2 ޞަމޫއީލް 16:1 - ކިތާބުލް މުޤައްދަސާ1 ދާއޫދުގެފާނު ޒައިތޫނި ފަރުބަދައިގެ ކުންނުން ފައިބައި ވަޑައިގެން ތަންކޮޅަކަށް ވަޑައިގެންނެވުނުތަނާ މަފީބޫޝަތުގެ ޚާދިމު ސީބާއާ ދިމާވެއްޖެއެވެ. އޭނާ އައިސް ހުރީ އަސްދާނު އެޅި ދެ ހިމާރު ވެސް ގޮވައިގެންނެވެ. ހިމާރުތައް ވަނީ ކާބޯތަކެތިން ބަރާކޮށްފައެވެ. އޭނާ ގެނެސްފައި ހުރި ތަކެތީގެ ތެރޭގައި ދުއިސައްތަ ރޮއްޓާއި ހިކިމޭބިސްކަދުރުގެ ސަތޭކަ ކޭކާއި ވައްތީނި ކޭކުގެ ސަތޭކަ ކޭކާއި މޭބިސްކަދުރު ދިޔަ ހަމެއް ހުއްޓެވެ. အခန်းကိုကြည့်ပါ။ |
ދެން ދާއޫދުގެފާނު ފަރުބަދައިގެ ކުންނަށް އަރާވަޑައިގެންފިއެވެ. އެއީ އެކަލޭގެފާނު މާތްކަލާނގެއަށް އަޅުކަން ކުރެއްވުމަށް ވަރަށް ގިނަފަހަރު ވަޑައިގަންނަވާ ތަނެކެވެ. އެވަގުތު އަރުކީންގެ ހޫޝާއީ އެކަލޭގެފާނުގެ އަރިހަށް އަތުވެއްޖެއެވެ. ހޫޝާއީގެ ހެދުން ވަނީ ވީދިފައެވެ. އޭނާ ވެސް ހުރީ ބޮލަށް ވެލި އަޅައިގެންނެވެ.
ދެން ކަލޭގެފާނު އެތަނުން ކުރިއަށް ދުރުވެ ތާބޫރުގެ ބޮޑު ގަހާ އަރާހަމަ ވާތަނާ ތިން މީހަކު އަންނަތަން ކަލޭގެފާނަށް ފެންނާނެ. އެމީހުން ދާނީ ބައިތުއީލުގައި ހުރި މާތްކަލާނގެ ފަރުބަދައަށް ދިއުމަށް. އެތަނުން އެކަކު ދާނީ ތިން ޅަބަކަރި ގޮވައިގެން. އަނެކެއްގެ އަތުގައި އޮތް ޓުކުރިއެއްގައި ތިން ބޯރޮށި އޮންނާނެ. އަނެއް މީހާގެ އަތުގައި މޭބިސްކަދުރު ދިޔައިގެ ހަމެއް އޮންނާނެ.