Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




2 ޞަމޫއީލް 14:4 - ކިތާބުލް މުޤައްދަސާ

4 ދެން އެ އަންހެނާ ރަސްގެފާނުގެ ފައިންޕުޅު ދެކެން އަތުވެއްޖެއެވެ. އޭނާ އައިސް ރަސްގެފާނުގެ ކުރިފުޅުމައްޗަށް ވެއްޓި ބިންމަތީގައި މޫނު ޖައްސައިފިއެވެ. އޭނާ ދެންނެވިއެވެ. ”⁠މަސާހިބު ރަސްގެފާނު! އަޅުގަނޑަށް އޯގާވެރިކަމާއެކު އެހީތެރިވެ ދެއްވާ!⁠“

အခန်းကိုကြည့်ပါ။ ကော်ပီ




2 ޞަމޫއީލް 14:4
9 ပူးပေါင်းရင်းမြစ်များ  

ތިންވަނައަށް ވީ ދުވަހު ޝާއުލްގެފާނުގެ ޖަގަހައިން ހެދުން ވީދާލައި ބޮލަށް ވެލި އަޅައިގެން މީހަކު މޮޅިވެރިކަން ފާޅު ކުރަން އައިސް ދާއޫދުއަށް އިޙުތިރާމު ކުރުމުގެ ގޮތުން ބިމުގައި މޫނު ޖެހޭވަރަށް ގުދުވެއްޖެއެވެ.


ޔުއާބު ރަސްގެފާނުގެ ކުރިފުޅުމަތީ ބިންމައްޗަށް ވެއްޓި ބިމުގައި މޫނު ޖައްސައި ރަސްގެފާނަށް އަދަބު އަދާކުރިއެވެ. ”⁠މިއަދު އަޅުގަނޑަށް އެނގޭ ކަލޭގެފާނު އަޅުގަނޑާއި މެދު ރުހިވަޑައިގެން ހުންނެވިކަން. އެގޮތަކީ އަޅުގަނޑު އެދުނު ކަންތައް ކަލޭގެފާނު ކޮށްދެއްވައިފި.⁠“


ދާއޫދު ރަސްގެފާނު ވިދާޅުވިއެވެ. ”⁠ކަލެއަށް ދިމާވެގެން ތިޔަ އުޅެނީ ކޮން މަސްއަލައެއްތަ؟⁠“ އަންހެންމީހާ ދެންނެވިއެވެ. ”⁠އަޅުގަނޑު މީ ހުވަފަތް އަންހެނަކީން. ފިރިމަރުވެފައި ހުރި ނިކަމެއްޗަކިން.


އަޚީމައަސް ރަސްގެފާނަށް އިވޭހާ ބާރަށް ދެންނެވިއެވެ. ”⁠ހުރިހާ ކަމެއް ވެސް ރަނގަޅު.⁠“ ދެން އޭނާ ރަސްގެފާނުގެ ކުރިފުޅުމަތީ ބިންމަތީ މޫނު ޖެހޭވަރަށް ގުދުވެއްޖެއެވެ. އޭނާ ދެންނެވިއެވެ. ”⁠ކަލޭގެފާނުގެ އިލާހު، މާތްރަސްކަލާނގެ އަށް ޙަމްދު ހުރި. އެކަލާނގެ އަދާވާތްތެރިން ބަލި ކުރައްވައިފި.⁠“


އެކުއްޖާ ދިޔައިމާ އެ ހިލައިގެ ދެކުނު ފަރާތުން ދާއޫދު ނުކުމެ ޔޫނަތައިންގެ ކުރިމައްޗަށް ހުއްޓި ބިންމަތީ މޫނު ޖެހޭހާ ވަރަށް ތިން ފަހަރު ގުދު ވިއެވެ. ދެން އެ ދެމީހުން އެކަކު އަނެކަކަށް ބޮސްދީ ރޮއި ހަދައިފި އެވެ. އެންމެ ބޮޑަށް ރުއީ ދާއޫދު އެވެ.


އަބީޖާއިލް އަށް ދާއޫދު ފެނުމުން އޭނާ ހިމާރު މަތިން ފައިބައި ދާއޫދުގެ ކުރިމަތީގައި ބިމުގައި މޫނު ޖެހޭވަރަށް ގުދު ވެއްޖެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ