Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




2 ޞަމޫއީލް 15:23 - ކިތާބުލް މުޤައްދަސާ

23 ދާއޫދުގެފާނުގެ ފަހަތްޕުޅުން އެ އެންމެން ދިޔައީ ކިދުރޯން ވާދީ ހުރަސްކޮށް ހަނަފަސް ސަހަރާއާ ދިމާލަށެވެ. މިތަން ބަލަން ތިބި އެންމެން ގަދަ އަޑުން ރޮމުން ދިޔައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




2 ޞަމޫއީލް 15:23
12 ပူးပေါင်းရင်းမြစ်များ  

ދާއޫދުގެފާނު އިއްތާއީއަށް ވިދާޅުވިއެވެ. ”⁠ތިހެންވީއިރު އަހަރެމެންނާއެކު އާދޭ!⁠“ އެހެންވެ ޖައްތުގެ އިއްތާއީ އާއި އޭނާގެ އެންމެންނާއި ދަރިން ކުރިޔަށް ހިނގައިގަތެވެ.


އަހަރެމެންގެ މީހުން އެހިސާބުގައި އޮންނަ ކޯރު ހުރަސްކުރަން އޮންނަ ތިލަގަނޑުގެ ކައިރީގައި ކަލޭމެންގެ ޚަބަރެއް ވަންދެން ތިބޭނަން. ކަލޭމެންގެ ޚަބަރެއް ނުވަނީސް އަހަރެމެން އެހެންތަނަކަށް ނުދާނަން.⁠“


ދާއޫދު ރަސްގެފާނު ސީބާ ކުރެން އެއްސެވިއެވެ. ”⁠ތިޔަ ކީއްކުރަން ގެނައި އެއްޗެއްސެއްތަ؟⁠“ ސީބާ ޖަވާބުގައި ދެންނެވިއެވެ. ”⁠ހިމާރުތައް އެއީ މަނިކުފާނާއި އާއިލާގެ މީހުން ސަވާރުވުމަށް. ރޮއްޓާއި ކޭކުތައް އެއީ ކަލޭގެފާނުގެ އަރިހު ބޭކަލުން ފަރިއްކުޅުއްވުމަށް. މޭބިސްކަދުރު ދިޔަ އެއީ ހަނަފަސް ސަހަރާތެރޭގައި މީހަކު ވަރުބަލިވެއްޖެއްޔާ އެމީހަކަށް ދިނުމަށް.⁠“


އެދުވަސްވަރު ޖުދެއާ ސަހަރާގެ ތެރެއިން ޔަޙުޔާގެފާނު މީސްތަކުންނަށް ގޮވާލައްވަމުން ގެންދެވިއެވެ. ”⁠ތައުބާވޭ! ސަބަބަކީ މާތްރަސްކަލާނގެ ރަސްކަންފުޅު ވަނީ ކައިރީގައި ކަމަށް ވާތީ.⁠“


ޔަޝަޔާޙުގެފާނުގެ ބަސްފުޅުތަކުގައި އެ އިޝާރާތް ކުރައްވާފައި ވާ ނަބިއްޔަކީ ޔަޙުޔާގެފާނެވެ. ޔަޝަޔާޙުގެފާނު ވިދާޅުވިއެވެ: ”⁠މީހުން ނޫޅޭ އެކަހެރި ހިސާބުގަނޑުގެ ތެރެއިން މީހަކު ގޮވަމުން ދާނެއޭ: ’⁠މާތްރަސްކަލާނގެއަށްޓަކާ މަގެއް ތައްޔާރުކުރޭ! އަދި އެ މަގު ސީދާ މަގަކަށް ހަދާ!⁠‘⁠“


ދުވަސްތައް ވޭތިވެ ޔަޙުޔާގެފާނު ބޮޑުފުޅުވިއެވެ. މާތްރޫޙުފުޅު ޔަޙުޔާގެފާނަށް މާތްރަސްކަލާނގެ އާއިމެދު އުނގަންނައި ދެއްވިއެވެ. ޔަޙުޔާގެފާނު ބޮޑުފުޅު ވުމަށް ފަހު، އެކަހެރި މީހުން ނޫޅޭ ހިސާބަކަށް ވަޑައިގެން އެތަނުގައި ދިރިއުޅުއްވިއެވެ. ދެން އެތައް ދުވަހަކަށް ފަހު އެކަލޭގެފާނު އެތަނުން އެނބުރި ވަޑައިގެން ބަނީއިސްރާއީލުންގެ މީހުންގެ ތެރޭގައި ފާޅުގައި މާތްރަސްކަލާނގެ އާއި ބެހޭގޮތުން ވާހަކަފުޅު ދެއްކެވުމަށް ފެއްޓެވިއެވެ.


އީސާގެފާނު މި ދުޢާފުޅުކޮށް ނިމިވަޑައިގެން އެކަލޭގެފާނުގެ އަސްޙާބީންނާއި އެކު ކިދުރޯން ވާދީ ހުރަސްކުރައްވައި ވަޑައިގެން ޒައިތޫނިގަސް ހެދިފައިވާ ދަނޑަކަށް ވަޑައިގެންނެވިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ