ޔޫސުފުގެފާނަށް އެކަލޭގެފާނުގެ ޚާދިމުންގެ ކުރިމަތީގައި އިތުރަށް ކެތެއް ނުކުރެއްވުނެވެ. ވީމާ، އެކަލޭގެފާނު ހަރުއަޑުފުޅުން އެކަލޭގެފާނުގެ ނޯކަރުންނަށް މިފަދައިން ވިދާޅުވިއެވެ. ”އަހަރެމެން މިތަނުގައި ބައިތިއްބާފައި އެހެން އެންމެން ބޭރަށްދޭ.“ ޔޫސުފުގެފާނާއި އެކަލޭގެފާނުގެ އަޚުން އެކަހެރިވި ހިނދު އެކަލޭގެފާނީ ޔޫސުފުގެފާނުކަން އެބައިމީހުންނަށް ހާމަކޮށްދެއްވިއެވެ.