19 އަޅުގަނޑު މީގެ ކުރީގައި ހުރީ ކަލޭގެފާނުގެ ބައްޕާފުޅުގެ ޚިދުމަތުގައި. އެހެންނަމަވެސް މިހާރު އަޅުގަނޑު އައިސް މިހިރީ އެކަލޭގެފާނުގެ ދަރިފުޅަށް ޚިދުމަތް ކުރުމަށް.“
ކަލޭ ޖެރޫސަލަމަށް ގޮސް އަޚީތޫފަލުގެ މަޝްވަރާތައް ބޭކާރު ކޮށްލާ. އަބްޝާލޫމްގެ ގާތު ބުނޭ. ’ރަސްގެފާނުވޭ! ތިމަން މީ ކަލޭގެފާނުގެ ބައްޕަގެ ޚާދިމަކީމޭ. ތިމަން މިއައީ ކަލޭގެފާނުގެ ޚިދުމަތުގައި ހުރުމަށޭ.‘
ހޫޝާއީ ބުންޏެވެ. ”އަޅުގަނޑު ޚިދުމަތް ކުރާނީ މާތްރަސްކަލާނގެ އޭރަކު ހޮއްވަވާފައިވާ ވެރިޔަކާ އެކު. އިސްރާއީލުގެ މީހުން ތިޔަވަނީ ކަލޭގެފާނު ހޮވާފައި. އެހެންވީ އިރު އަޅުގަނޑު ވެސް ހުންނާނީ ކަލޭގެފާނާއެކުގައި.
އަބްޝާލޫމް އަޚީތޫފަލު ކުރެން އެއްސެވެ. ”އަހަރެން ދެން ކުރަންވީ ކީއްތަ؟ ކޮބާތަ ކަލޭގެ ލަފަޔަކީ؟“
ދެން އީސާގެފާނަށް އީމާންވާ ބަނީއިސްރާއީލުގެ އެހެން މީހުން ވެސް ޕަތަރަސްއާއި އެއްފަދައިން ކަންތައް ކުރަން ފެށިއެވެ. އަދި ބަރުނައްބާސް ވެސް ޕަތަރަސްއާއި އެއްފަދައިން ކަންތައް ކުރިއެވެ.
ދާއޫދު ބުންޏެވެ. ”ތިހެން ވީއިރު މަނިކުފާނުގެ ޚާދިމު އަޅުގަނޑު ކަންތައް ކުރާ ކުޅަދާނަކަން މަނިކުފާނަށް ފެނިވަޑައިގަންނަވާނެ.“ އަޚީޝް ރަސްގެފާނު ވިދާޅުވިއެވެ. ”އަހަރެން މުޅި އުމުރަށް އަހަރެންގެ ހަށިފާރަވެރިޔަކަށް ކަލޭ ހަމަޖައްސާނަން.“
”އެކަމަކު އަޅުގަނޑު ކުރީ ކީއްތޯ؟“ ދާއޫދު ދެންނެވިއެވެ. ”ސާހިބުގެ ޚާދިމުގެ ކިބައިން މިހާތަނަށް ފެނިވަޑައިގަތީ ކޮން ކުށެއްތޯ؟ އަޅުގަނޑުގެ ސާހިބު ރަސްގެފާނުގެ އަދާވާތްތެރިންނާ ދެކޮޅަށް ހަނގުރާމަ ކުރަން އަޅުގަނޑު ނުގެންދަވަންވީ ކީއްވެތޯ؟“