9 ރަސްގެފާނު ވިދާޅުވިއެވެ. ”ސަލާމަތްކަމާއި ރައްކާތެރި ކަމާއެކު ދޭ!“ ދެން އަބްޝާލޫމް ޙަބްރޫނަށް ހިނގައްޖެއެވެ.
އޭރު އޭނާ ވަނީ އިސްރާއީލީންގެ ހުރިހާ ގަބީލާއަކަށް ޖާސޫސުން ފޮނުވައި މީސްތަކުންގެ ގާތު މިހެން ކިޔަން އަންގާފައެވެ. ”ތާޅަފިލީގެ އަޑު އިވޭ އިރަށް ކަލޭމެން ބުނަންވާނެ، އަބްޝާލޫމް ޙަބްރޫންގައި ރަސްކަލަކަށް ވެއްޖެ.“
އަޅުގަނޑު ސީރިއާގެ ޖަޝޫރުގައި ހުރި އިރު ގަތް ނަދުރެއް އެއީ. އަޅުގަނޑު ނަދުރު ބުނެފައި ވަނީ ’މިއަޅާއަށް ޖެރޫސަލަމަށް އަނބުރާ ދެވޭނެ ގޮތް އިނބަރަސްކަލާނގެ ހައްދަވައި ދެއްވައިފިއްޔާ އިނބަރަސްކަލާނގެ އަށް އަޅުކަން ކުރުމަށް އެނބުރި ގަންނާނަން.‘“
ޢާލީ ޖަވާބުދިނެވެ. ”ސަލާމަތް ކަމާއެކު ދޭ! އިސްރާއީލުގެ ވެރި މާތްކަލާނގެ ކަލޭގެ ދުޢާ އިޖާބަ ކުރައްވާށި.“
އަބީޖާއިލް ގެނައި ހަދިޔާތައް ދާއޫދު ގަބޫލު ކޮށްފިއެވެ. އަދި ބުންޏެވެ. ”ސަލާމަތްތެރި ކަމާއެކު ގެއަށް ދޭ. ކަލޭގެ ކަންތައް ކަލޭ އެދުނު ގޮތުގެ މަތިން ފުރިހަމަ ކޮށްދޭނަން.“