Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




2 ޞަމޫއީލް 14:33 - ކިތާބުލް މުޤައްދަސާ

33 ދެން ޔުއާބު ރަސްގެފާނުގެ އަރިހަށް އައިސް މިވާހަކަ ދެންނެވުމުން ރަސްގެފާނު އަބްޝާލޫމް ގެންދަވައިފިއެވެ. އަބްޝާލޫމް ރަސްގެފާނުގެ އަރިހަށް އައިސް ރަސްގެފާނުގެ ކުރިފުޅުމަތީ ބިންމަތީގައި މޫނުޖައްސައިފިއެވެ. ދެން ރަސްގެފާނު އޭނާ ގައިގައި އޮޅުލައްވައިގަނެ ބޮސްދެއްވައިފިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




2 ޞަމޫއީލް 14:33
7 ပူးပေါင်းရင်းမြစ်များ  

އެއަށް ފަހު ޔަޢުޤޫބުގެފާނުގެ ބަފައިކަލުން އިސްޙާޤުގެފާނު އެކަލޭގެފާނަށް ވިދާޅުވިއެވެ. ”⁠ބައްޕަގެ ކައިރިއަށް މިތަނަށް އައިސް ބައްޕަގެ ގައިގައި ދަރިފުޅު ބޮސް ދީ.⁠“


ނަމަވެސް ޢީސޫ ޔަޢުޤޫބުގެފާނާއި ދިމާއަށް ދުވެފައި އައިސް އެކަލޭގެފާނު ހަށިކޮޅުގައި ބައްދާ އޮޅުލައިގަތުމަށް ފަހު ބޮސް ދިނެވެ. އެ ހިނދު އެ ދެބެއިންމެ ވަނީ އުފަލުން ގޮސް ދެލޮލުން ކަރުނަހިލި ރޮވޭ ޙާލުގައެވެ.


އަދި ޔޫސުފުގެފާނު އެކަލޭގެފާނުގެ އެންމެހާ އަޚުންގެ ގައިގައި ބޮސްދެއްވުމަށް ފަހު ކީރިތި ކުރައްވަމުން އެބައިމީހުންގެ ގައިގައި ބައްދަވައި ހެއްދެވިއެވެ. މިއަށް ފަހު، އެކަލޭގެފާނުގެ އަޚުން އެކަލޭގެފާނާއި ވާހަކަ ދައްކާހެދިއެވެ.


އަބްޝާލޫމްގެ ކައިރިއަށް މީހަކު ގުދުވެ އަދަބު އަދާ ކުރަން ފަށައިފިނަމަ އަބްޝާލޫމް އައިސް އެމީހެއްގެ މާ ގާތް މީހެއްގެ ގޮތް ދައްކައި އަތުގައި ހިފައި ގާތަށް ލަފައި ބޮސްދީ ހަދައެވެ.


ދެން އެހުރިހާ އެންމެން އުރުދުން ކޯރު ހުރަސްކޮށްފިއެވެ. ރަސްގެފާނު ބަރުޒިއްލާއި ގައިގައި ބޮސްދީ ހެޔޮ ދުޢާ ކުރެއްވިއެވެ. ދެން ބަރުޒިއްލާއި އެނބުރި ގެއަށް ހިނގައްޖެއެވެ.


މިހެން ހިތާ އޭނާ އެނބުރި ރަށަށް ދިއުމަށް ދަތުރު ފެށި. އޭނާއަށް ގެއާއި ހަމައަށް ނުވެސް ދެވި އުޅެނިކޮށް އޭނާގެ ބައްޕައަށް އޭނާ ފެނި ދުވަމުން އައިސް އޭނާގެ ހާލު ދެކެ އެކަމުގެ މައްޗަށް ހަމްދަރުދީވެ އޭނާގެ ގައިގައި އޮޅުލައިގަނެ ބޮސްދީ ހެދި.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ