5 އަބްޝާލޫމްގެ ކައިރިއަށް މީހަކު ގުދުވެ އަދަބު އަދާ ކުރަން ފަށައިފިނަމަ އަބްޝާލޫމް އައިސް އެމީހެއްގެ މާ ގާތް މީހެއްގެ ގޮތް ދައްކައި އަތުގައި ހިފައި ގާތަށް ލަފައި ބޮސްދީ ހަދައެވެ.
ދެން ޔުއާބު ރަސްގެފާނުގެ އަރިހަށް އައިސް މިވާހަކަ ދެންނެވުމުން ރަސްގެފާނު އަބްޝާލޫމް ގެންދަވައިފިއެވެ. އަބްޝާލޫމް ރަސްގެފާނުގެ އަރިހަށް އައިސް ރަސްގެފާނުގެ ކުރިފުޅުމަތީ ބިންމަތީގައި މޫނުޖައްސައިފިއެވެ. ދެން ރަސްގެފާނު އޭނާ ގައިގައި އޮޅުލައްވައިގަނެ ބޮސްދެއްވައިފިއެވެ.
ޔުއާބު ޢަމާސާކުރެން އެއްސެވެ. ”ބޭބޭ، ހާލު ކިހިނެއްތަ؟“ ދެން ޔުއާބު އޭނާގެ ކަނާތުން ޢަމާސާގެ ތުނބުޅީގައި ހިފައި ބޮސްދޭން އުޅޭ ގޮތް ދައްކާލިއެވެ.
އެމީހުން މާ އޯގާވެރިކަމަށް ހެދިގެން އުޅެނީއެވެ. އެކަމަކު އެމީހުންގެ ހިތްތަކުގައި ވަނީ ނަފްރަތު ކަމެވެ.
ކަލޭ އަހަރެންނާއި ސަލާންކުރުމުގެ ގޮތުން ސަލާމުގެ ބޮހެއް ވެސް ނުދޭ. ނަމަވެސް އަހަރެން މިގެއަށް ވަނީއްސުރެ މިއަންހެން މީހާ އަހަރެންގެ ފައިގައި ބޮސްދިނުން ހުއްޓާނުލާ.