2 ޞަމޫއީލް 14:1 - ކިތާބުލް މުޤައްދަސާ1 ދާއޫދު ރަސްގެފާނު އަބްޝާލޫމަށް އެދިވަޑައިގަންނަވާ ވަރު ސަރޫވިޔަތުގެ ދަރި ޔުއާބުއަށް ވިސްނުނެވެ. အခန်းကိုကြည့်ပါ။ |
އެހެންވެ ޔުއާބު ތަޤޫޢު އަވަށަށް މީހަކު ފޮނުވައިގެން އެތަނުން ވިސްނުންތެރި އަންހެނަކު ގެނަސްފިއެވެ. ޔުއާބު މި އަންހެނާގެ ގާތު ބުންޏެވެ. ”ނިކަން ހިތާމަވެރި އަންހެނެއްގެ ސިފަޖައްސައިގެން މޮޅިވެރި ހެދުމެއް ލައިގެން ދާތި. މީރުވަސް ދުވާ އެއްޗެއް ބޭނުން ނުކުރާތި. މީހަކު މަރުވެގެން އެތައް ދުވަހަކު ހިތާމަކުރަމުން ދާފަދައިން ރޮމުން ދާތި.
ދެން ރަސްގެފާނަށް އަބްޝާލޫމް މަރުވެއްޖެކަން އެނގިވަޑައިގެންފިއެވެ. އެވަގުތު ރަސްގެފާނު ތުރުތުރު ލައިގެންފިއެވެ. އެކަލޭގެފާނު ބޮޑުފާރުދޮށުގައި ހުރި ކޮޓަރިއަކަށް ވަންނަވައި ހަރު އަޑުން ކީރިތި ކުރައްވަން ފައްޓަވައިފިއެވެ. އެކަލޭގެފާނު މިހެން ވިދާޅުވަމުން ގެންދެވިއެވެ. ”މަގޭ ދަރިފުޅު އަބްޝާލޫމް، މަގޭ ދަރިފުޅު އަބްޝާލޫމް. ކަލޭގެ ބަދަލުގައި އަހަރެން މަރުވިނަމަ ކޮންފަދަ. އަބްޝާލޫމް، މަގޭ ދަރިފުޅު އަބްޝާލޫމް!“