް ވަންހަނާ ކުރައްވައި އާދައިގެ ތުއްތު ކުދިބަޔަކަށް މި ހުރިހާ ކަންތައްތައް ހާމަކޮށް ދެއްވީތީ.


މި މުއްސަނދި މީހާ އޭނާގެ މި މަކަރުވެރި މެނޭޖަރަށް ސާބަސް ދިން. އެއީ އޭނާ އެ ކަންތައް ކުރިލެއް ހުޝިޔާރު ކަމުން. އެއީ މާތްރަސްކަލާނގެ ދެއްވި ތެދު އަލިމަގުގައި ވާ މީހުންނަށް ވުރެ އެކަލާނގެއަށް އީމާން ނުވާ މީހުން އެކަކު އަނެކަކާއި މެދު ކަންތައް ކުރާއިރު މާ ހުޝިޔާރުވާނެ.


މީސްތަކުންނަށް ވަޢުޡު އިއްވާ ހިނދު މާތްރަސްކަލާނގެ ބަސްފުޅުން ވަޢުޡު އިއްވާށެވެ. މީހަކަށް ޚިދުމަތެއް ދޭނަމަ މާތްރަސްކަލާނގެ ދެއްވި ހިތްވަރުން ޚިދުމަތް ކުރާށެވެ. އެއީ މާތްރަސްކަލާނގެ ދެއްވި އެންމެހާތަކެތި އެކަލާނގެ ދެއްވެވީ އީސާ އަލްމަސީޙު މެދުވެރި ކުރައްވައި އެކަލާނގެއަށް ސަނާ ކިޔުމަށެވެ. އެންމެހައި މަތިވެރި ކަމަކާއި އާރާބާރު ދާއިމަށް މިލްކުވެގެން ވަނީ އެކަލާނގެއަށެވެ. އާމީން.


ދާއޫދު މާތް ރަސް ކަލާނގެއަށް ދެންނެވިއެވެ. ”⁠މިރަށަށް އަރައިގަތް މީހުންގެ ފަހަތުން އަޅުގަނޑު ދާންވީތޯ؟ އެމީހުންގެ މައްޗަށް އަޅުގަނޑަށް ގަދަކަން ލިބޭނެ ތޯ؟⁠“ ”⁠އެމީހުން ފަހަތުން ދޭ!⁠“ މާތްރަސްކަލާނގެ ޖަވާބު ދެއްވިއެވެ. ”⁠ކަލެއަށް އެމީހުން އަތުލައިގަނެވި އެމީހުން ގެންދިޔަ ތަކެތި އަނބުރާ ލިބޭނެ.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ