Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




2 ޞަމޫއީލް 14:2 - ކިތާބުލް މުޤައްދަސާ

2 އެހެންވެ ޔުއާބު ތަޤޫޢު އަވަށަށް މީހަކު ފޮނުވައިގެން އެތަނުން ވިސްނުންތެރި އަންހެނަކު ގެނަސްފިއެވެ. ޔުއާބު މި އަންހެނާގެ ގާތު ބުންޏެވެ. ”⁠ނިކަން ހިތާމަވެރި އަންހެނެއްގެ ސިފަޖައްސައިގެން މޮޅިވެރި ހެދުމެއް ލައިގެން ދާތި. މީރުވަސް ދުވާ އެއްޗެއް ބޭނުން ނުކުރާތި. މީހަކު މަރުވެގެން އެތައް ދުވަހަކު ހިތާމަކުރަމުން ދާފަދައިން ރޮމުން ދާތި.

အခန်းကိုကြည့်ပါ။ ကော်ပီ




2 ޞަމޫއީލް 14:2
17 ပူးပေါင်းရင်းမြစ်များ  

ގެއަށް އެނބުރި ދިއުމަށް ފަހު ތާމާރު އޭކަނބުލޭގެ ލައިގެންހުރި ހެދުމާއި ބުރުގާ ނެގުމަށް ފަހު އިހުނެކޭ އެއްފަދައިން އެކަނބުލޭގެ ލައިގެން ހުންނަ ހުވަފަތް އަންހެނުން އަޅާ ހެދުން އެޅިއެވެ.


ބަތުޝަބާއަށް އޭނާގެ ފިރި އުރިއްޔާ މަރުވި ޚަބަރު ލިބުމުން އޭނާ ވަރަށް ރުޔެވެ.


ދެން ދާއޫދުގެފާނު ބިންމަތިން ތެދުވެވަޑައިގެން ނާނަފުޅުފިއްލަވައި، ގައިކޮޅުގައި ތެޔޮފޮދު ތުރުކުރައްވައި ހެދުންކޮޅު ބަދަލު ކުރައްވައިގެން މާތްރަސްކަލާނގެ ކިބަފުޅަށް އަޅުކަން ކުރެއްވުމަށް އަޅުކަމުގެ މަޤާމަށް ވެދެވަޑައިގެންފިއެވެ. އެކަންތަކަށް ފަހު ގެޔަށް އެނބުރި ވަޑައިގެން ފަރިއްކޮޅު ތައްޔާރު ކުރުމަށް ވިދާޅުވުމުން ޚާދިމުން ފަރިއްކޮޅު އަރުވައިފިއެވެ. ދެން އެކަލޭގެފާނު ރަނގަޅަށް ފަރީއްކުޅުއްވައިފިއެވެ.


އެވަގުތު އެ ސަހަރުގައި އުޅޭ ވިސްނުންތެރި އަންހެނަކު އެތަނަށް އަތުވެއްޖެއެވެ. އޭނާ ގޮވާލައިފިއެވެ. ”⁠ކަލޭމެންގެ ތެރޭން ޔުއާބުއަކީ ކާކުތަ؟ އޭނާ ގާތު އަޅުގަނޑު އެއްޗެއް ބުނަން ބޭނުން.⁠“


ފަލްދީ އަވަށުގެ ހާލިސް، ތަޤޫޢުގެ އަވަށުގެ އައްޤީޝްގެ ދަރި އައިރާ،


އޭގެ ބަދަލުގައި ތިޔަބައިމީހުންގެ މޫނު ދޮވެ ތާޒާކޮށްގެން ތިބޭ.


ފެންވަރައި ދަރިފުޅުގެ އަތުގައިވާ އެންމެ ރީތި ލިބާސް ލައި އަތަރުލައި ތައްޔާރުވެގެން އޭނާ މަސައްކަތް ކުރުމަށް އުޅޭ ތަނަށް ދޭ. ނަމަވެސް ރޭގަނޑުގެ ކެއުމުން ނިމިގެން ނިދަން ހިނގައްޖެއުމަށް ދަންދެން ދަރިފުޅު އޭނާއަށް ފެނިގެން ނުވާނެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ