Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




2 ޞަމޫއީލް 16:21 - ކިތާބުލް މުޤައްދަސާ

21 އަޚީތޫފަލު އަބްޝާލޫމްގެ ގާތު ބުންޏެވެ. ”⁠ކަލޭގެފާނުގެ ބައްޕާފުޅު ވަޑައިގަތީ މި ގަނޑުވަރު ބަލަހައްޓަން އެކަލޭގެފާނުގެ ޖާރިޔާއިންތަކެއް ބައިތިއްބައިފައި. އެމީހުންނާއެކު ކަލޭގެފާނު އެއްދާން ކުރައްވާ! އޭރުން އިސްރާއީލުގެ އެންމެންނަށް ކަލޭގެފާނު ކަލޭގެފާނުގެ ބައްޕާފުޅުގެ އަގުވައްޓާލައިފިކަން އެނގިގެން ދާނެ. އޭރުން ކަލޭގެފާނުގެ ބާރުފުޅު ގަދަވެއްޖެކަން އެނގި އެމީހުންނަށް ހިތްވަރު ލިބޭނެ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




2 ޞަމޫއީލް 16:21
22 ပူးပေါင်းရင်းမြစ်များ  

އެއަށް ފަހު ޔަޢުޤޫބުގެފާނު ޝިމްޢޫން އާއި ލާވީއަށް މިފަދައިން ވިދާޅުވިއެވެ. ”⁠ތިޔަ ދެބެއިން ކުރި އަމަލުތަކުގެ ސަބަބުން އަހަރެން މުސީބާތުގެ ތެރެއަށް ވެއްޓިއްޖެ! މިރަށުގައި ދިރިއުޅެމުން ގެންދާ މީހުން ކަމުގައިވާ ކަންޢާނުންނާއި ފިރިއްޒީނުގެ ދަރިކޮޅުގެ އަހުލުވެރިން އަހަރެންދެކެ ނަފްރަތުކުރާނެ. އަހަރެމެންގެ މީސްތަކުންގެ އަދަދު އެމީހުންނަށް ވުރެން މާމަދު. އެދެބައިމީހުން ގުޅިގެން އައިސް އަހަރެމެންނަށް ޙަމަލާދީ އަހަރެންގެ އާއިލާގެ ހުރިހާ އެންމެން ނެތިކޮށްލާފާނެ.⁠“


މިތަނުގައި އިސްރާއީލުގެފާނު ފޭލިގެ ޖައްސަވައި ދިރިއުޅުއްވަމުން ގެންދެވި ދުވަސްތަކުގައި އެކަލޭގެފާނުގެ އެންމެ ދޮށީ ފިރިހެން ދަރިފުޅު ރައޫބައިން އެކަލޭގެފާނުގެ ޖާރިޔާއެއް ކަމުގައިވާ ބިލްހާ އާއިއެކުގައި ޖިންސީގުޅުން ހިންގި ޚަބަރު ޔަޢުޤޫބުގެފާނަށް ލިބިވަޑައިގަތެވެ. ޔަޢުޤޫބުގެފާނަށް ލިބިވަޑައިގެންނެވީ ބާރަ ފިރިހެން ދަރިންނެވެ.


އެހެންވީމާ، ޔަހޫޛާ އެކަނބުލޭގެ ގާތަށް ދިޔައެވެ. އަދި މި ކަނބުލޭގެ އަކީ އޭނާގެ ޅީދަރިފުޅުކަން އެނގިގެންނުވާ ޙާލުގައި އެކަނބުލޭގެ އާއިއެކުގައި ޖިމާޢުވުމަށް އެދި މިފަދައިން ވާހަކަ ދެއްކިއެވެ. ”⁠އަހަރެން ކަނބުލޭގެއާ އެކުގައި ޖިންސީގުޅުން ހިންގުމަށް އެދިގެންވަމު.⁠“ އެކަނބުލޭގެ މިފަދައިން ޖަވާބު ދިނެވެ. ”⁠އަހަރެން ތިބާއާއި އެކުގައި ޖިންސީގުޅުން ހިންގުމުން ތިބާ އަހަރެންނަށް ދޭނީ ކޮންއެއްޗެއް؟⁠“


ތަޤުވާވެރިންގެ ފިރިހެންދަރިންނާ އެހެން އިންސާނުންގެ އަންހެންދަރިން ކައިވެނިކޮށް އެމީހުންނަށް ލިބުނު ދަރިންގެ ފަރާތުން އުފެދުނު ދަރިކޮޅުގެ މީހުންނަކީ އިވަޖު ބާގައިގެ މީހުންނެވެ. އެދުވަސްވަރުގައާއި އަދި އޭގެފަހުގެ ޒަމާންތަކުގައި ވެސް މިފަދަ މީހުން ދުނިޔޭގައި އުޅުނެވެ. އަދި އެމީހުންނަކީ އިހުޒަމާނުގެ މޮޅެތި ޤަދަރުހުރި މީހުންނެވެ.


ޢައްމޫނީންނަށް ދާއޫދުގެފާނު އެމީހުންނާ ދެކޮޅުވެރި ވެއްޖެކަން އެނގިއްޖެއެވެ. އެހެންކަމުން އެމީހުން ބައިތު ރުހޫބާއި ޒޫބާއިން އަރާމީންގެ މީހުން ކުއްޔަށް ހިފައިފިއެވެ. އަރާމީންގެ ބިންމަތީ ސިފައިންގެ ވިހިހާސް ތިއްބެވެ. އަދި ޢައްމޫނީން މައަކާގެ ރަސްގެފާނުގެ އެއްހާސް ސިފައިން ވެސް ކުއްޔަށް ހިފައިފިއެވެ. އޭގެ އިތުރުން ޠޫބުގެ ބާރަހާސް މީހުން ވެސް އެމީހުން ކުލިދޭގޮތަށް ގެނަސްފިއެވެ.


މިއީ މާތްރަސްކަލާނގެ ވަޙީކުރެއްވި ގޮތް: ’⁠މިހެންވެ ތިމަންކަލާނގެ ކަލޭގެފާނަށް އާފާތްތަކެއް ފޮނުއްވާނަމޭ. އެ މުސީބާތް އަންނާނީ ޚުދު ކަލޭގެފާނުގެ އާއިލާގެ ތެރޭންނޭ. ތިމަންކަލާނގެ ކަލޭގެފާނުގެ ލޯފުޅުމަތީގައި ކަލޭގެފާނުގެ އަނބިންތައް ކަލޭގެފާނުގެ ކިބައިން އަތުލައްވައި ކަލޭގެފާނުގެ ގާތް މީހުންގެ ތެރޭން މީހަކަށް ދެއްވާނަމޭ. އޭނާ ކަލޭގެފާނުގެ އަނބިންނާއެކީ އުޅޭނީ ހާމަކަން މަތީގައޭ.


ޔޫނާދާބު އަމްނޫނުގެ ގާތު ބުންޏެވެ. ”⁠ކަލޭ ބަލިވެގެން ކަމަށް ހަދައިގެން އެނދަށް އަރާ އޮށޯވެ އޮވޭ. ކަލޭގެ ބައްޕާފުޅު ވަޑައިގަތީމާ ދަންނަވާ، ކޮއްކޮ ތާމާރު ލައްވައި ކާން ހައްދާ ދޭށޭ. ކަލޭ އޭނާ ކައްކާތަން ބަލަން ބޭނުމޭ، އަދި އޭނާގެ އަތުންލަވާ ދީނީމާ ތިމަން ގަދަވެދާނެޔޭ.⁠“


ދާއޫދުގެފާނުގެ ގަނޑުވަރުގެ އެންމެން ގޮވައިގެން ނުކުމެ ވަޑައިގަތީ ގަނޑުވަރު ބަލަހައްޓަން އެކަލޭގެފާނުގެ ދިހަ ޖާރިޔާއިން ބައިތިއްބަވާފައެވެ.


އަބްޝާލޫމް އަޚީތޫފަލު ކުރެން އެއްސެވެ. ”⁠އަހަރެން ދެން ކުރަންވީ ކީއްތަ؟ ކޮބާތަ ކަލޭގެ ލަފަޔަކީ؟⁠“


ހޫޝާއީ ޖަވާބު ދިނެވެ. ”⁠މި ފަހަރު އަޚީތޫފަލު ދިން މަޝްވަރާއެއް ކަމަކު ނުދޭ.


މިހާރު ދެން ކަލޭމެން ހިތްވަރު ގަދަ ކުރާތި. ކަލޭމެންގެ ސާހިބު ޝާއުލްގެފާނު އަވަހާރަވެ ދިޔަ ކަމުގައި ވިޔަސް ޔަހޫޛާގެ މީހުން މިވަނީ އެމީހުންގެ ރަސްކަލަކަށް އަހަރެން ހޮވާފައި.⁠“


ދެން ދާއޫދުގެފާނު ޖެރޫސަލަމަށް ވަޑައިގެންފިއެވެ. ގަނޑުވަރަށް ވަޑައިގެން އެކަލޭގެފާނުގެ ގަނޑުވަރު ބަލަހައްޓަން ބައިތިއްބި ދިހަ ޖާރިޔާއިން ޚާއްސަ ގެޔަކަށް ފޮނުއްވައި ލައްވައިފިއެވެ. އެގޭގެ ވަށައިގެން ފާރަވެރިން ބައިތިއްބިއެވެ. ދާއޫދުގެފާނު އެ ޖާރިޔާއިންނަށް ބޭނުންވާ ޒުރޫރީ ބޭނުންތައް ފުރިހަމަކޮށް ދެއްވިއެވެ. އެހެންނަމަވެސް އެމީހުންނާއެކު ޖިންސީ އެއްވެސް ގުޅުމެއް ނުބާއްވައެވެ. އެމީހުން މަރުވެ ދިޔައީ ހުވަފަތް އަނބިންތަކެއްގެ ގޮތުގައި އެހެން ތިބެގެންނެވެ.


އެމީހުން ގޮވަމުން ދިޔައެވެ. ”⁠ޝާއުލްގެފާނު ފިލިސްޠީނުންގެ މަރުކަޒަކަށް ހަމަލަ ދެއްވައި އެމީހުން ބަލިކުރައްވައިފި. އެހެންވެ ފިލިސްޠީނު މީހުން ވަނީ އިސްރާއީލީން ދެކެ ރުޅި އަރައިގެންފައި.⁠“ މި އަޑު ޢިބްރާނީން ވެސް އަހައިފިއެވެ. ދެން އެ އެންމެން ޝާއުލްގެފާނުގެ ގާތަށް ޖިލްޖާލަށް ޖަމާ ވެއްޖެއެވެ.


އަޚީޝް ރަސްގެފާނު ދާއޫދު ބުނާ އެއްޗެއް ގަބޫލު ކުރައްވަ އެވެ. ރަސްގެފާނު ހީ ކުރައްވަނީ އިސްރާއީލީން ދާއޫދު ދެކެ ވަރަށް ރުޅި އަންނާނެ ކަމަށެވެ. އެހެންކަމުން އެރަސްގެފާނުގެ ޚިދުމަތުގައި ތާއަބަދަށް ދާއޫދު އުޅެން ރަސްގެފާނު ބޭނުންފުޅު ވެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ