Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




2 ޞަމޫއީލް 14:24 - ކިތާބުލް މުޤައްދަސާ

24 އެކަމަކު ރަސްގެފާނު ވިދާޅުވިއެވެ. ”⁠އަބްޝާލޫމް އޭނާގެ ގެޔަށް ފޮނުވާލާ! އޭނާ އަހަރެންގެ ގާތަށް ގެނަސްގެން ނުވާނެ.⁠“ އެހެންވެ އަބްޝާލޫމް އޭނާގެ ގެޔަށް ހިނގައްޖެއެވެ. އަބްޝާލޫމަކަށް ރަސްގެފާނުގެ ފައިންޕުޅެއް ނުފެނުނެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




2 ޞަމޫއީލް 14:24
6 ပူးပေါင်းရင်းမြစ်များ  

ނަމަވެސް ޔަހޫޛާ ޔަޢުޤޫބުގެފާނަށް ދެންނެވިއެވެ. ”⁠އަހަރެމެން އެރަށަށް ދާނަމަ އަހަރެމެންގެ ކޮއްކޮ ގޮވައިގެން ނޫންގޮތަކަށް އެރަށަށް ގޮސްގެން ނުވާނެ ކަމުގައި ބުނެ އެ ރަށުގެ އަމީރު ވަނީ ވަރަށް ހަރުކަށި އިންޒާރެއް ދެއްވާފަ. އޭނާ ނުލައި އަހަރެމެން ދިޔަ ކަމުގައި ވިއަސް އެ ބޭފުޅާ އާއި ބައްދަލެއް ނުވާނެ.


ތާމާރު ދިއުމުން އޭނާގެ ބޭބޭ އަބްޝާލޫމް އޭނާ ކުރެން އެއްސެވެ. ”⁠ކަލޭގެ ބޭބެ ކަލެއަށް ކުރީ ކީތް؟ އޭނާ ކަލޭގެ ގަޔަށް އެރީތަ؟ ދެން ކޮއްކޯ! ތިޔަ ވާހަކަ ނުދައްކާތި. އަމްނޫންއަކީ އަހަރެމެންގެ ބޭބެއެއް. އެހެންވީމާ ތިކަންތައް ދެން މާ ބޮޑުކަމަކަށް ނަހަދާ!⁠“ ދެން އޭނާގެ ބޭބެ އަބްޝާލޫމްގެ ގޭގައި އުޅެން ފަށައިފިއެވެ. އޭނާ އުޅެމުން ދިޔައީ ހުސްހަށިބައިކަން މަތީ ނުހަނު ހިތްދަތިކަމާއެކުގައެވެ.


އަބްޝާލޫމް ޖެރޫސަލަމުގައި އުޅޭތާ ދެ އަހަރު ވީއިރު ވެސް ރަސްގެފާނުގެ ފައިންޕުޅެއް ނުފެނެއެވެ.


”⁠އެންމެ ރަނގަޅު.⁠“ ދާއޫދުގެފާނު ވިދާޅުވިއެވެ. ”⁠އަހަރެން ތިޔަ ކަންތައް ހަމަޖައްސާނަން. އެކަމަކު އަހަރެންގެ ޝަރުތެއް އެބޮތް. ޝާއުލް ރަސްގެފާނުގެ ދަރިކަނބަލުން މީކާލް ގޮވައިގެން ނޫން ގޮތަކަށް އަހަރެންގެ މޫނު ފެންނަ ހިސާބަށް ކަލޭ އައިސްގެން ނުވާނެ!⁠“


”⁠މިތަނުން ދާން އުޅޭ!⁠“ ފިރުޢައުނު ހަޅޭއްފުޅު ލައްވައިގެންފިއެވެ. ”⁠ޚަބަރުދާރު! ދެން މީގެ ފަހުން ކަލޭ މިތަނަށް އައިސްގެން ނުވާނެ! ކަލޭގެ މޫނު ދެން މަށަށް ފެންނަ ދުވަހަކީ ކަލޭ މަރާލާނެ ދުވަސް!⁠“


އެބައިމީހުންނަށް އެކަލާނގެ މޫނުފުޅު ފެންނާނެއެވެ. އަދި އެކަލާނގެ ނަންފުޅު އެބައިމީހުންގެ ނިތްކުރިތަކުގައި ލިޔެވިގެން ވާނެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ