މިއީ މާތްރަސްކަލާނގެ ވަޙީކުރެއްވި ގޮތް: ’މިހެންވެ ތިމަންކަލާނގެ ކަލޭގެފާނަށް އާފާތްތަކެއް ފޮނުއްވާނަމޭ. އެ މުސީބާތް އަންނާނީ ޚުދު ކަލޭގެފާނުގެ އާއިލާގެ ތެރޭންނޭ. ތިމަންކަލާނގެ ކަލޭގެފާނުގެ ލޯފުޅުމަތީގައި ކަލޭގެފާނުގެ އަނބިންތައް ކަލޭގެފާނުގެ ކިބައިން އަތުލައްވައި ކަލޭގެފާނުގެ ގާތް މީހުންގެ ތެރޭން މީހަކަށް ދެއްވާނަމޭ. އޭނާ ކަލޭގެފާނުގެ އަނބިންނާއެކީ އުޅޭނީ ހާމަކަން މަތީގައޭ.