Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




2 ޞަމޫއީލް 15:30 - ކިތާބުލް މުޤައްދަސާ

30 ދެން ދާއޫދުގެފާނު ކީރިތި ކުރައްވަމުން ޒައިތޫނި ފަރުބަދަ މައްޗަށް އަރާ ވަޑައިގެންފިއެވެ. އެކަލޭގެފާނު ވަޑައިގެންނެވީ އިސްތަށިފުޅު ނިވާ ކުރައްވައިގެން ހުސްފައިގައެވެ. ދާއޫދުގެފާނާއެކު ދިޔަ އެންމެން ވެސް ތިބީ އެގޮތަށްބޯ ނިވާ ކޮށްގެންނެވެ. އެއެންމެން ވެސް ދާއޫދުގެފާނު ފަހަތްޕުޅުން ރޮމުން ދިޔައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




2 ޞަމޫއީލް 15:30
21 ပူးပေါင်းရင်းမြစ်များ  

އެހެންވެ ސާދޫގާއި އަބިޔާތަރު މާތްކަލާނގެ ފޮށިކޮޅު ހިފައިގެން އެނބުރި ޖެރޫސަލަމަށް ގޮސް އެތާ ތިބެއްޖެއެވެ.


ރަސްގެފާނު މޫނުފުޅުމަތީ އަތްޕުޅު ބާއްވައިގެން ހަރުއަޑުން ކީރިތި ކުރައްވަނީއެވެ. ”⁠މަގޭ ދަރިފުޅު އަބްޝާލޫމް މަގޭ ދަރިފުޅު އަބްޝާލޫމް.⁠“


ޔުއާބު، ރަސްގެފާނު ހުންނެވި ތަނަށް އަތުވެއްޖެއެވެ. އޭނާ ރަސްގެފާނަށް ދެންނެވިއެވެ. ”⁠މިއަދު ކަލޭގެފާނު ކަލޭގެފާނުގެ އެންމެހާ މީސްތަކުން ދެރަކުރައްވައި ލަދުގަންނަވާލައްވައިފި. ނިކަން ބައްލަވާ އެ ލަޝްކަރު އެންމެން ކަލޭގެފާނުގެ ފުރާނަފުޅު ސަލާމަތް ކުރައްވައި ކަލޭގެފާނުގެ ހުރިހާ އަނބި ދަރިންތަކާއި ޖާރިޔާއިންގެ ފުރާނަ ސަލާމަތް އެ ކޮށްދިނީ.


މާތްރަސްކަލާނގެ ބަރަކާތް ހުރީ ހިތުގެ ވޭނުގައި ރޯން ތިބި މީހުންނަށް. އެހެނީ އެކަލާނގެ އެފަދަ މީހުންގެ ހިތްހަމަ ޖައްސަވައިދެއްވާނެ.


އެމީހުން ޒައިތޫނި ފަރުބަދަ މަތީގައި ވާ ބެތުފާގޭ އާއި ބެތާނިޔާ މި ދެރަށާއި ކައިރިވެ ވަޑައިގެންފައި ވަނިކޮށް އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންގެ ތެރެއިން ދެމީހަކަށް ވިދާޅުވިއެވެ. ”⁠ކުރިމަތީގައި އެވާ ރަށުގެ ތެރެއަށް ދޭ. ކަލޭމެން ރަށުގެ ތެރެއަށް އަރައިގެން ދާ މަގުމަތީ އެތާނގައި ބަނދެފައިވާ ހިމާރެއް ފެންނާނެ. އެ ހިމާރަކީ މީގެ ކުރިން ދުވަހަކު ވެސް އޭގައި މީހަކު ދަތުރެއް ކޮށްފާ ވާނޭ ހިމާރެއް ނޫން. އޭތި މޮހާލައިގެން މިތަނަށް ގެނޭ.


އީސާގެފާނު ޒައިތޫނި ފަރުބަދަ މަތިން ތިރިއަށް ދާ މަގުން ދަތުރު ކުރައްވާ ވަޑައިގެންނެވި ހިނދު އެތާ ތިބި އެތައް ހާސް އަސްޙާބީންނެއް ބާރު އަޑުން މާތްރަސްކަލާނގެ ކިބަފުޅަށް ޙަމްދު ސަނާ ކިޔަން ފެށިއެވެ. އެއީ އެބައިމީހުންނަށް އެކަލޭގެފާނުގެ ކިބައިން ފެނުނު ގިނަވެގެން ވީ ހައިރާން ކުރުވަނިވި ކަންތައްތަކުގެ ސަބަބުންނެވެ. އެބައިމީހުން އުފަލާއިއެކު މިފަދައިން ގޮވަމުން ގެންދިޔައެވެ. ”⁠މަތިވެރި ރަސްކަލާނގެ އިސްމުފުޅުގައި ވަޑައިގަންނަވާ ރަސްގެފާނަށް ބަރަކާތްތެރިކަން ލައްވާ ފާނދޭ! މާތްރަސްކަލާނގެ އާއި އިންސާނުންނާއި ދެމެދު ސުލްޙަވެރިކަން ދަމަހައްޓަވާ ގާއިމު ކުރައްވާ ފާނދޭ! މަތިވެރި ރަސްކަލާނގެއަށް ހަމްދާއި ސަނާ ދަންނަވަން!⁠“


އީސާގެފާނު ޖެރޫސަލަމާއި އަރާ ހަމަ ވެ އެރަށް ފެނިވަޑައިގަތުމުން އެކަލޭގެފާނު އެރަށާއި މެދު ހިތާމަ ކުރައްވާ ކީރިތި ކުރެއްވިއެވެ.


ކޮންމެ ދުވަހަކު ވެސް އީސާގެފާނު ބައިތުލް މަޤްދިސްގައި މީސްތަކުންނަށް ކިޔަވައިދެއްވަމުން ގެންދެވިއެވެ. ކޮންމެ ރެއަކު އެކަލޭގެފާނު ޒައިތޫނި ފަރުބަދައޭ ކިޔުނު ފަރުބަދައަށް ރޭގަނޑުގެ ވަގުތު ހޭދަކުރެއްވުމަށް ވަޑައިގަންނަވައެވެ.


އީސާގެފާނު ޖެރޫސަލަމަށް ވަޑައިގަންނަވާ ކޮންމެ ފަހަރަކުމެ އާދަވެގެން ކަންތައް ކުރައްވާ ފަދައިން އެފަހަރު ވެސް އެކަލޭގެފާނު ޒައިތޫނި ފަރުބަދައަށް ރޭގެ ވަގުތު ހޭދަ ކުރެއްވުމަށްޓަކައި ވަޑައިގެންނެވިއެވެ. އެކަލޭގެފާނުގެ އަސްޙާބީން ވެސް އެކަލޭގެފާނުގެ އަރިހުގައި ދިޔައެވެ.


މި ކަންތައް މި ފަދައިން ހިނގިއިރު މަންދޫބުން ތިބީ ޒައިތޫނި ފަރުބަދަ މަތީގައެވެ. މި ފަރުބަދަ ވަނީ ޖެރޫސަލަމާއި ބައިމޭލު ދުރުގައެވެ. އެތަނުގައި ތިބި މަންދޫބުންނަކީ ޕަތަރަސް، ޔޫޙަންނާ، ޔާމިޒު، އަންދުރާއި، ފިލިޕު، ތޯމާސް، ބަރުތުލޫމު، މައްތާ، ހަލްފާހުގެ ދަރި ޔާމިޒު، އަދި ދީނާއި ސިޔާސީ ކަންތަކުގައި ހަރުދަނާ މީހެއް ކަމުގައިވާ މަޝްހޫރު ސިމުއާން އާއި ޔާމިޒުގެ ދަރި ޔުދާސް އެވެ. މި މަންދޫބުން އެނބުރި ޖެރޫސަލަމަށް އައިސް އެމީހުން ތިބި ގެއަށް ގޮސް އެ ގޭގެ މަތީ ބުރީގައިވާ އެމީހުން ތިބި ކޮޓަރިއަށް ދިޔައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ