Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




2 ޞަމޫއީލް 15:8 - ކިތާބުލް މުޤައްދަސާ

8 އަޅުގަނޑު ސީރިއާގެ ޖަޝޫރުގައި ހުރި އިރު ގަތް ނަދުރެއް އެއީ. އަޅުގަނޑު ނަދުރު ބުނެފައި ވަނީ ’⁠މިއަޅާއަށް ޖެރޫސަލަމަށް އަނބުރާ ދެވޭނެ ގޮތް އިނބަރަސްކަލާނގެ ހައްދަވައި ދެއްވައިފިއްޔާ އިނބަރަސްކަލާނގެ އަށް އަޅުކަން ކުރުމަށް އެނބުރި ގަންނާނަން.⁠‘⁠“

အခန်းကိုကြည့်ပါ။ ကော်ပီ




2 ޞަމޫއީލް 15:8
14 ပူးပေါင်းရင်းမြစ်များ  

ދެން ޔުއާބު ތެދުވެގެން ޖަޝޫރަށް ގޮސް އަބްޝާލޫމް ގޮވައިގެން ޖެރޫސަލަމަށް އަތުވެއްޖެއެވެ.


ޔުއާބު ބުންޏެވެ. ”⁠އަހަރެން ކަލޭ އައިސްދޭށޭ ކިޔާފައި ދެފަހަރަކު މީހުން ފޮނުވައިފިން. އަހަރެން ބޭނުންވީ ކަލޭ ރަސްގެފާނުގެ އަރިހަށް ފޮނުވަން. އަހަރެން ރަސްގެފާނަށް ދަންނަވަން ބޭނުމީ އަހަރެން ޖަޝޫރުގައި އުޅެނިކޮށް މިތަނަށް ގެނައީ ކީއްކުރަންހޭ. ރަސްގެފާނުގެ ފައިންޕުޅު އަހަންނަށް ނުފެންނަންޏާ އަހަރެން މިތަނަށް ގެނައުމުގެ ބޭނުމަކީ ކޮބައިހޭ. ހަމަ ޖަޝޫރުގައި ވެސް އަހަންނަށް ހުރެވިދާނެ ނޫންހޭ. އަހަރެން ކަލޭގެ ގާތުން މިއެދެނީ ރަސްގެފާނުގެ އަރިހަށް ގޮސް މިހެން ދަންނަވަން. އަހަރެން ކުށްވެރިވަންޏާ އެ ކުށަށްޓަކައި އަހަރެން މަރާލާށޭ ދަންނަވާ.⁠“


ރަސްގެފާނު ވިދާޅުވިއެވެ. ”⁠ސަލާމަތްކަމާއި ރައްކާތެރި ކަމާއެކު ދޭ!⁠“ ދެން އަބްޝާލޫމް ޙަބްރޫނަށް ހިނގައްޖެއެވެ.


ދެވަނަ ދަރިކަލުންނަކީ ކަލްޔާބް އެވެ. އެދަރިކަލުންގެ މަންމައަކީ ކަރުމިލްގެ ނާބާލްގެ ހުވަފަތް އަނބި އަބީޖާއިލް އެވެ. ތިންވަނަ ދަރިކަލުންނަކީ އަބްޝާލޫމްއެވެ. އެދަރިކަލުންގެ މަންމައަކީ ޖަޝޫރުގެ ރަސްގެފާނުގެ ތަލްމާއިގެ ދަރިކަނބަލުން މައިކާ އެވެ.


”⁠ކުޅަދުންވަންތަ މާތްރަސްކަލާނކޯ! މިއަޅާގެ ހިތާމަތަކަށް ބައްލަވާ ވޮޑިގަންނަވައި، މިއަޅާގެ މަތިން ހަނދުމަފުޅު ނައްތަވާ ނުލައްވައި، މިއަޅާއަށް ފިރިހެން ދަރިފުޅަކު ދެއްވާފާނދޭ! އޭރުން މިއަޅާ އެ ދަރިފުޅު އިނބަ ރަސްކަލާނގެއަށް ޚިދުމަތް ކުރުމަށްޓަކައި މުޅި އުމުރަށް ވެދުން ކުރާހުށީން! އަދި އޭނާގެ ބޮލުގެ އިސްތައްޓަކު ކުރަފަތް ވެސް ޖައްސައި ނުލާ ހުށީން!⁠“


”⁠ކިހިނެއްތޯ އަޅުގަނޑު ތިޔަ ތަނަށް ދާނީ؟⁠“ ޞަމޫއީލްގެފާނު ދެންނެވިއެވެ. ”⁠ތިޔަ ޚަބަރު ލިބިއްޖެއްޔާ ޝާއުލްގެފާނު އަޅުގަނޑު މަރާލާނެ.⁠“ މާތްރަސްކަލާނގެ ވަޙީކުރެއްވިއެވެ. ”⁠ޅަ ގެރިއެއް ހިފައިގެން ދޭ. ގޮސް ބުނޭ މިއައީ މާތްރަސްކަލާނގެއަށް ޤުރުބާނީ ކުރާށޭ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ