Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




2 ޞަމޫއީލް 15:2 - ކިތާބުލް މުޤައްދަސާ

2 ކޮންމެ ދުވަހަކު އަބްޝާލޫމް ފަތިހު ތެދުވެ ރަށްބޭރު ދޮރުމައްޗަށް ނުކުމެ ހުރެއެވެ. އެއްވެސް މީހަކު ކަމެއް ދަމެއް ބޮޑުވެގެން ރަސްގެފާނުގެ ފައިންޕުޅު ދެކެން އަތުވެއްޖެއްޔާ އަބްޝާލޫމް އެމީހެއް ކުރެން އޭނާ އައީ ކޮން އަވަށަކުންތޯ އަހައި އޮޅުންފިލުވައެވެ. އެމީހާ ބުނެފާނެއެވެ. ތިމަން މިއީ އިސްރާއީލުގެ އެވެނި މިވެނި ގަބީލާއަކުން އައި މިވެނި ދަރިކޮޅެއް ގެ މީހެކެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




2 ޞަމޫއީލް 15:2
13 ပူးပေါင်းရင်းမြစ်များ  

އެގޮތުން ޙަމޫރު އާއި އޭނާގެ ދަރިފުޅު ޝަކީމް ރަށުގެ ބޮޑުދޮރޯށި ހުރި މައިދާނަށް ގޮސް އެ ރަށުގެ އެންމެހާ ފިރިހެނުންނާއި ބައްދަލުކޮށް މިހުށަހެޅުން މިފަދައިން ހާމަކޮށްދިނެވެ.


ދެން ރަސްގެފާނު ރަށުގެ ބޮޑު ދޮރޯށި ދޮށަށް ވަޑައިގެން ގޮނޑިކޮޅުގައި އިށީދެވަޑައިގެންފިއެވެ. ރަސްގެފާނު ދޮރާށި ދޮށުގައި އިންނެވި ޚަބަރު ލިބިގެން ހުރިހާ އެންމެން ރަސްގެފާނު ފައިންޕުޅުދެކެން އަންނަން ފަށައިފިއެވެ. އޭރު އަބްޝާލޫމްއާއެކު ހަނގުރާމައަށް އައި އިސްރާއީލުގެ އެންމެން ވަނީ ދުވެ ފިލާފައެވެ. އެމީހުން ގޭގެއަށް އެނބުރި ހިނގައްޖެއެވެ.


މޫސާގެފާނުގެ ބަފައިކަލޭގެއަށް އެކަލޭގެފާނު އެކުރައްވާ ކަންތައް ފެނިގެން އެއްސެވެ. ”⁠މިތަނުގައި ކަލޭ ތިޔަ ކުރަނީ ކޮންކަމެއްތަ؟ ކަލޭ ތިޔަ ހުރިހާ މަސައްކަތެއް އެކަނި މާ އެކަނި އިނދެ ތިޔަ ކުރަނީ ކީއްވެ؟ މިހުރިހާ މީހުން ކަލޭގެ އެހީ ހޯދަން އެތިބެނީ ހެނދުނުއްސުރެ އޮރުއޮއްސެން ދެން އައިސް ކަލޭ ކާރީގަ؟⁠“


އެމީހުންގެ މެދުގައި ދެކޮޅުވެރިކަމެއް އުފެދޭއިރަށް އަހަރެންގެ ގާތަށް އެމީހުން އަންނާނެ. އެދެބައި މީހުންގެ ދެމެދުގައި ހިނގާ އަރައިރުން ހައްލު ކޮށްދެނީ އަހަރެން. އަހަރެން އެމީހުންނަށް އަންގައި ދެނީ މާތްކަލާނގެ އެކަމަކާ މެދު ފަރުޟު ކުރައްވައި ޝަރުޢު ކުރައްވާ ގޮތެއް. އަދި އަހަރެން އަންގައި ދެނީ އެކަލާނގެ ދެއްވާ އިރުޝާދުތައް.⁠“


މިވެރިން އެމީހުން ބަލަހައްޓާ މީހުންގެ މެދުގައި ހިނގާ މައްސަލަތައް ހައްލު ކޮށްދީ ހަދަން އަބަދު އެމީހުންގެ ކައިރީގައި ތިބެއެވެ. އެމީހުން މޫސާގެފާނާ ހަމަޔަށް ގެންނަނީ ބޮޑެތި މައްސަލަތަކެވެ. ކުދި ކަންތައް ނިންމާލަނީ އެމީހުންނަށް ފެންނަ ގޮތަކަށެވެ.


ކުށެއްނެތް މީހަކަށް އަނިޔާއެއް ލަނޑެއް ނުދީ އެމީހުންނަކަށް ތަނެއްގައި ބުރަކަށިވެސް ޖައްސައެއް ނުލެވޭނެއެވެ. އަދި ލޮލުފިޔައެއް ވެސް ނުޖެހޭނެއެވެ.


ހެނދުނު އިރުއެރުމުން ބޮޑުއިމާމާއި ބަނީއިސްރާއީލުގެ ބޮޑުން އީސާގެފާނު އަވަހާރަކޮށްލެއްވުމަށް ނިންމިއެވެ.


މިވަގުތު ބޫޢަޒު އެރަށުގެ މިފަދަ ޖަލްސާތަކަށް އެއްވާ ތަނަށް ހިނގައްޖެއެވެ. އޭރު ރަށުގެ ކަމުވޮށިވެގެންވާ މީހުން އެތަނަށް އައިސް ތިއްބެވެ. ދެން އެތަނަށް އަލީމާލިކުގެ އެންމެ ގާތް ތިމާގެ މީހާ އައުމުން އޭނާ ބުންޏެވެ. ”⁠އައިސް މިތާ އިށީނދޭ.⁠“ ދެން އޭނާ އިށީނދެއްޖެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ