Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




2 ޞަމޫއީލް 16:22 - ކިތާބުލް މުޤައްދަސާ

22 އެހެންވެ އެމީހުން ގަނޑުވަރުގެ މަތީބައިގެ ހާމަ ތަނެއްގައި ފޭލިގެއެއް ޖަހައިފިއެވެ. ދެން އަބްޝާލޫމް އެތަނުގައި އޭނާގެ ބައްޕާފުޅުގެ ޖާރިޔާންނާ އެކު ޖިންސީ ގުޅުން ހިންގައިފިއެވެ. މިކަންތައް އޭނާ ކުރިއިރު އިސްރާއީލުގެ އެންމެން އެތަން ބަލަން ތިއްބެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




2 ޞަމޫއީލް 16:22
11 ပူးပေါင်းရင်းမြစ်များ  

މިތަނުގައި އިސްރާއީލުގެފާނު ފޭލިގެ ޖައްސަވައި ދިރިއުޅުއްވަމުން ގެންދެވި ދުވަސްތަކުގައި އެކަލޭގެފާނުގެ އެންމެ ދޮށީ ފިރިހެން ދަރިފުޅު ރައޫބައިން އެކަލޭގެފާނުގެ ޖާރިޔާއެއް ކަމުގައިވާ ބިލްހާ އާއިއެކުގައި ޖިންސީގުޅުން ހިންގި ޚަބަރު ޔަޢުޤޫބުގެފާނަށް ލިބިވަޑައިގަތެވެ. ޔަޢުޤޫބުގެފާނަށް ލިބިވަޑައިގެންނެވީ ބާރަ ފިރިހެން ދަރިންނެވެ.


އެއްދުވަހަކު މެންދުރުފަހު އަވަހާރަފުޅުން ތެދުވެ ވަޑައިގެން ގަނޑުވަރުގެ މަތީބުރީ ހާމަތަނަކަށް ނުކުމެވަޑައިގެން ދެކޮޅަށް ހިންގަވަން ހުންނެވިއެވެ. އެކަލޭގެފާނު އެތާ މަތީ ހުންނަވަނިކޮށް ފެންވަރަން ހުރި އަންހެނަކު ފެނިވަޑައިގަތެވެ. އެއީ ވަރަށް ރީތި އަންހެނެކެވެ.


ދާއޫދުގެފާނުގެ ގަނޑުވަރުގެ އެންމެން ގޮވައިގެން ނުކުމެ ވަޑައިގަތީ ގަނޑުވަރު ބަލަހައްޓަން އެކަލޭގެފާނުގެ ދިހަ ޖާރިޔާއިން ބައިތިއްބަވާފައެވެ.


ދެން ދާއޫދުގެފާނު ޖެރޫސަލަމަށް ވަޑައިގެންފިއެވެ. ގަނޑުވަރަށް ވަޑައިގެން އެކަލޭގެފާނުގެ ގަނޑުވަރު ބަލަހައްޓަން ބައިތިއްބި ދިހަ ޖާރިޔާއިން ޚާއްސަ ގެޔަކަށް ފޮނުއްވައި ލައްވައިފިއެވެ. އެގޭގެ ވަށައިގެން ފާރަވެރިން ބައިތިއްބިއެވެ. ދާއޫދުގެފާނު އެ ޖާރިޔާއިންނަށް ބޭނުންވާ ޒުރޫރީ ބޭނުންތައް ފުރިހަމަކޮށް ދެއްވިއެވެ. އެހެންނަމަވެސް އެމީހުންނާއެކު ޖިންސީ އެއްވެސް ގުޅުމެއް ނުބާއްވައެވެ. އެމީހުން މަރުވެ ދިޔައީ ހުވަފަތް އަނބިންތަކެއްގެ ގޮތުގައި އެހެން ތިބެގެންނެވެ.


އާޚިރުގައި މިފަދަ މީހުންގެ ނިމުމަކީ ހަލާކެވެ. އެބައިމީހުން ވަނީ ޖިސްމާނީ އަޅުވެތި ކަމެއްގައެވެ. އެބައިމީހުންގެ ލަދުޙަޔާތް ކުޑަ އަމަލު ތަކާއިމެދު ބޮޑާވެއެވެ. ހަމައެކަނި އެބައިމީހުން އެދުންވެރި ވަނީ މާއްދިއްޔަތަށެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ