Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




2 ޞަމޫއީލް 15:19 - ކިތާބުލް މުޤައްދަސާ

19 ރަސްގެފާނު ޖައްތުގެ އިއްތާއީ ގާތު ވިދާޅުވިއެވެ. ”⁠ކަލޭ އަހަރެމެންނާއެކު ދަނީ ކީއްކުރަން؟ ކަލޭ އާ ރަސްގެފާނަށް ޚިދުމަތް ކޮށް ދޭން އެތާ މަޑު ކޮށްލަންވީނު؟ ކަލޭ ތީ ބީރައްޓެހި ޤައުމެއްގެ މީހެއްނު؟ މިއީ ކަލޭގެ ރަށެއް ވެސް ނޫނެއްނު؟

အခန်းကိုကြည့်ပါ။ ကော်ပီ




2 ޞަމޫއީލް 15:19
4 ပူးပေါင်းရင်းမြစ်များ  

އެހެންނޫނަސް ކަލޭ އަހަރެންގެ ގާތަށް އައީވެސް އިހަކަށް ދުވަހު. ކަލޭ އަހަންނާއެކު އެއްތަނުން އަނެއްތަނަށް ދާންވީ ކީއްކުރަންތަ؟ އަހަރެން ދާނެ ތަނެއް އަހަންނަށް ވެސް އެނގެނީއެއް ނޫން. އެހެން ހަދާނެކަމެއްނެތް. ކަލޭގެ ރަށުމީހުން ގޮވައިގެން އެނބުރި ރަށަށް ދޭ. ކަލެއަށް ރަނގަޅު ހެޔޮގޮތްތައް މެދުވެރިވޭތޯ އަހަރެން ދުޢާ ކުރާނަން.⁠“


ދެން ދާއޫދުގެފާނުގެ ލަޝްކަރު ތިން ބަޔަކަށް ބައްސަވައި ހަނގުރާމައަށް ނެރުއްވައިފިއެވެ. އެއްބައެއްގެ ވެރިޔަކަށް ހަމަޖެއްސެވީ ޔުއާބުއެވެ. އަނެއްބައިގެ ވެރިޔަކަށް ލެއްވީ ޔުއާބުގެ ކޮއްކޮ އަބީޝާއި އެވެ. މިދެބޭންނަކީ ވެސް ސަރޫވިޔަތުގެ ދަރިންނެވެ. ދެން އޮތް ބައިގެ ވެރިޔަކަށް ލެއްވީ ޖައްތުގެ އިއްތާއީއެވެ. ދާއޫދުގެފާނު ވިދާޅުވިއެވެ. ”⁠އަހަރެން ވެސް ދާނަން ކަލޭމެންނާއެކު.⁠“


ނުޢުމީ ރާޢޫތު އަށް ބުންޏެވެ. ”⁠ކަލޭގެ ފަހަރިކޮއި ވެސް އޭނާގެ ރަށަށާއި އޭނާގެ ކަލުން ގާތަށް އެދަނީ. ކަލޭ ވެސް އޭނާޔާއި އެކު ދާންވީނު؟⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ