Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




2 ޞަމޫއީލް 15:32 - ކިތާބުލް މުޤައްދަސާ

32 ދެން ދާއޫދުގެފާނު ފަރުބަދައިގެ ކުންނަށް އަރާވަޑައިގެންފިއެވެ. އެއީ އެކަލޭގެފާނު މާތްކަލާނގެއަށް އަޅުކަން ކުރެއްވުމަށް ވަރަށް ގިނަފަހަރު ވަޑައިގަންނަވާ ތަނެކެވެ. އެވަގުތު އަރުކީންގެ ހޫޝާއީ އެކަލޭގެފާނުގެ އަރިހަށް އަތުވެއްޖެއެވެ. ހޫޝާއީގެ ހެދުން ވަނީ ވީދިފައެވެ. އޭނާ ވެސް ހުރީ ބޮލަށް ވެލި އަޅައިގެންނެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




2 ޞަމޫއީލް 15:32
20 ပူးပေါင်းရင်းမြစ်များ  

ތިންވަނައަށް ވީ ދުވަހު ޝާއުލްގެފާނުގެ ޖަގަހައިން ހެދުން ވީދާލައި ބޮލަށް ވެލި އަޅައިގެން މީހަކު މޮޅިވެރިކަން ފާޅު ކުރަން އައިސް ދާއޫދުއަށް އިޙުތިރާމު ކުރުމުގެ ގޮތުން ބިމުގައި މޫނު ޖެހޭވަރަށް ގުދުވެއްޖެއެވެ.


ތާމާރު އެ ހެދުން ވީދާލައި ބޮލަށް އަޅިއަޅައި ދެއަތުން މޫނުފޮރުވައިގެން ރޮމުން ރޮމުން ހިނގައްޖެއެވެ.


ދެން ދާއޫދުގެފާނު ކީރިތި ކުރައްވަމުން ޒައިތޫނި ފަރުބަދަ މައްޗަށް އަރާ ވަޑައިގެންފިއެވެ. އެކަލޭގެފާނު ވަޑައިގެންނެވީ އިސްތަށިފުޅު ނިވާ ކުރައްވައިގެން ހުސްފައިގައެވެ. ދާއޫދުގެފާނާއެކު ދިޔަ އެންމެން ވެސް ތިބީ އެގޮތަށްބޯ ނިވާ ކޮށްގެންނެވެ. އެއެންމެން ވެސް ދާއޫދުގެފާނު ފަހަތްޕުޅުން ރޮމުން ދިޔައެވެ.


ދާއޫދުގެފާނު ޒައިތޫނި ފަރުބަދައިގެ ކުންނުން ފައިބައި ވަޑައިގެން ތަންކޮޅަކަށް ވަޑައިގެންނެވުނުތަނާ މަފީބޫޝަތުގެ ޚާދިމު ސީބާއާ ދިމާވެއްޖެއެވެ. އޭނާ އައިސް ހުރީ އަސްދާނު އެޅި ދެ ހިމާރު ވެސް ގޮވައިގެންނެވެ. ހިމާރުތައް ވަނީ ކާބޯތަކެތިން ބަރާކޮށްފައެވެ. އޭނާ ގެނެސްފައި ހުރި ތަކެތީގެ ތެރޭގައި ދުއިސައްތަ ރޮއްޓާއި ހިކިމޭބިސްކަދުރުގެ ސަތޭކަ ކޭކާއި ވައްތީނި ކޭކުގެ ސަތޭކަ ކޭކާއި މޭބިސްކަދުރު ދިޔަ ހަމެއް ހުއްޓެވެ.


އަބްޝާލޫމްއާއި އަޚީތޫފަލާއި އިސްރާއީލުގެ އެންމެން ޖެރޫސަލަމަށް އަތުވެއްޖެއެވެ.


އެކަމަކު އަބްޝާލޫމް ބުންޏެވެ. ”⁠އަރުކީންގެ ހޫޝާއީއަށް ގޮވާބަލަ. އޭނާ ބުނާ އެއްޗެއް ވެސް އަހާލަން ވާނެއެއްނު؟⁠“


އެމީހުން ޒައިތޫނި ފަރުބަދަ މަތީގައި ވާ ބެތުފާގޭ އާއި ބެތާނިޔާ މި ދެރަށާއި ކައިރިވެ ވަޑައިގެންފައި ވަނިކޮށް އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންގެ ތެރެއިން ދެމީހަކަށް ވިދާޅުވިއެވެ. ”⁠ކުރިމަތީގައި އެވާ ރަށުގެ ތެރެއަށް ދޭ. ކަލޭމެން ރަށުގެ ތެރެއަށް އަރައިގެން ދާ މަގުމަތީ އެތާނގައި ބަނދެފައިވާ ހިމާރެއް ފެންނާނެ. އެ ހިމާރަކީ މީގެ ކުރިން ދުވަހަކު ވެސް އޭގައި މީހަކު ދަތުރެއް ކޮށްފާ ވާނޭ ހިމާރެއް ނޫން. އޭތި މޮހާލައިގެން މިތަނަށް ގެނޭ.


އެދުވަހު ޝީލޫހުއަށް ދިޔަ ބަންޔާމީން ދަރިކޮޅު މީހަކު އޭނާގެ ހިތާމަ ފާޅުކުރުމަށް ހެދުން ވީދާލައި ބޮލަށް ވެލި އަޅައިގެން ހުރެ މައިދާނުން ދުވެފައި ދިޔައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ