2 ޞަމޫއީލް 16:12 - ކިތާބުލް މުޤައްދަސާ12 ޝިމްޢީ އަހަންނާ ދިމާލަށް އެކީ އެއްޗެހީގެ ބަދަލުގައި މާތްރަސްކަލާނގެ އެއަށް ވުރެ ރަނގަޅު ގޮތްތައް މެދުވެރި ކުރައްވާފާނެ ކަން ވެސް ނޭނގެއެއްނު.“ အခန်းကိုကြည့်ပါ။ |
ނަމަވެސް ތިޔަބައިމީހުންނަށް ކުރިމަތިވި ވޭނީ ތުރާތަކަށް އެކަލާނގެ ލުއިކޮށް ދެއްވާނެއެވެ. އަހަރެމެންނާއި މެދުގައި ވެސް އެކަލާނގެ އެފަދައިން އަމަލު ކުރައްވާނެއެވެ. އެކަލާނގެ މިކަންތައް ކުރައްވާނީ މާތްސާހިބާ އީސާގެފާނު އެކަލޭގެފާނުގެ ބާރުގަދަ މަލާއިކަތުންނާއިގެން އުޑުން ފާޅުވެ ވަޑައިގަންނަވާ ހިނދުގައެވެ.
އެހެނީ އަހަރެމެންގެ އިންސާނީ ބައްޕަ އަހަރެމެން އިސްލާހު ކުރަނީ މަދު ދުވަސްކޮޅަކަށެވެ. އަދި އެކަންތައް އެމީހުން ކުރަނީ އެމީހުންނަށް އެނގޭ އެންމެ ރަނގަޅަށެވެ. އެކަމަކު މާތްރަސްކަލާނގެ އަބަދުވެސް އަހަރެމެން އިސްލާހު ކުރައްވައެވެ. އެއީ އެކަލާނގެ ޤުދުސްވަންތަކަމުގައި އަހަރެމެން ޙިއްސާ ކުރެއްވުމަށްޓަކައެވެ.
”ކުޅަދުންވަންތަ މާތްރަސްކަލާނކޯ! މިއަޅާގެ ހިތާމަތަކަށް ބައްލަވާ ވޮޑިގަންނަވައި، މިއަޅާގެ މަތިން ހަނދުމަފުޅު ނައްތަވާ ނުލައްވައި، މިއަޅާއަށް ފިރިހެން ދަރިފުޅަކު ދެއްވާފާނދޭ! އޭރުން މިއަޅާ އެ ދަރިފުޅު އިނބަ ރަސްކަލާނގެއަށް ޚިދުމަތް ކުރުމަށްޓަކައި މުޅި އުމުރަށް ވެދުން ކުރާހުށީން! އަދި އޭނާގެ ބޮލުގެ އިސްތައްޓަކު ކުރަފަތް ވެސް ޖައްސައި ނުލާ ހުށީން!“