26 ކޮންމެ އަހަރަކު އަބްޝާލޫމްގެ ބޯ ދިގުވެ ބަރުވާންފެށީމާ އޭނާގެ ބޯ ކޮށައެވެ. ކޮށާލާ އިސްތަށީގެ ބަރުދަން ދެކިލޯއަށް ވުރެން ބަރެވެ.
މައިދާނުގައި އެއްވެ ތިބި ޙިއްޘީން ހެކި ކުރައްވައި އިބްރާހީމްގެފާނު ބިމުގެ އަގަށް ވާ ހަތަރުސަތޭކަ ރިހި ލާރިފޮތި ޢިފްރޫންއަށް ދެއްވައި އެ ބިމުގެ އަގު އަދާ ކުރެއްވިއެވެ. އަދި އާދަވެގެން ވިޔަފާރިވެރިން ކަންތައް ކުރާ އުސޫލުން އެ ހަތަރުސަތޭކަ ރިހި ލާރިފޮތި މިނެކިރިއެވެ.
ކަންތައްވީ މިހެންނެވެ. ދާއޫދުގެފާނުގެ މީހުން އަންނަތަން އަބްޝާލޫމަށް ފެނުމުން އޭނާ އަވަހަށް ބަޣަލަށް ސަވާރުވެ ފިލައިގެން ދާން އުޅެގެންފިއެވެ. އެކަމަކު ބަޣަލު ގޮސް ބަލޫތު ގަހެއްގެ ދަށުން ދަނިކޮށް ގޮފިގަނޑެއްގައި އަބްޝާލޫމްގެ އިސްތަށިގަނޑު ތާށިވެއްޖެއެވެ. އޭނާ އޮތީ ގޮފިގަނޑުގައި އެލިފައެވެ.