Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




2 ޞަމޫއީލް 14:14 - ކިތާބުލް މުޤައްދަސާ

14 އަހަރެމެން އެންމެން ދުވަސްކޮޅަކުން މަރުވެދާނެ. އަހަރެމެން އެންމެންނަކީ ބިމަށް އޮއްސާލާ ފެނެކޭ އެއްގޮތް ބަޔަކީމު. އެކަކަށް ވެސް ބިމުން އެ ފެނެއް ނުނެގޭނެ. ކަލޭގެފާނަށް އެނގިވަޑައިގަންނަވާ ނޫންތޯ، މާތްރަސްކަލާނގެ ވެސް މީހާ މުޅިއަކުން ނައްތައެއް ނުލައްވާ. ކޮންމެވެސް ދުވަހަކުން އެކަލާނގެ އަލުން އޭނާ ގެންނަވާނެ ގޮތެއް ހައްދަވާ.

အခန်းကိုကြည့်ပါ။ ကော်ပီ




2 ޞަމޫއީލް 14:14
31 ပူးပေါင်းရင်းမြစ်များ  

ޖަވާބުގައި ދާއޫދުގެފާނު ވިދާޅުވިއެވެ. ”⁠ކަލޭ ގޮސް ޔުއާބުގާތު ބުނޭ ތިޔަކަމާ ދެން ކަންބޮޑުވާނެ ކަމެއް ނެތޭ. ހަނގުރާމަވެރިންގެ އަތުން އަނެއް ހަނގުރާމަވެރިޔަކު މަރުވެދާނެޔޭ. ހަނގުރާމައިގައި މަރުވާނީ ކާކުކަމެއް ނޭނގޭނެޔޭ، ކަލޭމެން ރައްބާ އާ އިދިކޮޅަށް ވަރުގަދަޔަށް ހަނގުރާމަ ކުރާށޭ. އޭރުން ކަލޭމެންނަށް ކާމިޔާބު ވާނެޔޭ. މިހެން ބުނެ ޔުއާބަށް ހިތްވަރު ދީ!⁠“


މަތިވެރި ސާހިބު ރަސްގެފާނު، އަޅުގަނޑު މަނިކުފާނަށް މިވާހަކަ ދަންނަވަން މިއައީ މީސްމީހުން އައިސް އަޅުގަނޑު ބިރުގަންނަވާތީ. އެހެންވެ އަޅުގަނޑު ހިތަށް އެރީ މިވާހަކަ ރަސްގެފާނަށް ދަންނަވާނީއޭ. އެއީ ފަހަރުގައި ރަސްގެފާނު ނިކަމެތި އަޅުގަނޑަށް އެހީތެރިވެ ދެއްވާފާނެޔޭ.


އެކަމަކު އެއީ ގަސްތަކާނުލައި، އަހަރެންގެ އިޒުނައާއެކު، ދިމާވިކަމެއް ނަމަ ތިމަން މާތްކަލާނގެ އޭނާއަށް ތަނެއް ދައްކައި ރައްކާތެރިކަމުގައި އުޅެވޭނެ ގޮތް ތަނަވަސް ކޮށްދޭނަން.


އެބައިމީހުން އެމީހުންގެ ބައެއް ބައިވެރިންނާއި އަދި ހެރޮދު ރަސްގެފާނަށް ތާއީދުކުރާ މީހުންގެ ތެރެއިން ބަޔަކު އީސާގެފާނުގެ އަރިހަށް ފޮނުއްވައި ސުވާލު ކުރެއްވިއެވެ. ”⁠އެދުރުކަލޭގެފާނު. މީސްތަކުން ވިސްނާނެ ގޮތަކާއިމެދު ބެއްލެވުމެއްނެތި ކަލޭގެފާނީ ޙައްޤު ތެދުބަސް ވިދާޅުވެލައްވާ ބޭކަލެއްކަން އަޅުގަނޑުމެންނަށް އެނގޭ. އަދި ކަލޭގެފާނު ވަކިފަރާތަކަށް ޖެހިގެންނުވޭ. ނަމަވެސް ކަލޭގެފާނު މީސްތަކުންނަށް އުނގަންނަވައިދެއްވަމުން ގެންދަވަނީ މާތްރަސްކަލާނގެ މަގުގައިވާ ޙައްޤު ތެދުބަސް.


ދެން ޕަތަރަސް ބުންޏެވެ. ”⁠މިހާރު އަހަރެންނަށް އެނގި ޔަޤީންވެއްޖެއޭ. މާތްރަސްކަލާނގެ ވަކި ބަޔަކަށް ވަކި ގޮތެއް ނުބަހައްޓަވައޭ.


އަހަރެމެން މަރުވުމަށް އިރާދައިގައި ވަނީ އެންމެ ފަހަރަކުއެވެ. އެއަށް ފަހު މާތްކަލާނގެ އަހަރެމެންގެ މައްޗަށް އިންސާފު ގާއިމު ކުރައްވާނެ އެވެ.


އަދި ހަނދާންކުރާށެވެ. ތިޔަބައިމީހުން ދުޢާ ދަންނަވާ އުޑުގައި ވޮޑިގެންވާ ބައްޕާފުޅު ފައިސަލާ ކުރައްވާހިނދު ވަކިމީހަކަށް ވަކިގޮތެއް ނުހައްދަވައެވެ. އެކަލާނގެ ފައިސަލާ ކުރައްވާނީ ތިޔަބައިމީހުން ކުރި ޢަމަލެއްގެ މައްޗަށެވެ. އެހެންވީމާ ތިޔަބައިމީހުން ބިދޭސީންގެ ގޮތުގައި މިބިންމަތީގައި ވާހިނދު އެކަލާނގެއަށް ޤަދަރުކޮށް ބިރުވެތިކަން މަތީ ވޭތިކުރާށެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ