2 ޞަމޫއީލް 14:32 - ކިތާބުލް މުޤައްދަސާ32 ޔުއާބު ބުންޏެވެ. ”އަހަރެން ކަލޭ އައިސްދޭށޭ ކިޔާފައި ދެފަހަރަކު މީހުން ފޮނުވައިފިން. އަހަރެން ބޭނުންވީ ކަލޭ ރަސްގެފާނުގެ އަރިހަށް ފޮނުވަން. އަހަރެން ރަސްގެފާނަށް ދަންނަވަން ބޭނުމީ އަހަރެން ޖަޝޫރުގައި އުޅެނިކޮށް މިތަނަށް ގެނައީ ކީއްކުރަންހޭ. ރަސްގެފާނުގެ ފައިންޕުޅު އަހަންނަށް ނުފެންނަންޏާ އަހަރެން މިތަނަށް ގެނައުމުގެ ބޭނުމަކީ ކޮބައިހޭ. ހަމަ ޖަޝޫރުގައި ވެސް އަހަންނަށް ހުރެވިދާނެ ނޫންހޭ. އަހަރެން ކަލޭގެ ގާތުން މިއެދެނީ ރަސްގެފާނުގެ އަރިހަށް ގޮސް މިހެން ދަންނަވަން. އަހަރެން ކުށްވެރިވަންޏާ އެ ކުށަށްޓަކައި އަހަރެން މަރާލާށޭ ދަންނަވާ.“ အခန်းကိုကြည့်ပါ။ |
”އަހަރެމެން މިޞްރުގައި ތިއްބާ މާތްރަސްކަލާނގެ އަހަރެމެން މެރުއްވި ނަމަ ކޮންފަދަ.“ މިހެން ކިޔައި އެމީހުން ނުރުހުން ފާޅު ކުރިއެވެ. ”އެތަނުގައި އަހަރެމެން ތިބި އިރު ތެލިތެލީގައި އެއްގަމު މަސް ހުރޭ. ކާނެވަރަކަށް ކާނެ ކާއެއްޗެހި ހުރޭ. އެކަމަކު މިހާރު އަހަރެމެން ގޮވައިގެން ކަލޭމެން އައިސް މިތިބީ ހަނަފަސް ސަހަރާގެ ތެރޭ. ކަލޭ ތިއުޅެނީ މިތަނުގައި އަހަރެމެން ބަނޑަށް މަރަން.“
އެއަށް ފަހު އެބައިމީހުން އަހާނެ. ’އޭ ސާހިބު މަނިކުފާނު! އަޅުގަނޑުމެން މަނިކުފާނު ބަނޑުހައިފުޅުވެފައި ވަނިކޮށް ދުށީ ކޮން އިރަކުތޯ؟ އަދި މަނިކުފާނު ފެންބޮވައިގެންފައި ވަނިކޮށް، ނޫނީ ބީރައްޓެއްސެއްގެ ގޮތުގައި ވަނިކޮށް، ނޫނީ ބަލިވެ އޮންނަވަނިކޮށް، ނޫނީ ޖަލުގައި އޮންނަވަނިކޮށް އަޅާނުލާފައި ވަނީ ކޮން އިރަކުތޯ؟‘