Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




2 ޞަމޫއީލް 15:27 - ކިތާބުލް މުޤައްދަސާ

27 ރަސްގެފާނު އިމާމު ސަދޫގު ކުރެން އެއްސެވިއެވެ. ”⁠ކަލެއަކަށް ނޭނގޭތަ؟ ކަލޭގެ ދަރި އަޚީމައަސްއާއި އަބިޔާތަރުގެ ދަރި ޔޫނަތައިންއާއެކު ސަލާމަތުން ސަހަރު ތެރެއަށް ދޭ.

အခန်းကိုကြည့်ပါ။ ကော်ပီ




2 ޞަމޫއީލް 15:27
11 ပူးပေါင်းရင်းမြစ်များ  

ކަލޭ ޖެރޫސަލަމަށް ގޮސް އަޚީތޫފަލުގެ މަޝްވަރާތައް ބޭކާރު ކޮށްލާ. އަބްޝާލޫމްގެ ގާތު ބުނޭ. ’⁠ރަސްގެފާނުވޭ! ތިމަން މީ ކަލޭގެފާނުގެ ބައްޕަގެ ޚާދިމަކީމޭ. ތިމަން މިއައީ ކަލޭގެފާނުގެ ޚިދުމަތުގައި ހުރުމަށޭ.⁠‘


އަޚީމައަސް އާއި ޔޫނަތައިން އެމީހުންގެ ތެރޭގާ ތިބޭނެ. ކަލެއަށް އިވޭ ހުރިހާ އަޑެއް އެމީހުން މެދުވެރިކޮށް އަހަރެންނަށް އިއްވަމުން ގެންދާތި.⁠“


އަބިޔާތަރު އިމާމުގެ ދަރި ޔޫނަތައިން އާއި ސާދޫގުގެ ދަރި އަޚީމައަޒް ގޮސް ހަދާ ގޮތަކީ ޢައިނި ރޫޖަލްއަވަށުގެ އޮހޭފެންގަޑުގެ ކާރީގައި މަޑުކޮށްލައިގެން ތިބެނީއެވެ. އެއީ އެމީހުން ސަހަރު ތެރެއަށް ވަންނަތަން މީހަކަށް ފެނިދާނެތީއެވެ. ދެން އެ ފެންގަނޑު ދޮށަށް ދާ ނޯކަރު އަންހެން ކުއްޖަކު ލައްވާ ދާއޫދުގެފާނަށް ދަންނަވަންވާ ވާހަކައެއް އެކުއްޖާލައްވާ އަންގަމުން ގެންދަނީއެވެ. ޔޫނަތައިންއާއި އަޚީމައަސް ދާއޫދުގެފާނަށް މި ހުރިހާ ރޭވުމެއްގެ ޚަބަރު މިގޮތުން ފޯރުކޮށްދެމުން ގެންދިޔައެވެ.


ސަދޫގުގެ ދަރި އަޚީމައަސް ޔުއާބުގެ ގާތު ބުންޏެވެ. ”⁠އަހަރެން ދުވެފައި ގޮސް ރަސްގެފާނަށް މި ޚަބަރު ދަންނަވަންތަ؟ އަހަރެން ރަސްގެފާނަށް ދަންނަވާނީ މިހެން. މާތްރަސްކަލާނގެ ކަލޭގެފާނުގެ އަދާވާތްތެރިން ބަލި ކުރައްވައިފި.⁠“


ދާއޫދުގެފާނު ހެނދުނު ތެދުވެ ވަޑައިނުގަންނަވަނީސް ނަބީ ޖާދުއަށް މާތްރަސްކަލާނގެ އެންގެވުން އަތުވެއްޖެއެވެ.


ނޯކަރު ބުންޏެވެ. ”⁠މިރަށުގައި ވަރަށް ބޮޑު ނަބީ ބޭކަލަކު އުޅުއްވާނެ. އޭނާ ބުނުއްވާ ބަހެއް ކައްޗާވެއެއް ނުދާނެ. އޭނާގެ ގާތަށް ދަމާ ހިނގާ. ފަހަރުގައި އަހަރެމެން ދާންވީ މަގު އޭނާ ބުނެ ދެއްވަފާނެ.⁠“


(ކުރީ ޒަމާނުގައި މާތްކަލާނގެ ކިބަފުޅުން ކަންކަމަށް އެދޭ މީހުން ދާނީ ކަހީނުންގެ ގާތަށެވެ. އެމީހުންނަކީ މިހާރު ނަބީބޭކަލުންނެވެ.)


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ