ރަސްގެފާނު ވިދާޅުވިއެވެ. ”މި ހުރިހާ ކަމެއްގައި ޔުއާބުގެ އަތެއް ނުވޭތަ؟“ އަންހެނާ ދެންނެވިއެވެ. ”ކަލޭގެފާނުގެ ދިރިހުރުން ގަންދީ ދަންނަވަން. ކަލޭގެފާނު ވިދާޅުވާ އެއްޗަކާ އިދިކޮޅަށް މީހަކަށް ކަނާތަށް ވެސް ވައަތަށް ވެސް އެނބުރިއެއް ނުލެވޭނެ. ކަލޭގެފާނުގެ އަރިހު ބޭކަލެއް ކަމަށްވާ ޔުއާބު މިކަންތައް ކުރާނެ ގޮތް ބުނެދީ މިހުރިހާ ވާހަކައެއް އަޅުގަނޑުގެ އަނގަޔަށް އަޅައިދިނީ.