އަބިޔާތަރު އިމާމުގެ ދަރި ޔޫނަތައިން އާއި ސާދޫގުގެ ދަރި އަޚީމައަޒް ގޮސް ހަދާ ގޮތަކީ ޢައިނި ރޫޖަލްއަވަށުގެ އޮހޭފެންގަޑުގެ ކާރީގައި މަޑުކޮށްލައިގެން ތިބެނީއެވެ. އެއީ އެމީހުން ސަހަރު ތެރެއަށް ވަންނަތަން މީހަކަށް ފެނިދާނެތީއެވެ. ދެން އެ ފެންގަނޑު ދޮށަށް ދާ ނޯކަރު އަންހެން ކުއްޖަކު ލައްވާ ދާއޫދުގެފާނަށް ދަންނަވަންވާ ވާހަކައެއް އެކުއްޖާލައްވާ އަންގަމުން ގެންދަނީއެވެ. ޔޫނަތައިންއާއި އަޚީމައަސް ދާއޫދުގެފާނަށް މި ހުރިހާ ރޭވުމެއްގެ ޚަބަރު މިގޮތުން ފޯރުކޮށްދެމުން ގެންދިޔައެވެ.