2 ޞަމޫއީލް 15:29 - ކިތާބުލް މުޤައްދަސާ29 އެހެންވެ ސާދޫގާއި އަބިޔާތަރު މާތްކަލާނގެ ފޮށިކޮޅު ހިފައިގެން އެނބުރި ޖެރޫސަލަމަށް ގޮސް އެތާ ތިބެއްޖެއެވެ. အခန်းကိုကြည့်ပါ။ |
ދާއޫދު ރަސްގެފާނު ސަދޫގާއި އަބިޔާތަރު ގާތަށް މީހަކު ފޮނުވައި ވިދާޅުވިއެވެ. ”ޔަހޫޛާގެ ބޮޑުންގެ ގާތަށް ގޮސް މިހެން ބުނޭ، ’ކަލޭމެން ތިމަން ރަސްގެފާނު މި ގަނޑުވަރަށް އަނބުރާ ގެންނަން ބޭނުންވާ އެންމެ ފަހު މީހުންކަމަށް ތިޔަވަނީ ކީއްވެހޭ؟ އަހަރެން އަހައިފީމޭ އެމީހުން އަހަރެން އަނބުރާ އިސްރާއީލުގެ ރަސްކަމަށް ގެންނަން ބޭނުންވެގެން މަޝްވަރާ ކުރަމުން ގެންދާ އަޑު.
އަބިޔާތަރުގެ އުއްތަމަ އިމާމު ކަމުގެ ދުވަސްވަރުގައި ދާއޫދުގެފާނާއި އެކަލޭގެފާނުގެ އެކުވެރިން ބަނޑުހައިވެ ވަޑައިގެންވީ ހިނދު އެކަލޭގެފާނު މާތްރަސްކަލާނގެ މުޤައްދަސް ފޭލިގެކޮޅަށް ވަދެވަޑައިގެންނެވި. އަދި މާތްރަސްކަލާނގެއަށް ހުށަހެޅުމަށްޓަކައި ވާ ބޯރޮށި ދާއޫދުގެފާނު ނަންގަވާ އެކަލޭގެފާނުގެ އެކުވެރިންނަށް ދެއްވައި އެ ހުރިހާ ބޭކަލުން އެ ރޮށިން ފަރީއްކުޅުއްވި. އެހެނަސް އަހަރެމެންގެ ޤާނޫނު ބުނާ ގޮތުން މި ބޯރޮށި ކެވޭނީ ހަމައެކަނި އިމާމުންނަށް.“