Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




2 ޞަމޫއީލް 16:16 - ކިތާބުލް މުޤައްދަސާ

16 ދާއޫދުގެފާނުގެ ރަޙުމަތްތެރި އަރުކީންގެ ހޫޝާއީ އަބްޝާލޫމްގެ ގާތަށް އަތުވެއްޖެއެވެ. އޭނާ އަބްޝާލޫމްގާތު ބުންޏެވެ. ”⁠ރަސްގެފާނަށް ދިގު އުމުރުފުޅެއް! ރަސްގެފާނުގެ އުމުރުފުޅު ދަންމަވާށި!⁠“

အခန်းကိုကြည့်ပါ။ ကော်ပီ




2 ޞަމޫއީލް 16:16
13 ပူးပေါင်းရင်းမြစ်များ  

ދެން ދާއޫދުގެފާނު ފަރުބަދައިގެ ކުންނަށް އަރާވަޑައިގެންފިއެވެ. އެއީ އެކަލޭގެފާނު މާތްކަލާނގެއަށް އަޅުކަން ކުރެއްވުމަށް ވަރަށް ގިނަފަހަރު ވަޑައިގަންނަވާ ތަނެކެވެ. އެވަގުތު އަރުކީންގެ ހޫޝާއީ އެކަލޭގެފާނުގެ އަރިހަށް އަތުވެއްޖެއެވެ. ހޫޝާއީގެ ހެދުން ވަނީ ވީދިފައެވެ. އޭނާ ވެސް ހުރީ ބޮލަށް ވެލި އަޅައިގެންނެވެ.


ކަލޭ ޖެރޫސަލަމަށް ގޮސް އަޚީތޫފަލުގެ މަޝްވަރާތައް ބޭކާރު ކޮށްލާ. އަބްޝާލޫމްގެ ގާތު ބުނޭ. ’⁠ރަސްގެފާނުވޭ! ތިމަން މީ ކަލޭގެފާނުގެ ބައްޕަގެ ޚާދިމަކީމޭ. ތިމަން މިއައީ ކަލޭގެފާނުގެ ޚިދުމަތުގައި ހުރުމަށޭ.⁠‘


ދެން ދާއޫދުގެފާނުގެ ރަޙުމަތްތެރި ހޫޝާއީ ޖެރޫސަލަމަށް ހިނގައްޖެއެވެ. އޭރު އަބްޝާލޫމް ވެސް ޖެރޫސަލަމަށް އަތުވެއްޖެއެވެ.


އަދި އެއްބަޔަކު އީސާގެފާނުގެ ކުރިފުޅުމަތީގައި އަދި އަނެއް ބަޔަކު އެކަލޭގެފާނުގެ ފަހަތްޕުޅުގައި މިފަދައިން ގޮވަމުން ދިޔައެވެ. ”⁠ދާއޫދުގެފާނުގެ ދަރިކަލުންނަށް ޙަމްދުހުރި! މާތްރަސްކަލާނގެ ނަންފުޅުގައި ވަޑައިގަންނަވާ ސާހިބުވަންތަ ފަރާތަށް ރަޙުމަތް ލައްވާނދޭ! އުޑުގައި ވޮޑިގެންވާ ރަސްކަލާނގެ ކިބަފުޅަށް ޙަމްދުހުރި!⁠“


ޞަމޫއީލްގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”⁠މިއީ ކަލޭމެންގެ ވެރިޔަކަށް މާތްރަސްކަލާނގެ ހޮއްވެވި މީހަކީ. ކަލޭމެން ބަލާބަލަ. މިވަރުގެ މީހަކު ކަލޭމެން ތެރެއަކު ނެތެއްނު.⁠“ ދެން މީހުން ”⁠ރަސްގެފާނު ޒިންދާބާދު⁠“ އޭ ކިޔާ ހަޅޭލަވަން ފަށައިފޫއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ