Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




2 ޞަމޫއީލް 15:7 - ކިތާބުލް މުޤައްދަސާ

7 މިގޮތުގައި ހަތަރު އަހަރު ވޭތިވެ ދިޔަފަހުން އޭނާ ރަސްގެފާނު ދާއޫދަށް ދެންނެވިއެވެ. ”⁠އަޅުގަނޑު ޙަބްރޫނަށް ގޮސްލުމުގެ ހުއްދަ ދެއްވާ. އެއީ އަޅުގަނޑު މާތްރަސްކަލާނގެއަށް ދަންނަވާފައިވާ ނަދުރެއް ފުއްދަން އޮތީމާ.

အခန်းကိုကြည့်ပါ။ ကော်ပီ




2 ޞަމޫއީލް 15:7
10 ပူးပေါင်းရင်းမြစ်များ  

އަބްޝާލޫމް ޖަޝޫރަށް ގޮސް ފިލައިގެން އުޅޭތާ ތިން އަހަރު ވެއްޖެއެވެ.


ދާއޫދުގެފާނު ޙަބްރޫންގައި ހުންނަވަނިކޮށް އެކަލޭގެފާނަށް ޔަޒްރަޢީލުގެ އަޚީނޫޢަމުގެ ބަނޑުން ފިރިހެން ދަރިކަލަކު ލިބިވަޑައިގަތެވެ. އެ ދަރިކަލުންނަކީ އަމްނޫން އެވެ.


ދެވަނަ ދަރިކަލުންނަކީ ކަލްޔާބް އެވެ. އެދަރިކަލުންގެ މަންމައަކީ ކަރުމިލްގެ ނާބާލްގެ ހުވަފަތް އަނބި އަބީޖާއިލް އެވެ. ތިންވަނަ ދަރިކަލުންނަކީ އަބްޝާލޫމްއެވެ. އެދަރިކަލުންގެ މަންމައަކީ ޖަޝޫރުގެ ރަސްގެފާނުގެ ތަލްމާއިގެ ދަރިކަނބަލުން މައިކާ އެވެ.


ނުބައި މީހުން ކުރާ ޤުރުބާނީ ދެކެ މާތްކަލާނގެ ނަފްރަތުވެ ވޮޑިގަންނަވައެވެ. އަމުދުން އެއީ ނުބައިކަމަކަށް އެދިގެން ކުރާ ކަމެއް ނަމައެވެ.


އޭނާ އެބޭކަލުންނަށް މިފަދައިން ބުނެ ބައިތުލަޙަމަށް ފޮނުވިއެވެ. ”⁠ބައިތުލަޙަމަށް ގޮސް ފަރުވާތެރިކަމާއެކު އެ ކުއްޖާއާއި މެދު ބަލަމުން ގެންދޭ! އަދި ތިޔަބައިމީހުންނަށް އެ ކުއްޖާ ފެނުމުން އަހަރެންގެ ކައިރިއަށް އައިސް އެވާހަކަ ބުނެދީ. އޭރުން އަހަރެން ވެސް އޭނާއަށް އަޅުކަން ކުރާނަން.⁠“


”⁠ދީނުގެ ދަންނަބޭކަލުންނާއި ފަރީސީންނަށް ހިތާމަ ހުރި! ކަލޭމެންނަކީ މުނާފިޤުބައެއް! އެހެނީ ކަލޭމެންނީ މާތްރަސްކަލާނގެ ރަސްކަންފުޅުގެ ދޮރުކޮޅު މީސްތަކުންނަށް ބަންދުކޮށްގެން ތިބި މީހުން. ކަލޭމެން އަމިއްލައަކަށް ވެސް އެތަނަކަށް ނުވަން، އަދި ވަންނަން ދާ މީހުން ވަނަކަވެސް ނުދޭ!


ދެން ޞަމޫއީލްގެފާނު ވަޑައިގެން އެ އެންމެ ބެއިންގެ ކުރިމަތީގައި އެކަލޭގެފާނު ގެންނެވި ޒައިތޫނި ތެޔޮ ދާއޫދުގެ ބޮލަށް އަޅައިފިއެވެ. އެދުވަހުން ފެށިގެން މާތްރަސްކަލާނގެ ރޫޙުފުޅު ގަދަފަދަ ކަމާއެކު ދާއޫދުގެފާނަށް ލިބިވަޑައިގެންފި އެވެ. ޞަމޫއީލްގެފާނު ދެން ރާމާއަށް އެނބުރި ވަޑައިގެންފިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ