Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




2 ޞަމޫއީލް 14:19 - ކިތާބުލް މުޤައްދަސާ

19 ރަސްގެފާނު ވިދާޅުވިއެވެ. ”⁠މި ހުރިހާ ކަމެއްގައި ޔުއާބުގެ އަތެއް ނުވޭތަ؟⁠“ އަންހެނާ ދެންނެވިއެވެ. ”⁠ކަލޭގެފާނުގެ ދިރިހުރުން ގަންދީ ދަންނަވަން. ކަލޭގެފާނު ވިދާޅުވާ އެއްޗަކާ އިދިކޮޅަށް މީހަކަށް ކަނާތަށް ވެސް ވައަތަށް ވެސް އެނބުރިއެއް ނުލެވޭނެ. ކަލޭގެފާނުގެ އަރިހު ބޭކަލެއް ކަމަށްވާ ޔުއާބު މިކަންތައް ކުރާނެ ގޮތް ބުނެދީ މިހުރިހާ ވާހަކައެއް އަޅުގަނޑުގެ އަނގަޔަށް އަޅައިދިނީ.

အခန်းကိုကြည့်ပါ။ ကော်ပီ




2 ޞަމޫއީލް 14:19
22 ပူးပေါင်းရင်းမြစ်များ  

އުރިއްޔާ ދަންނަވައްޕެވެ. ”⁠މާތްރަސްކަލާނގެ މުޤައްދަސް ފޮށިކޮޅާއި އިސްރާއީލުގެ ސިފައިންނާއި ޔަހޫޛާއިން އެތިބީ ފޭލިގެތަކުގައި. އަޅުގަނޑުގެ ސާހިބު ޔުއާބުއާއި ދާއޫދު ރަސްގެފާނުގެ ހަނގުރާމަވެރިން އެތިބީ ހާމަ މައިދާނުގައި. އެހެން އެކަންތައް ހުއްޓައި އަޅުގަނޑު ކައިބޮއި އަނބިމީހާގެ ގާތަށް ގޮސް އަރާމުކުރަން އޮވެވޭނީ ކިހިނެއްތޯ؟ އަޅުގަނޑު ތިޔަ ރަސްގެފާނުގެ ދިރިހުރުން ގަންދީ ދަންނަވަން އެއަކީ އަޅުގަނޑަކަށް ކުރެވޭނެ ކަމެއް ނޫން!⁠“


ދާއޫދު ރަސްގެފާނު އަންހެނާގެ ގާތު ވިދާޅުވިއެވެ. ”⁠އަހަރެން މިކުރާ ސުވާލަށް ކަލޭ ޖަވާބު ދީބަލަ.⁠“ އަންހެން މީހާ ދެންނެވިއެވެ. ”⁠މާތް ސާހިބު ރަސްގެފާނު ސުވާލު ކުރައްވާ!⁠“


ރަސްގެފާނުގެ އަރިހަށް ގޮސް މިބަސްތައް މިހެން ބުނޭ.⁠“ ދެން ޔުއާބު ދަންނަވަން ބޭނުންވި ބަސްތައް އެއަންހެނާގެ އަނގަޔަށް އަޅައިދީފިއެވެ.


އަހަރެން އޭނާ މަރާލިކަން ރަސްގެފާނަށް އެނގިވަޑައިގެންފިއްޔާ ކަލޭ ދެނަހުރި ކަމަކަށް ވެސް ނަހަދާނެ.⁠“


އެމީހުން އަބްނައިރު ޙަބްރޫނަށް ގެނަސްފިއެވެ. ދެން އުޔާބު އޭނާ އެކަހެރި ކޮށް ސިއްރުވާހަކައެއް ދައްކަން ކަމަށް ހަދައިގެން ބޮޑު ދޮރާށި ފުރަގަހުން ގޮޅިއަކަށް ވައްދައި އޭނާގެ ބަނޑަށް ޚަންޖަރު ހަރާލިއެވެ. އެއާއެކު އަބްނައިރު އެތަނަށް މަރުވެގެން ވެއްޓިއްޖެއެވެ. މިގޮތުން ޔުއާބު އޭނާގެ ކޮއްކޮ އަސާހިލުގެ މަރުގެ ބަދަލު ހިފައިފިއެވެ.


އަބްނައިރުގެ ލޭ އޮހޮރުމުގެ ސަޒާ ޔުއާބުއާއި އޭނާގެ ބައްޕަގެ އާއިލާގެ މައްޗަށް ފޮނުއްވާށި. އެގޭގައި ޖުޒާމުބަލި ޖެހި، ނުވަތަ ފާރުހެދި ދޮސްގަނެފައިވާ މީހަކު، ނޫނީ ދަނޑިބުރިއެއް ވިއްދައިގެން ހިނގާ މީހަކު ނުވަތަ ކަނޑިއެއްގެ މައްޗަށް ނުވެއްޓޭ މީހަކު ނޫނީ ބަނޑުހައި ހޫނުކަމުގައި ހުރި މީހަކު ނެތް އިރެއް ނުދައްކަވާށި.⁠“


ކަލޭގެ އަތް ބަނދެވިފައެއް ނެތެވެ. ކަލޭގެ ފަޔަކު ހިލިހިލާއެއް ނެތެވެ. ކަލޭ މަރާ ވައްޓާލެވިފައި ވަނީ ނުލަފާ ގާތިލެއްގެ އަތުންނެވެ.⁠“ ދެން އެއެންމެން ވެސް ހަރުއަޑުން ރޯން ފަށައިފިއެވެ.


އޭނާ ގާތު ކަލޭ ހުރިހާ ވާހަކައެއް ކިޔައިދީ ދައްކަންވީ ވާހަކަ އޭނާގެ ގާތު ބުނޭ. ކަލޭމެން ދެމީހުން ވާހަކަ ދައްކާއިރު އަހަރެން ކަލޭމެންގެ ގާތުގައި ވާނަން. އަދި ކަންތައް ކުރަންވީ ގޮތް އަހަރެން ކަލޭމެންނަށް އަންގައިދޭނަން.


ކަންކަން ފާޅު ނުކުރުމުން މާތްކަލާނގެ އަށް ޢިއްޒަތް ލިބި ވޮޑިގަންނަވައެވެ. ކަންތައް ފާޅު ކުރުމުން ރަސްގެފާނަށް ޝަރަފު ލިބިވަޑައިގަންނަވެއެވެ.


ކަނާތަށް ނުވަތަ ވައަތަށް އަޅަމުން ވިޔާނުދާ މަގުން އެކި ދިމަދިމާއަށް ނުހިނގާށެވެ.


އެއީ އެދުވަހު އަހަރެން ކަލޭމެން ބުނަންވީ ބަސްތަކާއި ބުއްދި ކަލޭމެންނަށް ދޭނަން. އެއީ އެއާއިމެދު ކަލޭމެންގެ ދުޝްމިނުންނަށް އެއްބަސްނުވެ ދެކޮޅު ނެހެދޭނެ ފަދަ ތެދު ޙިކުމަތްތެރި ބަސްތައް ކަމުގައި ވާނެ.


”⁠އަޅުގަނޑުގެ ސާހިބާ! ޔަޤީނުން ވެސް އަޅުގަނޑު މިއީ މީގެ އަހަރުތަކެއްގެ ކުރިން މިތަނުގައި ހުރެ މާތްރަސްކަލާނގެއަށް ދުޢާ ދެންނެވި އަންހެންމީހާ.


ދާއޫދު ހަނގުރާމައަށް ނުކުތްތަން ފެނުނު ހިނދު ސިފައިންގެ ވެރިޔަކަށް ހުރި އަބްނައިރު ކުރެން ޝާއުލްގެފާނު އެއްސެވިއެވެ. ”⁠މީ ކާކުގެ ދަރިއެއްތަ؟⁠“ ”⁠މަސާހިބު. އެއްގޮތަކަށް ވެސް އަޅުގަނޑަކަށް ނޭނގޭ.⁠“


ދާއޫދު ބުންޏެވެ. ”⁠އަހަރެން ހުވާ ކޮށްފާ މިބުނަނީ. ކަލޭ އަހަރެންނާ މެދު އޮންނަ ގާތް ގުޅުން ކަލޭގެ ބައްޕާފުޅަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ. އެކަލޭގެފާނު ހިތްޕުޅަށް އަރާ ވަޑައިގަންނަވާނެ ’⁠ޔޫނަތައިންގެ ގާތުގައި އެވާހަކަ ބުނެފިއްޔާ އޭނާ ދެރަ ވެދާނެ.⁠‘ އެހެންވީމާ އެވާހަކަ ވިދާޅު ނުވީ. އެކަމަކު ދިރިދެމިވޮޑިގެންވާ މާތްރަސްކަލާނގެއާއި ކަލޭގެ ފުރާނަ ގަންދީ ބުނަން، އަހަރެން މިވަނީ ވަރަށް ބޮޑު ނުރައްކަލެއްގައި. އަހަރެން މަރުނުވެ ސަލާމަތް ވުމަކީ އުނދަގޫކަމެއް.⁠“


ސާހިބުގެ އަތުން އަދާވާތްތެރިންގެ ލޭ އޮހުރުވުން ހުއްޓުވީ މާތްރަސްކަލާނގެ. ދިރިދެމިވޮޑިގެންވާ ކަލާނގެ ސާހިބުގެ އުމުރު ދަންމަވާށި. އަދި ސާހިބަށް ގެއްލުން ދިނުމަށް ނުކުންނަ އެންމެންނަށް ނާބާލް އެކޭ އެއްފަދައިން ކަންތައް ހިންމަވާށި.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ