Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




2 ޞަމޫއީލް 15:3 - ކިތާބުލް މުޤައްދަސާ

3 ދެން އަބްޝާލޫމް އެމީހެއްގެ ގާތު ބުނެފާނެއެވެ. ”⁠ކަލޭ ހުށަހަޅަން ތިޔަ އައީ ރަނގަޅު މަސްއަލައެއް. އެކަމަކު ރަސްގެފާނާ ހަމަޔަށް ތިޔަ ކަންތައް ގެންދާނެ މީހަކު ނުހުންނާނެ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




2 ޞަމޫއީލް 15:3
16 ပူးပေါင်းရင်းမြစ်များ  

އަބްޝާލޫމް އަދި މިހެން ވެސް ބުނެއެވެ. ”⁠އަހަރެން މި ޤައުމުގެ ފަނޑިޔާރެއް ނަމަ ކިހާ ރަނގަޅު! އޭރުން އަހަރެންގެ ގާތަށް އަންނަ އެންމެންގެ މަސްއަލަތައް ހައްލު ކޮށްދީ އެމީހުންގެ މައްޗަށް އިންސާފު ގާއިމުކޮށްދޭނަން.⁠“


މިގޮތުގެ މަތިން ދާއޫދުގެފާނު އެންމެހައި އިސްރާއީލީންގެ މައްޗަށް ވެރިކަން ހިންގެވިއެވެ. އަދި އެމީހުންގެ މައްޗަށް ހެވާއި އިންސާފު ގެންނެވިއެވެ.


ކަލޭމެންގެ ބައްޕައާއި މަންމައަށް އިޙްތިރާމު ކުރޭ. އޭރުން ކަލޭމެންނަށް އަހަރެން މިދޭ ބިމުގައި ފުރިހަމަ ދިގު އުމުރެއްގައި އުޅެވޭނެ.


އެކަކު ވެސް ބައްޕައާއި މަންމައާއި މެދު ބަދުދުޢާ ކޮށްފިނަމަ އެމީހަކު މަރާލަން ވާނެ.


މާތްރަސްކަލާނގެ ރުހިވޮޑިގަންނަވަނީ ހެޔޮމީހުންނަށެވެ. ނުބައިރޭވުންތައް ރާވާ މީހުންދެކެ އެކަލާނގެ ނުރުހުންވެ ވޮޑިގަންނަވައެވެ.


ބަފާއަށް ލަޢުނަތްލައި އަމައަށް ޝުކުރުވެރި ނުވާމީހުން ވެސް އުޅެއެވެ.


ބަފާއަށް މަލާމާތް ކޮށް އަމާގެ ބަސްނާހާ މީހާ މިނިކާމާދޫނިތައް އައިސް ކާލާނެއެވެ. ގޮނޑުދޮށުގައި އުޅޭ ކާޅުތައް އައިސް މަލާމާތްކުރާ ލޯތަކަށް ކޮއްޖަހާނެއެވެ.


މާތްރަސްކަލާނގެ ވަޙީކުރެއްވީ. ’⁠ތިޔަބައިމީހުންގެ ބައްޕައާއި މަންމައަށް އިޙްތިރާމު ކުރޭ. އަދި އެކަކު ވެސް ބައްޕައާއި މަންމައާއި މެދު ބަދުދުޢާ ކޮށްފިނަމަ އެމީހަކު މަރާލަން ވާނޭ.⁠‘


”⁠އަޅުގަނޑުގެ އަޚުންނޭ، އަޅުގަނޑަށް މަޢާފު ކުރޭ. އެއީ އުއްތަމަ އިމާމު ކަމެއް އަޅުގަނޑެއް ނުދެނަހުރިން. އެއީ މާތްރަސްކަލާނގެ އަންގަވަނީ އެބައެއްގެ ވެރިއަކާ ބެހޭ ގޮތުން އެއްޗިހި ކިޔާ ނުބައި ވާހަކަތައް ދައްކައިގެން ނުވާނެ ކަމުގަ.⁠“


އެންމެހައި މީސްތަކުންނަށް އިޙްތިރާމް ކުރާށެވެ. މަސީޙީ އުންމަތުގައިވާ ހުރިހާ އެންމެންނާއިމެދު އަޚުވަންތަ ގުޅުމަކުން ލޯބިވާށެވެ. މާތްރަސްކަލާނގެއަށް ބިރުވެތިވާށެވެ. އަހަރެމެން އެންމެންގެ ރަސްގެފާނަށް ޤަދަރު ކުރާށެވެ.


ޚާއްސަކޮށް މި ޢުޤޫބާތަކީ ފާޙިޝް ނުތާހިރު ޚިޔާލުތަކާއެކު ނުބައި އަމަލުތައް ކުރަމުން ގެންދާ ފަރާތްތަކަށާއި އަދި އެކަލާނގެ ޢައްޔަނު ކުރެއްވި ވެރިންނަކީ އެއްވެސް ބައެއް ނޫންކަމަށް ހިތާ ފަރާތްތަކަށް ހުރި ޢުޤޫބާތެވެ. މިފަދަ ދޮގު އެދުރުންނަކީ ޖެހިލުންކުޑަ އަދި ހިތަށް އެރިހާ ކަމެއް ކުރަމުން ދާނެބައެކެވެ. އަދި ނޫރުލެއްވިގެންވާ ފަރާތްތަކާ މެދު ފާޑު ކިޔުމަށް ބިރުވެތިވާ ބައެއް ވެސް ނުމެ ނޫންމެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ