Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




2 ޞަމޫއީލް 15:25 - ކިތާބުލް މުޤައްދަސާ

25 ދާއޫދު ރަސްގެފާނު ސަދޫގުގެ ގާތު ވިދާޅުވިއެވެ. ”⁠މާތްކަލާނގެ ފޮށިކޮޅު ޖެރޫސަލަމަށް އަނބުރާ ގެންދޭ. މާތްރަސްކަލާނގެ އަހަރެންނާ ރުހިވޮޑިގެންވާނަމަ އަހަރެން އަނބުރާ ޖެރޫސަލަމަށް ގެންދަވާނެ. އަދި ޖެރޫސަލަމުގައި އެކަލާނގެ މަޤާމުފުޅު ދައްކަވާނެ.

အခန်းကိုကြည့်ပါ။ ကော်ပီ




2 ޞަމޫއީލް 15:25
19 ပူးပေါင်းရင်းမြစ်များ  

ދާއޫދުގެފާނު އެ ފޮށިކޮޅު ބަހައްޓަން ހައްދަވާފައިވާ ފޭލިގެކޮޅުގައި އިސްރާއީލީން އައިސް އެ ފޮށިކޮޅު ބަހައްޓައިފިއެވެ. އެތަނުގައި ދާއޫދުގެފާނު މާތްރަސްކަލާނގެ ކިބަފުޅަށް އެންދުމުގެ ޤުރުބާނީއާއި ގުޅުން ބަދަހި ކުރާ ޤުރުބާނީ ވެދުން ކުރެއްވިއެވެ.


އެއްދުވަހަކު ދާއޫދުގެފާނު ނާޘާން ނަބީކަލޭގެފާނާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ. ”⁠ނިކަން ބަލާބަލަ! އަހަރެން އުޅެމުން މިދަނީ ސަނޫބަރު ލަކުޑީގެ ގަނޑުވަރެއްގާ. އެކަމަކު މާތްކަލާނގެ ފޮށިކޮޅު އެވަނީ ފޭލިގެގަނޑެއްގައި.⁠“


ދެގޮތެއްނުވާ ލޯބިފުޅަކާއެކު އިނބަރަސްކަލާނގެ މިންޖުކުރެއްވި މީހުންތަކަށް މަގު ދެއްކެވި. އިނބަރަސްކަލާނގެ ކުޅަދުންވަންތަ ކަމުން މާތްވެގެންވާ މަޤާމުފުޅަށް އެމީހުން ގެންދެވި.


އެއްދުވަހަކު މޫސާގެފާނު މާތްރަސްކަލާނގެއަށް ދެންނެވިއެވެ. ”⁠އިނބަރަސްކަލާނގެ މިއަޅާގެ ގާތު ތިޔަ ވަޙީ ކުރައްވަނީ މި މީހުން ގޮވައިގެން ވަޢުދު ކުރެއްވި ބިމަށް ދާށޭ. އެކަމަކު އިނބަ ރަސްކަލާނގެ ވަޙީއެއް ނުކުރައްވާ މިއަޅާއާއެކު އިނބަރަސްކަލާނގެ ފޮނުއްވާނީ ކާކު ކަމެއް. އިނބަރަސްކަލާނގެ ވަޙީކުރެއްވި، މިއަޅާ ދެނެވޮޑިގަންނަވަމޭ، އަދި މިއަޅާދެކެ ރުހިވޮޑިގަންނަވަމޭ.


ހަމަ އަސްލުގައި ވެސް އިނބަރަސްކަލާނގެ މިއަޅާދެކެ ރުހިވޮޑިގަންނަވަނީ ނަމަ، އިނބަރަސްކަލާނގެ މިކަންތައް ކުރައްވާނެ ގޮތް މިއަޅާއަށް އަންގަވާ ދެއްވާ. އޭރުން އިނބަރަސްކަލާނގެ ގަސްތު ކުރައްވާގޮތް މިއަޅާއަށް އެނގި އިނބަރަސްކަލާނގެއަށް ޚިދުމަތްކޮށް، އިނބަރަސްކަލާނގެ ރުހިވޮޑިގަންނަވާނެ ގޮތުގެ މަތީގައި ދެމިހުންނަ ހިތް ވާނެ. އިނބަރަސްކަލާނގެ ހަނދުމަފުޅު ކުރައްވާ، މި ޤައުމަކީ އިނބަރަސްކަލާނގެ އަމިއްލަފުޅު ޤައުމު.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ