Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




2 ޞަމޫއީލް 15:31 - ކިތާބުލް މުޤައްދަސާ

31 އޭގެ ތެރޭން މީހަކު ދާއޫދުގެފާނަށް ދެންނެވިއެވެ. ”⁠އަޚީތުފުލަކީ ވެސް އަބްޝާލޫމް އާ ގުޅިގެން މިކަންތައް ރާވާ ހިންގާ އެކަކު.⁠“ ދެން ދާއޫދުގެފާނު ދުޢާ ދެންނެވިއެވެ. ”⁠މާތްރަސްކަލާނކޯ! މިއަޅާ އިނބަރަސްކަލާނގެއަށް ދަންނަވަން. އަޚީތޫފަލުގެ ރޭވުން ބޭކާރު ކުރައްވާފާހުށި!⁠“

အခန်းကိုကြည့်ပါ။ ကော်ပီ




2 ޞަމޫއީލް 15:31
23 ပူးပေါင်းရင်းမြစ်များ  

އަޚީތޫފަލު އަކީ ޖީލޫއިން އައިސް ހުރި ދާއޫދުގެފާނުގެ މުޝީރެކެވެ. އަބްޝާލޫމް ޤުރުބާނީ ވެދުން ކުރަން ގޮސް އުޅެމުން އަޚީތޫފުލަށް އެރަށަށް އައުމަށް އެންގިއެވެ. މި ގޮތުގެ މަތިން ދާއޫދުގެފާނާ ދެކޮޅަށް އަބްޝާލޫމްގެ ރޭވުން ވަރުގަދަވަމުން ދިޔައެވެ. އަދި އޭނާއަށް ތާއީދުކުރާ މީހުން ގިނަވަމުން ދިޔައެވެ.


އަބްޝާލޫމް ހީކުރާ ގޮތުގައި އަޚީތޫފަލު ދޭ މަޝްވަރާއަކީ ވަރަށް ރަނގަޅު އަދި ވިސްނުންތެރި މަޝްވަރާއެކެވެ. ދާއޫދުގެފާނާއި އަބްޝާލޫމްގެ ގާތުގައި އޭނާގެ މަޝްވަރާތަކަކީ މީސްތަކުންނަށް މާތްކަލާނގެ އަންގަވާ އެންގެވުމެއް ފަދަ މަޝްވަރާތަކެވެ.


އަބްޝާލޫމްއާއި އިސްރާއީލުގެ އެންމެން ބުނެއްޕެވެ. ”⁠ހޫޝާއީގެ މަޝްވަރާ އަޚީތޫފަލުގެ މަޝްވަރާއަށް ވުރެން މާ ކަމުދޭ.⁠“ މިހެން އެމީހުން ބުނީ މާތްރަސްކަލާނގެ އިރާދަފުޅު އެގޮތުގައި ވާތީއެވެ. މާތްރަސްކަލާނގެ ރޭއްވެވުމުގައި ވަނީ އަޚީތުފުލުގެ މަޝްވަރާ ބޭކާރު ކޮށްލައްވައި އަބްޝާލޫމު ނައްތަވާލެއްވުމެވެ.


އަޚީތޫފަލު ދިން މަޝްވަރާ އިސްރާއީލީންގެ ކުރިމަތީގައި ބޭކާރު ވުމުން އޭނާގެ ހިމާރުމަތީ ގޮނޑިބަނދެ އޭނާގެ ރަށަށް އެނބުރި ހިނގައްޖެއެވެ. އޭނާ ގެޔަށް ގޮސް ގޭމީހުންނަށް ވަސިއްޔަތްކޮށް ހަދާފައި ގޮސް އޭނާ އަމިއްލައަށް ދަންޖެހިގެންފިއެވެ. އޭނާ މަރުވީމާ މީހުން ގޮސް އޭނާގެ އާއިލާގެ ގަބުރުސްތާނުގައި ވަޅުލައިފިއެވެ.


އެކަމަކު އަބްޝާލޫމް ބުންޏެވެ. ”⁠އަރުކީންގެ ހޫޝާއީއަށް ގޮވާބަލަ. އޭނާ ބުނާ އެއްޗެއް ވެސް އަހާލަން ވާނެއެއްނު؟⁠“


ހޫޝާއީ ޖަވާބު ދިނެވެ. ”⁠މި ފަހަރު އަޚީތޫފަލު ދިން މަޝްވަރާއެއް ކަމަކު ނުދޭ.


”⁠އަހަރެން މި ބަސްތައް މިބުނަނީ ކަލޭމެން އެންމެންނާ ބެހޭގޮތަކުންނެއް ނޫން. ކަލޭމެން އެންމެންނަކީ ވެސް ހަމަ އަހަރެން އަމިއްލައަށް ހޮވި މީހުން. އަހަރެން ކަލޭމެން ރަނގަޅަށް ދަންނަން. ނަމަވެސް ބާވައިލެއްވިގެންވީ ފޮތުގައިވާ ފަދައިން ކަންތައް ވާނެ. އެއީ ލިޔެވިގެންވޭ. ’⁠އަހަރެންނާއި އެކުގައި ކާން އިން މީހާ އަހަރެންނާއި އިދިކޮޅު ވެއްޖެއޭ.⁠‘ އެލިޔެވިގެންވީ ފަދައިން ކަންތައް ވެ ނިމޭނެ.


ޙަސަދަވެރިވުމާއި އަމިއްލަ އެދުމަކީ މާތްރަސްކަލާނގެ އެދިވޮޑިގަންނަވާ ފަދަ ޙިކުމަތްތެރިކަމެއް ނޫނެވެ. އެފަދަ ޙިކުމަތްތެރިކަން ލިބިދެނީ ޝައިތާނާގެ ފަރާތުންނެވެ. އެ ފަދަ ޙިކުމަތްތެރިކަމަކީ ދުނިޔަވީ މާއްދީ އަދި ރޫޙާނިއްޔަތުކަމެއް ނެތް ނުބައި ޙިކުމަތްތެރިކަން ވެސްމެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ