Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




2 ޞަމޫއީލް 15:18 - ކިތާބުލް މުޤައްދަސާ

18 އެކަލޭގެފާނާ އެކުގައި ހުރިހާ ޚާދިމުން އައެވެ. އަދި އެކަލޭގެފާނާއެކު ޖައްތުން އައި ހަސަތޭކަ މީހުން ވެސް އެކަލޭގެފާނުގެ ހަށިފާރަވެރިންނާއެކު ކުރިއަށް އަރައިގެން އައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




2 ޞަމޫއީލް 15:18
16 ပူးပေါင်းရင်းမြစ်များ  

ރަސްގެފާނުގެ ހުރިހާ އެންމެންނާ އެކު ނުކުމެވަޑައިގެން ތަންކޮޅެއް ދުރު ހިސާބެއްގައި މަޑުކުރައްވައިފިއެވެ.


ދެން ދާއޫދުގެފާނުގެ ލަޝްކަރު ތިން ބަޔަކަށް ބައްސަވައި ހަނގުރާމައަށް ނެރުއްވައިފިއެވެ. އެއްބައެއްގެ ވެރިޔަކަށް ހަމަޖެއްސެވީ ޔުއާބުއެވެ. އަނެއްބައިގެ ވެރިޔަކަށް ލެއްވީ ޔުއާބުގެ ކޮއްކޮ އަބީޝާއި އެވެ. މިދެބޭންނަކީ ވެސް ސަރޫވިޔަތުގެ ދަރިންނެވެ. ދެން އޮތް ބައިގެ ވެރިޔަކަށް ލެއްވީ ޖައްތުގެ އިއްތާއީއެވެ. ދާއޫދުގެފާނު ވިދާޅުވިއެވެ. ”⁠އަހަރެން ވެސް ދާނަން ކަލޭމެންނާއެކު.⁠“


ޔުއާބަކީ އިސްރާއީލުގެ ލަޝްކަރުގެ އިސްވެރިޔާ އެވެ. އަދި ޔޫޔާދަޢުގެ ދަރި ބަނާޔާ އަކީ ދާއޫދުގެފާނުގެ ހަށިފާރަވެރިންގެ ވެރިޔާއެވެ.


އެހެންވެ ޔުއާބުއާއި އަބީޝާއި ޖެރޫސަލަމުން ނުކުމެ ޝަބަޢަ އަތުލައިގަތުމަށް ހިނގައިގެންފިއެވެ. ޔުއާބު އޭނާގެ މީހުންނާއި ޝާހީ ހަށިފާރަވެރިންނާއި އަދި އެނޫން ވެސް ހަނގުރާމަވެރިން ގެންދިޔައެވެ.


އެހެންކަމުން މާތްރަސްކަލާނގެ ފޮށިކޮޅު އެކަލޭގެފާނުގެ އަވަށަށް ނުގެންދެވިއެވެ. އެކަލޭގެފާނު އެ ފޮށި ކޮޅު ގެންދެވީ ޖައްތުން އައިސް ހުރި ޢޫބީދު އަދޫމްގެ ގެޔަށެވެ.


އަދި ޔޫޔާދަޢުގެ ދަރި ބަނާޔާއަކީ އެކަލޭގެފާނުގެ ހަށިފާރަވެރިންގެ އިސްމީހާއެވެ. އަދި ދާއޫދުގެފާނުގެ ދަރިންނަކީ ޝާހީ މުޝްތަޝާރުންނެވެ.


ދާއޫދުއާއި އޭނާގެ ކައިރީގައި ތިބި ހަ ސަތޭކައެއްހާ ސިފައިން އަވަހަށް ޤަޢީލާއިން ނުކުމެ އެއްތަނުން އަނެއް ތަނަށް ދަތުރު ކުރަން ފަށައިފިއެވެ. ދާއޫދު އެރަށުން ނުކުތް ޚަބަރު ލިބުމުން ޝާއުލްގެފާނު އެ ރަށަކަށް ވަޑައެއް ނުގެންނެވިއެވެ.


ދާއޫދުގެ މީހުން ގާތު އޭނާ ބުންޏެވެ. ”⁠ހޭވައްލާ ތައްޔާރު! ކަނޑިތައް މަހާލާ!⁠“ ދެން އެމީހުން ދާއޫދު އެންގި ގޮތަށް ކަންތައް ކޮށްފިއެވެ. ދާއޫދު ވެސް ކަނޑި މަހާލިއެވެ. ދެން ހަތަރު ސަތޭކަ ސިފައިން ދާއޫދާއެކު ނުކުމެއްޖެއެވެ. ދުއިސައްތަ މީހުން ކާބޯތަކެއްޗާއި މުދާތައް ބަލަހައްޓަން ތިއްބެވެ.


ދާއޫދާއި އޭނާގެ ސިފައިން އަނބިދަރިންނާ އެކު ޖައްތުގައި ދިރިއުޅެން ފަށައިފިއެވެ. ދާއޫދުގެ ދެ އަނބިން ކަމަށްވާ ޔަޒްރަޢީލުގެ އަޚީނޫޢަމް އާއި ކަރުމިލްގެ އަބީޖާއިލް ގެންދިޔަ އެވެ. އެއީ ނާބާލްގެ ހުވަފަތް އަންހެނުންނެވެ.


ޝާއުލްގެފާނަށް ދާއޫދު ފިލައިގެން ޖައްތުއަށް ދިޔަ ޚަބަރު ލިބުމުން އޭނާ ހޯދުން ހުއްޓަވާ ލައްވައިފި އެވެ.


ތިންވަނައަށް ވީ ދުވަހު ދާއޫދާއި އޭނާގެ މީހުން ޞިޤްލަޣަށް ދިޔައިރު ޢަމާލިޤީން ވަނީ ދެކުނަށާއި ޞިޤްލަޣަށް ހަމަލަ ދީފައެވެ. އެމީހުން ޞިޤްލަޣަށް ހަމަލަ ދިނުމަށް ފަހު އެރަށް ވަނީ އަންދާލާފަ އެވެ.


އަހަރެމެން މިއައީ ކަރީތީންގެ ދެކުނުން އޮންނަ ޔަހޫޛާގެ ބިމަށާއި ކާލިބުގެ ދެކުނު އަވަށަށް ހަމަލާ ދީފައި. އަދި އަހަރެމެން ޞިޤްލަޣު ވެސް އަންދާލިން.⁠“


އެހެންވެ ދާއޫދާއި އޭނާގެ ހަ ސަތޭކަ މީހުން ދަތުރަށް ނުކުމެއްޖެއެވެ. އެމީހުން ބަސޫރުގެ ފުން އަޑިގަނޑާ ހަމައަށް ހިނގައްޖެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ