22 ދާއޫދުގެފާނު އިއްތާއީއަށް ވިދާޅުވިއެވެ. ”ތިހެންވީއިރު އަހަރެމެންނާއެކު އާދޭ!“ އެހެންވެ ޖައްތުގެ އިއްތާއީ އާއި އޭނާގެ އެންމެންނާއި ދަރިން ކުރިޔަށް ހިނގައިގަތެވެ.
އެކަމަކު އިއްތާއީ ރަސްގެފާނަށް ދެންނެވިއެވެ. ”މާތްރަސްކަލާނގެ ވޮޑިގެންވާހައި ހިނދަކު ކަލޭގެފާނު ދުނިޔޭގައި ހުރިހާތައް ދުވަހު އަޅުގަނޑު ހުންނާނީ ކަލޭގެފާނާއެކު. އަޅުގަނޑު ދުނިޔޭގައި ހުއްޓަސް އަދި މަރުވިޔަސް.“
ދާއޫދުގެފާނުގެ ފަހަތްޕުޅުން އެ އެންމެން ދިޔައީ ކިދުރޯން ވާދީ ހުރަސްކޮށް ހަނަފަސް ސަހަރާއާ ދިމާލަށެވެ. މިތަން ބަލަން ތިބި އެންމެން ގަދަ އަޑުން ރޮމުން ދިޔައެވެ.